Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

ނަތަންޔާހޫ ބޭނުން ވަނީ އީރާނުގެ އިސްވެރިޔާ އަވަހާރަކޮށްލުން ކަން ހާމަ ވެއްޖެ

އެމެރިކާގެ އޭބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާވިދާޅު ވެފައި ވަނީ އީރާނުގެ އެންމެ މަތީ ވެރިޔާ އަވަހާރަ ކޮށްލުމުގެ އެއްވެސް ޕްލޭނަކީ "މައްސަލަ އިތުރަށް ގޯސްވާނެ ކަމެއް ނޫން ކަމަށާއި، އެއީ މައްސަލަ ނިންމާލާނެ ކަމެއް" ކަމަށެވެ.

ރާއްޖެ އެމްވީ | 16 ޖޫން 2025 | ހޯމަ 18:31
އީރާނުގެ ތެހެރާނުގައި އިސްރާއީލުން ދިން ހަމަލާތަކާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން ޝުއޫރު ފާޅުކޮށް މުޒާހަރާ ކުރަނީ - 2025، ޖޫން 14

އީރާނުގެ ތެހެރާނުގައި އިސްރާއީލުން ދިން ހަމަލާތަކާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން ޝުއޫރު ފާޅުކޮށް މުޒާހަރާ ކުރަނީ - 2025، ޖޫން 14

ހަނގުރާމަ އިތުރަށް ގޯސް ވިޔަ ނުދޭން އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ބޭނުން ވަނީ އީރާނުގެ އިސްވެރިޔާ އަވަހާރަ ކޮށްލުން ކަން ހާމަ ވެއްޖެއެވެ.

ނަތަންޔާހޫ ވިދާޅުވީ، އީރާނުގެ އިސް ލީޑަރު އާޔަތު ﷲ އަށް އަމާޒު ކުރުމަކީ "މައްސަލަ އިތުރަށް ގޯސްވާނެ ކަމެއް ނޫން" ކަމެއް ކަމަށެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާނުގެ އެންމެ މަތީ ވެރިޔާ އަޔަތުއްﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ޕްލޭނެއް ނެތް ކަމަށް ބުނުމަށް ވަނީ އިންކާރު ކޮށްފައެވެ.

އެމެރިކާގެ އޭބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާވިދާޅު ވެފައި ވަނީ އީރާނުގެ އެންމެ މަތީ ވެރިޔާ އަވަހާރަ ކޮށްލުމުގެ އެއްވެސް ޕްލޭނަކީ "މައްސަލަ އިތުރަށް ގޯސްވާނެ ކަމެއް ނޫން ކަމަށާއި، އެއީ މައްސަލަ ނިންމާލާނެ ކަމެއް" ކަމަށެވެ.

އަދި، އީރާނުގެ އެންމެ މަތީ ވެރިޔާ އަށް އިސްރާއީލުން އަމާޒުކުރާނެތޯ ސީދާ ސުވާލުކުރުމުން، ނަތަންޔާހޫ ވިދާޅުވެފައިވަނީ: "އަހަރެމެން ކުރަންޖެހޭ ކަންތައްތައް ކުރަމުން މިދަނީ" އެވެ.

"އަޅުގަނޑުމެން އެމީހުންގެ އެންމެ މަތީ ފެންވަރުގެ ނިއުކްލިއަރ ސައިންޓިސްޓުންނަށް އަމާޒު ކޮށްފައިވާނެ،" އޭނާ އިތުރު ކުރެއްވި އެވެ. "އަދިވެސް އެހެން ތަންތަނުގައި ކުރަންޖެހޭ މަސައްކަތްތައް އެބަހުރި."

އިސްރާއީލުގެ އިސްވެރިޔާ އަދި ހުށަހަޅުއްވާފައި ވަނީ އީރާނަށް ހަމަލާދޭން އޭނާ ނިންމެވި ނިންމެވުމަކީ އީރާނުގައި ހުރި ކަމަށް ބުނާ ނިއުކްލިއަރ ނުރައްކަލުން ސަލާމަތް ވުމަށްޓަކައި "އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ގޮތުން" ކުރެވޭ ކަމެއް ކަމަށެވެ.

"މިއަދު ތެލް އަވީވް، މާދަމާ ނިއުޔޯކް،" އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު