Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ގޮދަން ފުށް ހޯދަން ގޮސް ތިބި ފަލަސްތީނު ބަޔަކަށް އިސްރާއީލުން ހަމަލާދީ 51 މީހުން ޝަހީދު ކޮށްލައިފި

ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވަނީ އަންގާރަ ދުވަހުގެ މި އަނިޔާވެރި ހާދިސާ ގައި 200 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމަށް

ރާއްޖެ އެމްވީ | 18 ޖޫން 2025 | ބުދަ 03:55
އަންގާރަ ދުވަހުގެ ހަމަލާއަކީ ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ޣައްޒާގައި ހުންނަ އެއިޑް ޑިސްޓްރިބިއުޝަން ސައިޓްތައް ކައިރީގައި ހިނގަމުން އަންނަ ހަމަލާތަކަކަށް ވަނީ ވެފައި

އަންގާރަ ދުވަހުގެ ހަމަލާއަކީ ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ޣައްޒާގައި ހުންނަ އެއިޑް ޑިސްޓްރިބިއުޝަން ސައިޓްތައް ކައިރީގައި ހިނގަމުން އަންނަ ހަމަލާތަކަކަށް ވަނީ ވެފައި

އިސްރާއީލު ބާރުތަކުން ހަމަލާދީ ޣައްޒާ ގައި އެހީ ފޯރުކޮށްދޭ ސަރަޙައްދެއްގައި ގޮދަން ފުށް ހޯދަން ގޮސްތިބި 51 ފަލަސްތީނު މީހުން ޝަހީދު ކޮށްލައިފިއެވެ.

އިސްރާއީލުގެ ބާރުތަކުން ޣައްޒާގެ ދެކުނުގައި ހުރި އެހީ ބަހާ ތަނެއްގެ ކައިރީގައި ހަމަލާދީ ގިނަ ބަޔަކު ޝަހީދު ކޮށް، އަދި އެތައް ބަޔަކު ޒަޚަމު ކޮށްފައިވާ ކަމަށް ބީބީސީ އިން ރިޕޯޓު ކޮށްފައިވެއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައި ވަނީ އަންގާރަ ދުވަހުގެ މި އަނިޔާވެރި ހާދިސާ ގައި 200 އަށް ވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމަށެވެ.

އިސްރާއީލު ސިފައިންގެ ފަރާތުން ބީބީސީ އަށް ބުނެފައިވަނީ މި ހާދިސާ ގެ ރިޕޯޓުތައް ބަލަމުންދާ ކަމަށެވެ.

މިއީ ފަހަކަށް އައިސް ޣައްޒާގެ އެހީ ބެހުމުގެ ސަރަޙައްދު ތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހިނގަމުންދާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ، އަދި އެންމެ ގިނަ މީހުން ޝަހީދުވި ހަމަލާއެވެ.

ފަހަކަށް އައިސް ޣައްޒާގައި ހިނގާފައިވާ ހުރިހާ މަރުތަކެއްހެން ހިނގާފައިވަނީ އެހީ ފޯރުކޮށްދޭ ސަރަހައްދުތަކަށް ދޭ ހަމަލާ ތަކުގައެވެ.

ސަރަޙައްދުގެ ނޫސްވެރިއަކާއި މަންޒަރު ދުށް މީހުން ބުނެފައި ވަނީ އިސްރާއީލުގެ ޑްރޯންތަކުން ދެ މިސައިލް ފޮނުވާލި ކަމަށާއި، އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އެއްވެފައި ތިބި މީހުންނާ 400 އާއި 500 މީޓަރު ދުރުގައި އޮތް އިސްރާއީލު ޓޭންކަކުން ބަޑި ޖަހާފައިވާ ކަމަށެވެ.

މި ސަރަޙައްދުގެ މައި ޞިއްޙީ މަރުކަޒު ކަމުގައިވާ ނާޞިރު ހޮސްޕިޓަލް ވަނީ ޒަޚަމުވެފައިވާ މީހުން ގެނެސް ފުރިފައެވެ. މި ތަން ތޮއްޖެހިފައިވާތީ ޒަޚަމުވެފައިވާ ބައެއް މީހުންނަށް ފަރުވާ ދެމުން ގޮސްފައިވަނީ ތަޅުންގަނޑުމަތީގައެވެ.

ހަމާސްއިން މި ހާދިސާ އާ ބެހޭ ގޮތުން ބުނީ އެހީ ފޯރުކޮށްދޭ މަރުކަޒުތަކަކީ މަރުގެ ދަންތުރަ އެއް ކަމަށެވެ.

ޣައްޒާގެ ޞިއްޙަތާބެހޭ މިނިސްޓްރީގެ މަޢުލޫމާތު ބުނާ ގޮތުން 2023 ސެޕްޓެމްބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި 55,297 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

02 އެޕްރީލު 2017
ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
13 މާރިޗު 2017

އިތިއޮޕިއާގެ ގޮނޑެއްގެ ބިންގަނޑު ކަނޑައިގެން ގޮސް 48 މީހުން މަރުވެއްޖެ

13 މާރިޗު 2017
އިތިއޮޕިއާގެ ގޮނޑެއްގެ ބިންގަނޑު ކަނޑައިގެން ގޮސް 48 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު