Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ލުބުނާން ހަމަ ނުޖެހުން

އިސްރާއީލުން ލުބުނާނަށް ހަމަލާ ދީފި

އިސްރާއީލުން ގެންދަނީ ތަކުރާރުކޮށް ލުބުނާނުގެ ސަރަހައްދުތަކަށް ހަމަލާ ދެމުން

ރާއްޖެ އެމްވީ | 21 ޖޫން 2025 | ހޮނިހިރު 10:21
އިސްރާއީލާއި ހިޒްބުالله އާއި ދެމެދު ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޓޭންކްތައް ލުބުނާނުން ފައިބަނީ - ޑިސެމްބަރު 4، 2024

އިސްރާއީލާއި ހިޒްބުالله އާއި ދެމެދު ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޓޭންކްތައް ލުބުނާނުން ފައިބަނީ - ޑިސެމްބަރު 4، 2024

ދެކުނު ލުބުނާނުގެ ސަރަހައްދަކަށް އިސްރާއީލުން ހަމަލާ ދީފިއެވެ.

އިސްރާއީލުގެ ސިފައިން ހޮނިހިރު ދުވަހު ބުނެފައިވަނީ، އެ ޤައުމުގެ ކަނޑު ސިފައިން ދެކުނު ލުބުނާނުގެ ނަގޫރާ ސިޓީ ކައިރީގައި ހުރި ހިޒްބުﷲ "އިންފްރާސްޓްރަކްޗަރ ސައިޓަކަށް" ހަމަލާދީފައިވާ ކަމަށެވެ.

ހަމަލާ މި ދިނީ އިސްރާއީލުގެ ޚާރިޖީ ވަޒީރު، އީރާން-އިސްރާއީލު ހަނގުރާމައިގައި ލުބުނާނުގެ ހިޒްބުﷲ ޖަމާއާތުން ބައިވެރި ނުވުމަށް އިންޒާރުދިންތާ އެއް ދުވަސް ފަހުންނެވެ.

އިސްރާއީލު ސިފައިން ބުނެފައިވަނީ، އެ ތަނަކީ ހިޒްބުﷲ އިން "އިސްރާއީލުގެ އާންމު ރައްޔިތުންނަށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް" ބޭނުންކުރާ ތަނެއް ކަމަށެވެ.

ހޮނިހިރު ދުވަހު ވަކި ބަޔާނެއްގައި، އިސްރާއީލު ސިފައިން ބުނެފައިވަނީ އޭގެ ކުރީ ދުވަހު ދެކުނު ލުބުނާނުގައި ހުރި ހިޒްބުﷲ ގެ ހަނގުރާމަވެރިއަކު "ހަމަލާދީ ނައްތާލާފައިވާ" ކަމަށެވެ.

ލުބުނާނުގެ ރަސްމީ ނޭޝަނަލް ނިއުސް އޭޖެންސީން ގެނެސްދިން ބަޔާނެއްގައި، ލުބުނާނުގެ ޞިއްޙަތާ ބެހޭ މިނިސްޓްރީން ހުކުރު ދުވަހުގެ ރޭގެ ފަހު ވަގުތެއްގައި ބުނެފައިވަނީ، "ދުޝްމަނުންގެ ޑްރޯނަކުން މޮޓޯސައިކަލަކަށް ހަމަލާދީގެން" ދެކުނު ލުބުނާނުގައި މީހަކު މަރުވެފައިވާ ކަމަށެވެ.

ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އިސްރާއީލާއި ލުބުނާނުގެ ހިޒްބުﷲ އާ ދެމުދު ހެދިފައި އޮތް ނަމަވެސް އިސްރާއީލުން ގެންދަނީ އެ އެއްބަސްވުމާ ޚިލާފުވެ ތަކުރާރުކޮށް ލުބުނާނުގެ ސަރަހައްދުތަކަށް ހަމަލާ ދެމުންނެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

25 ޖެނުއަރީ 2017
އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި
23 ޖެނުއަރީ 2017

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު