Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ މެދުކަނޑާލުމުގެ ވާހަކަތަކަށް އިސްރާއީލުން ގަތަރަށް ވަފުދެއް ފޮނުވަނީ

އެމެރިކާ އިން ހުށަހަޅާފައިވާ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާ ގުޅޭގޮތުން މަޝްވަރާ ކުރަން ތައްޔާރު ކަމަށް ހަމާސް އިން ބުނުމާ ގުޅިގެން، އިސްރާއީލުން އެކަމަށް ދޭނެ ޖަވާބަކާ މެދު ވިސްނަމުން ދާކަމަށް ހޮނިހިރު ދުވަހު ހާމަކޮށްފައިވޭ

ރާއްޖެ އެމްވީ | 6 ޖުލައި 2025 | އާދީއްތަ 04:23
ޣައްޒާގެ އިރުމަތީ ސަރަހައްދެއްގައި ހުރި އިމާރާތަކަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ބޮން އެޅުމުގެ ސަބަބުން އެ ސަރަހައްދުން ބޯ ދުން އަރަނީ - ޖުލައި 03، 2025

ޣައްޒާގެ އިރުމަތީ ސަރަހައްދެއްގައި ހުރި އިމާރާތަކަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ބޮން އެޅުމުގެ ސަބަބުން އެ ސަރަހައްދުން ބޯ ދުން އަރަނީ - ޖުލައި 03، 2025

ޣައްޒާ ހަނގުރާމަ މެދުކަނޑާލުމުގެ މަޝްވަރާ ތަކަށް އިސްރާއީލުގެ ވަފުދެއް ގަތަރަށް ފޮނުވުމަށް ނިންމައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޣައްޒާގައި ހިފަހައްޓާފައިވާ މީހުން ދޫކޮށްލުމާއި ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ވަފުދެއް ފޮނުވާ ކަންހާމަކޮށްފައި ވަނީ އިސްރާއީލުގެ ޗެނަލް 12 އިން ނެވެ. އެމީޑިއާ އިން ބުނެފައި ވަނީ މިމަޢުލޫމާތު ދީފައި ވަނީ އިސްރާއީލުގެ އިސް އޮފިޝަލެއް ކަމަށެވެ.

މި ވަފުދު ޤަޠަރަށް ފުރާނީ ހޮނިހިރު ދުވަހުކަން ނުވަތަ އާދީއްތަ ދުވަހުކަން ސާފެއް ނުވެއެވެ.

އެމެރިކާ އިން ހުށަހަޅާފައިވާ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާ ގުޅޭގޮތުން މަޝްވަރާ ކުރަން ތައްޔާރު ކަމަށް ހަމާސް އިން ބުނުމާ ގުޅިގެން، އިސްރާއީލުން އެކަމަށް ދޭނެ ޖަވާބަކާ މެދު ވިސްނަމުން ދާކަމަށް ހޮނިހިރު ދުވަހު ހާމަކޮށްފައިވެއެވެ.

މިކަމާ ބެހޭ ގޮތުން އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ބައްދަލުވުމެއް ބާއްވައި، ދެން އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރާނެ ކަމަށް ބެލެވެއެވެ. މި ބައްދަލުވުން ބާއްވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޯމަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ބައްދަލު ކުރެއްވުމަށް ވޮޝިންގްޓަނަށް ދަތުރުކުރުމުގެ ކުރިންނެވެ.

ގާތްގަނޑަކަށް 21 މަސްދުވަސް ވެފައިވާ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް، އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އައު މަސައްކަތްތަކެއް ވަނީ ފައްޓަވާފައެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހު އިސްރާއީލުގެ ސިފައިންގެ ހަމަލާތަކުގައި 35 މީހުން ޣައްޒާ ގައި ޝަހީދު ވެފައި ވެއެވެ.

"އެ މައްސަލައާ ގުޅޭގޮތުން އަދި އެއްވެސް ނިންމުމެއް ނިންމާފަ އެއް ނުވޭ،" ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސްއިން ދީފައިވާ އިޖާބީ ޖަވާބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އިސްރާއީލުގެ ސަރުކާރުގެ އޮފިޝަލެއް އޭއެފްޕީ އަށް ބުނެފައިވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަން ހުކުރު ދުވަހުގެ ރޭ ހަމާސް އިން އިޢުލާނުކުރީ، ފަލަސްޠީނުގެ އެހެން ޖަމާޢަތް ތަކާއެކު މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަޝްވަރާތަކާ ގާތުން ގުޅިފައިވާ ފަލަސްޠީނު ގެ ދެ މަޞްދަރެއް އޭއެފްޕީ އަށް ބުނެފައިވާ ގޮތުގައި، މި ހުށަހެޅުމުގައި ހިމެނެނީ 60 ދުވަހުގެ މުއްދަތައް ހަނގުރާމަ ހުއްޓާލުމެވެ. މި މުއްދަތުގައި ހަމާސް އިން ދިހަ ދިރި ތިބި ރަހީނުންނާއި އަދި މަރުވެފައިވާ ބައެއް މީހުންގެ ހަށިގަނޑުތައް ދޫކޮށްލާނެއެވެ. މީގެ ބަދަލުގައި އިސްރާއީލުން ހައްޔަރު ކޮށްފައި ތިބި ފަލަސްތީން ބައެއް މީހުން ދޫކޮށްލާނެއެވެ.

ނަމަވެސް، އެ މަޞްދަރު ތަކުން ބުނެފައިވާ ގޮތުގައި، ހަމާސް އިން އިތުރު ޝަރުޠު ތަކެއް ވެސް ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި އިސްރާއީލުގެ ސިފައިން ޣައްޒާ އިން ފޭބުމާއި، މަޝްވަރާތައް ކުރިއަށްދާ ވަގުތު ހަނގުރާމަ އަލުން ފެށުށުމާ ދެކޮޅަށް ގެރެންޓީތަކެއް ދިނުމާއި، އަދި އދ. އިން އިސްވެ ހިންގާ އެހީ ފޯރުކޮށްދިނުމުގެ ނިޒާމު އަނބުރާ ގެނައުން ހިމެނެއެވެ.

ހަމާސްގެ އެކުވެރި އިސްލާމިކް ޖިހާދުން ބުނެފައި ވަނީ އެ ޖަމާޢަތުން ވެސް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާ ތަކަށް ތާއީދުކުރާ ކަމަށެވެ. ނަމަވެސް އެ ޖަމާޢަތުން ޝަރުޠު ކޮށްފައި ވަނީ ޣައްޒާގައި ހިފަހައްޓާފައިވާ ރަހީނުން ދޫކޮށްލުމަށް ފަހު "އިސްރާއީލުން އަނެއްކާ ވެސް އަނިޔާވެރި ޢަމަލުތައް ހިންގަން ނުފަށާނެ ކަމުގެ" ޔަޤީންކަން ދިނުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު