Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އީރާނާ ދެކޮޅަށް އިސްރާއީލުން ކުރާ ހަނގުރާމައިގައި އެމެރިކާ އިން ބައިވެރިވުމާ ބެހޭ ގޮތުން ޓްރަމްޕް ގޮތެއް ނިންމަވާނީ ދެ ހަފްތާ ތެރޭގައި: ވައިޓް ހައުސް

ޓްރަމްޕް ބޭނުންފުޅު ވަނީ އީރާނާއެކު ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ އެންމެ އިސް އަމާޒަކީ އީރާނަށް ނިއުކްލިއަރ ހަތިޔާރު ނުލިބޭނެކަން ކަށަވަރުކުރުން ކަމަށް ވައިޓް ހައުސް އިން ބުނޭ

ރާއްޖެ އެމްވީ | 20 ޖޫން 2025 | ހުކުރު 09:52
އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ އަދި އެމެރިކާގެ ރައީސް ޓްރަމްޕް

އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ އަދި އެމެރިކާގެ ރައީސް ޓްރަމްޕް

ވައިޓް ހައުސް އިން ބުރާސްފަތި ދުވަހު ބުނެފައިވަނީ، އިސްރާއީލާއި އީރާނުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާ ބައިވެރިވާނެތޯ ނުވަތަ ނޫންތޯ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާނީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ކަމަށް، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލެވިޓް ނޫސްވެރިންނަށް ވިދާޅުވެފައިވަނީ: "ކުރިއަށް އޮތް ކައިރި ކުރިމަގުގައި އީރާނާ އެކު މަޝްވަރާ ތަކެއް ކުރިއަށް ގެންދެވިދާނެ ކަމުގެ ނުވަތަ ނުގެންދެވިދާނެ ކަމުގެ އެކަށީގެންވާ ބޮޑު ފުރުޞަތު އޮތްކަމަށް ބަލައި، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ބައިވެރިވާނެތޯ ނުވަތަ ނޫންތޯ އަޅުގަނޑު ނިންމާ ނަމަވެ."

އާންމު ބްރީފިންގެއްގައި ލެވިޓް ވިދާޅުވެފައިވަނީ، ޓްރަމްޕް ބޭނުންފުޅު ވަނީ އީރާނާއެކު ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ އެންމެ އިސް އަމާޒަކީ އީރާނަށް ނިއުކްލިއަރ ހަތިޔާރު ނުލިބޭނެކަން ކަށަވަރުކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ، ކޮންމެ އެއްބަސްވުމަކަށް އައި ނަމަވެސް އޭގައި ތެހެރާނުން ޔުރޭނިއަމް މުއްސަނދިކުރުން މަނާކުރަންޖެހޭނެ ކަމަށާއި، އަދި އީރާނަށް ނިއުކްލިއަރ ހަތިޔާރު ހޯދުމުގެ ޤާބިލުކަން ނައްތާލަންޖެހޭނެ ކަމަށެވެ.

"ރައީސް އަބަދުވެސް ޑިޕްލޮމެޓިކް ހައްލަކަށް ޝައުޤުވެރި ވެވަޑައިގަންނަވައެވެ... އެމަނިކުފާނަކީ ޕީސްމޭކަރ އިން ޗީފް އެވެ. އެމަނިކުފާނަކީ ބާރުގެ ތެރެއިން ސުލްހަ ހޯއްދަވާ ރައީސެކެވެ. އެހެންކަމުން ޑިޕްލޮމަސީގެ ފުރުޞަތެއް އޮތްނަމަ، ރައީސް އަބަދުވެސް އެ ފުރުޞަތު ހޯއްދަވާނެއެވެ،" ލެވިޓް ވިދާޅުވިއެވެ. "އެހެން ނަމަވެސް އެމަނިކުފާނު ބާރުގެ ބޭނުން ހިއްޕެވުމަކަށް ވެސް ބިރުފުޅެއް ނުގަންނަވައެވެ." ޕްެރެސް ސެކްރެޓަރީ ވިދާޅުވިއެވެ.

އީރާނަށް ދެކޮޅަށް އެއްވެސް ހަމަލާއެއް ދިނުމަށް ކޮންގްރެސްގެ ހުއްދަ ހޯއްދަވާނެތޯ އެހުމުން ލެވިޓް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އިސްރާއީލުން ބުރާސްފަތި ދުވަހު އީރާނުގެ ނިއުކްލިއަރ ސައިޓް ތަކަށް ބޮން އަޅާފައިވެއެވެ. އޭގެ ބަދަލުގައި އީރާނުން ވަނީ އިސްރާއީލަށް މިސައިލްތަކާއި ޑްރޯން ހަމަލާ ދީފައެވެ. ހަމަލާތައް ބަދަލު ކުރުން އިތުރުވަމުން ދާއިރު އެއްވެސް ފަރާތަކުން ހަނގުރާމަ ނިންމާލުމުގެ އެއްވެސް ނިޝާނެއް ނުދައްކައެވެ.

ލެވިޓް ވިދާޅުވީ ބުރާސްފަތި ދުވަހު އިސްރާއީލުން ހިންގި އޮޕަރޭޝަނާ ބެހޭގޮތުން ޓްރަމްޕަށް ބްރީފް ކުރެވިފައިވާ ކަމަށާއި، އީރާނުން ނިއުކްލިއަރ ހަތިޔާރެއް ހެދުމުގެ މަސައްކަތް ހުއްޓާލުމަށް އެއްބަސް ނުވާނަމަ، ނުރައްކާތެރި ނަތީޖާތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އީރާނާ ދެކޮޅަށް އިސްރާއީލުން މިދިޔަ ހުކުރު ދުވަހު ފެށި ހަނގުރާމަައިގައި އެމެރިކާ ބައިވެރިވުމާ ބެހޭ ގޮތުން އެކި ފަހަރަު އެކި ގޮތައް، އަދި މާނަ އަރާރުންވާ ގޮތައް ޓްރަމްޕް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުތައް ބަދަލުވަމުން ދަނީ އަވަސް ޑިޕްލޮމެޓިކް ހައްލެއް ހުށަހެޅުއްވުމުން ފެށިގެން ގޮސް ހަނގުރާމައިގައި އެމެރިކާ ބައިވެރިވެދާނެ ކަމަށް ދޭހަވާ ގޮތާ ހަމައަށެވެ.

ބުދަ ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރައްވާނެ ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ ކަމަށެވެ. އޭގެ އެއް ދުވަސް ކުރިން އެމަނިކުފާނު ވަނީ ސޯޝަލް މީޑިއާގައި ޚާމަނާއީ އަވަހާރަ ކޮށްލުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އޭގެ ފަހުން އީރާނުން ޝަރުތަކާ ނުލައި ހަނގުރާމަ ހުއްޓާލުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

ތިން ޑިޕްލޮމެޓުން ރޮއިޓަރސް އަށް ބުނެފައިވާ ގޮތުގައި، ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓް ވިޓްކޮފް އާއި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވަނީ އިސްރާއީލުން ހަމަލާތައް ފެށި ފަހުން އެތައް ފަހަރެއްގެ މަތިން ފޯނުން ވާހަކަ ދައްކަވާ ފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު