Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

އެމެރިކާގެ ތިންވަނަ އެއަރކްރާފްޓް ކެރިއަރ މެދުއިރުމައްޗާ ގާތައް!

ޕެންޓަގަންގެ އިސްވެރިޔާ ޕީޓް ހެގްސެތް، ނިމިޓްޒް ކެރިއަރ ސްޓްރައިކް ގްރޫޕް މެދުއިރުމައްޗަށް ފޮނުވުމަށް އަމުރުކުރެއްވި ކަމަށް ވަނީ ކަށަވަރުކޮށް ދީފައި ކަމަށް އޭއެފްޕީ އިން ބުނޭ

ރާއްޖެ އެމްވީ | 21 ޖޫން 2025 | ހޮނިހިރު 09:01
ދުނިޔޭގެ އެންމެ ބޮޑު އެއާކްރާފްޓް ކެރިއާ ޔޫއެސްއެސް ޖެރާލްޑް އާރް ފޯޑް ސްޓީމްސް އާއި އެކު ޔޫއެސްއެންއެސް ލެރަމީ (T-AO-203) މެޑިޓެރޭނިއަން ކަނޑުގައި ދަތުރު ކުރަނީ (ފައިލް)

ދުނިޔޭގެ އެންމެ ބޮޑު އެއާކްރާފްޓް ކެރިއާ ޔޫއެސްއެސް ޖެރާލްޑް އާރް ފޯޑް ސްޓީމްސް އާއި އެކު ޔޫއެސްއެންއެސް ލެރަމީ (T-AO-203) މެޑިޓެރޭނިއަން ކަނޑުގައި ދަތުރު ކުރަނީ (ފައިލް)

ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް ކުރި އަށް އޮތް ހަފްތާގައި ޔޫރަޕަށް ފުރާނެ ކަމަށް ނޭވީގެ އިސް އޮފިޝަލެއް ހުކުރު ދުވަހު ވިދާޅުވެއްޖެ ކަމަށް އޭއެފްޕީ ނޫސް އޭޖެންސީ އިން ރިޕޯޓު ކޮށްފިއެވެ.

މިއީ އީރާނަށް ހަމަލާ ދިނުމުގައި އިސްރާއީލާ އެކު އެމެރިކާ ބައިވެރި ވެދާނެ ކަމަށް ބެލެވިފައި ވަނިކޮށް މެދުއިރުމައްޗާ ގާތައް ފޮނުވާ އެމެރިކާގެ ތިން ވަނަ ހަނގުރާމަތީ މަނަވަރެވެ.

އިސްރާއީލުން ވަނީ ފާއިތުވި ހަފްތާގައި އީރާނާ ދެކޮޅަށް މިހާތަނަށް ހިންގާފައި ނުވާފަދަ ނުރައްކާތެރި އަސްކަރީ ކެމްޕޭނެއް ފަށާފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އިސްރާއީލާއެކު މި ހަނގުރާމައިގައި ބައިވެރިވުމާމެދު ވިސްނަމުންދާ ކަމަށެވެ.

"ޖެރަލްޑް ފޯޑް ކެރިއަރ ސްޓްރައިކް ގްރޫޕް ޖޫން 24 ވަނަ ދުވަހުގެ ހެނދުނު ނޯފޯކް (ވަރޖީނިއާ) އިން ފުރާނީ ކުރިން ކަނޑައެޅިފައިވާ ގޮތައް ޔޫއެސް-ޔޫރަޕިއަން ކޮމާންޑްގެ ޒިންމާގެ ދަށުގައިވާ ސަރަޙައްދަށް ދިއުމަށް،" ނޭވީގެ އޮފިޝަލް ބުނެފައިވެއެވެ.

ޔޫއެސް ކާލް ވިންސަން ކެރިއަރ ސްޓްރައިކް ގްރޫޕް ގެންދަނީ މިއަހަރުގެ ކުރީކޮޅުން ފެށިގެން މެދުއިރުމަތީގައި ހަރަކާތްތެރިވަމުންނެވެ. އަދި މި ގްރޫޕުން ގެންދަނީ އީރާނުގެ ބާރު އޮންނަ ޔަމަނުގެ ހޫތީންނާ ދެކޮޅަށް ހިންގާ އެއަރ ކެމްޕޭނުގައި ބައިވެރި ވަމުންނެވެ.

އަދި އެމެރިކާގެ ދިފާއީ އޮފިޝަލެއް ވަނީ ޕެންޓަގަންގެ އިސްވެރިޔާ ޕީޓް ހެގްސެތް، ނިމިޓްޒް ކެރިއަރ ސްޓްރައިކް ގްރޫޕް މެދުއިރުމައްޗަށް ފޮނުވުމަށް އަމުރުކުރެއްވި ކަމަށް ކަށަވަރުކޮށް ދީފައެވެ. އެއީ "އެމެރިކާގެ ދިފާއީ ޤާބިލުކަން ދެމެހެއްޓުމަށާއި އެމެރިކާގެ މީހުން ރައްކާތެރިކުރުމަށް" ކަމަށް އެ އޮފިޝަލް ބުނެފައިވެއެވެ.

ބުރާސްފަތި ދުވި ދުވަހު ޓްރަމްޕް ވިދާޅުވީ އިސްރާއީލުން އީރާނަށް ދޭ ހަމަލާތަކުގައި ބައިވެރިވާނެތޯ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

އެމެރިކާ އިން މި ހަނގުރާމައިގައި ބައިވެރިވުމުގެ ސަބަބެއްގެ ގޮތުގައި ދައްކާ އެންމެ މުހިންމު ކަމަކީ އީރާނުގެ މުހިންމު ފަރްދޫ ނިއުކްލިއަރ އެންރިޗްމަންޓް ޕްލާންޓް ހަލާކުކުރެވޭނެ ބޮޑެތި "ބަންކަރ ބަސްޓަރ" ބޮންތައް ހުރި ހަމައެކަނި ޤައުމަކީ އެމެރިކާ ކަށް ވެފައި އެތަނަށް ހަމަލާ ދިނުމަށް އެމެރިކާގެ އެހީ އިސްރާއީލަށް ބޭނުން ވާ ކަމަށް ބުނެއެވެ.

މިކަން މިހެން އޮތް ނަމަވެސް ޓްރަމްޕް ވެރިކަމަށް ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވި އެތައް ފަރާތަކުން ވެސް ގެންދަނީ އެމެރިކާ އިން މި ހަނގުރާމައިގައި ބައިވެރިވުމާ ފާޅުގައި ދެކޮޅު ހަދަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު