Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އިރާނުގެ އެންމެ މުހިންމު ނިއުކްލިއަރ ސައިޓަށް "އެހާ ބޮޑު ގެއްލުމެއް ނުވޭ" - އިރާނުގެ މަޖިލިސް މެންބަރު

އެއްވެސް ސައިޓަކުން ރޭޑިއޭޝަން ލީކުވެފައި ނުވާ ކަމަށް އީރާނުން ބުނެފައިވޭ

ރާއްޖެ އެމްވީ | 22 ޖޫން 2025 | އާދީއްތަ 04:27
ނަތަންޒްގައި ހުންނަ އީރާނުގެ ނިއުކްލިއާ ފިއުލް ޕްލާންޓުގައި ޔޫރޭނިއަމް މުއްސަނދި ކުރުމަށް ބޭނުންކުރި ސެންޓްރިފިއުޖްތައް - މި ސައިޓަށް ވެސް އެމެރިކާ އިން ބޮން އެޅި

ނަތަންޒްގައި ހުންނަ އީރާނުގެ ނިއުކްލިއާ ފިއުލް ޕްލާންޓުގައި ޔޫރޭނިއަމް މުއްސަނދި ކުރުމަށް ބޭނުންކުރި ސެންޓްރިފިއުޖްތައް - މި ސައިޓަށް ވެސް އެމެރިކާ އިން ބޮން އެޅި

ހޮނިހިރު ދުވަހުގެ ރޭ އެމެރިކާ އިން އެންމެ ބޮޑަށް ބޮން އެޅި އަދި އީރާނުގެ އެންމެ މުހިންމު ނިއުކްލިއަރ ފެސިލިޓީ ކަމުގައި ވާ ފަރްދޫ ނިއުކްލިއަރ ސައިޓަށް "އެހާ ބޮޑު ގެއްލުމެއް ނުވާ" ކަމަށް އިރާނުގެ މަޖިލިސް މެންބަރަކު ވިދާޅުވެއްޖެ އެވެ.

މި ސައިޓް ހުންނަ ޤޮމް ސަރަޙައްދު ތަމްސީލު ކުރައްވާ މަނާން ރައީސީ ވިދާޅުވެފައި ވަނީ، ބިމުގެ އަޑީގައި ހުންނަ ނިއުކްލިއަރ މަރުކަޒަށް ދީފައިވާ ހަމަލާ އަކީ "ބޭރު ފުށުން" ދިން ހަމަލާއެއް ކަމަށެވެ.

"ސައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އަޅުގަނޑު ދަންނަވަން، ދޮގުވެރި އެމެރިކާގެ ރައީސް ދައްކާ ވާހަކަތަކާ ޚިލާފަށް، ފަރްދޫ ނިއުކްލިއަރ މަރުކަޒަށް އެހާ ބޮޑު ގެއްލުމެއް ވެފައެއް ނުވޭ. އަދި ގެއްލުން ވެފައިވާ ގިނަ ތަންތަނަކީ ހަމައެކަނި ބިމުގެ މަތީގައި ހުރި ތަންތަން، އެއީ އަލުން މަރާމާތުކުރެވިދާނެ ތަންތަން،" ރައީސީ ވިދާޅުވި ކަމަށް ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގެ ހަމަލާތަކަށްފަހު ރޭޑިއޯއެކްޓިވް މާއްދާ ލީކުވެފައިވާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް ކުރިން ދީފައިވާ އެސެސްމަންޓްތަކާ އެއްގޮތަށް އޭނާ ވެސް އެވާހަކަ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ ބިންހެލުމަކީ ނިއުކްލިއަރ ޓެސްޓެއްކަމަށް ބުނަން ފަށައިފި

03 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ ބިންހެލުމަކީ ނިއުކްލިއަރ ޓެސްޓެއްކަމަށް ބުނަން ފަށައިފި
21 އޯގަސްޓު 2017

އިރާނުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދޭނީ ނިއުކްލިއާ އެއްބަސްވުން އެމެރިކާ އިން ހަލާކު ކުރުމަށް ފުރުސަތު ނުދިނުމަށް: އެމެރިކާ

21 އޯގަސްޓު 2017
އިރާނުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދޭނީ ނިއުކްލިއާ އެއްބަސްވުން އެމެރިކާ އިން ހަލާކު ކުރުމަށް ފުރުސަތު ނުދިނުމަށް: އެމެރިކާ
09 އޯގަސްޓު 2017

ރައީސް ރޫހާނީ އިރާނުގެ ކެބިނެޓަށް ތިން އަންހެން ބޭފުޅުން އައްޔަން ކުރައްވައިފި

09 އޯގަސްޓު 2017
ރައީސް ރޫހާނީ އިރާނުގެ ކެބިނެޓަށް ތިން އަންހެން ބޭފުޅުން އައްޔަން ކުރައްވައިފި
18 ޖުލައި 2017

އިރާނުގެ ރައީސް ރޫހާނީގެ ކޮއްކޯފުޅު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

18 ޖުލައި 2017
އިރާނުގެ ރައީސް ރޫހާނީގެ ކޮއްކޯފުޅު ކަފާލާތުގެ ދަށުން ދޫކޮށްލައިފި
20 ޖޫން 2017

އިރާނުގެ ސިފައިންކަމަށް ބެލެވޭ ބަޔަކު ސައުދީން ހައްޔަރުކޮށްފި

20 ޖޫން 2017
އިރާނުގެ ސިފައިންކަމަށް ބެލެވޭ ބަޔަކު ސައުދީން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު