Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

ޔަމަނުން ވެސް އިސްރާއީލަށް ހަމަލާ ދީފި

އާދީއްތަ ދުވަހުގެ ފަތިހު ދިން ހަމަލާތައް ކުރިއަށް ދިޔައިރު ޔަމަނުގެ އަސްކަރިއްޔާ އިން ތެލް އަވީވްގެ ބެން ގޫރިއަން އެއަރޕޯޓަށް މިސައިލް ހަމަލާ އެއް ވަނީ ދީފައި

ރާއްޖެ އެމްވީ | 15 ޖޫން 2025 | އާދީއްތަ 03:28
ތެލް އަވީވްގެ ދެކުނުގައި އޮންނަ އިސްރާއީލުގެ ސިޓީއެއް ކަމަށްވާ ބަތު ޔަމް ގައި އީރާނުގެ ބެލިސްޓިކް މިސައިލް ހަމަލާ އަށް ފަހު ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި

ތެލް އަވީވްގެ ދެކުނުގައި އޮންނަ އިސްރާއީލުގެ ސިޓީއެއް ކަމަށްވާ ބަތު ޔަމް ގައި އީރާނުގެ ބެލިސްޓިކް މިސައިލް ހަމަލާ އަށް ފަހު ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި

އާދިއްތަ ދުވަހުގެ ފަތިހު އީރާނުން އިސްރާއީލަށް ހަމަލާ ދިން ވަގުތު ޔަމަނުން ވެސް އިސްރާއީލަށް ހަމަލާ ދިން ކަމަށް އިސްރާއީލުގެ މީޑިއާ އިން ރިޕޯޓު ކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ދެ ބުރަކަށް އީރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއް އީރާނުން އިސްރާއީލަށް ވަނީ ދީފައެވެ. ފުރަތަމަ ބުރުގެ ހަމަލާތައް އީރާން ގަޑިން ރޭގަނޑު 11:45 ހާއިރު ފެށުމަށްފަހު، އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3" ދެވަނަ ބުރަށް ފަށާފައިވަނީ އީރާން ގަޑިން މެންދަމު 3:34 ހާއިރުގައެވެ.

ދެ ގަޑިއިރަށް ވުރެ ގިނައިރު ދެމިގެންދިޔަ ސަތޭކަ އެތައް މިސައިލްތަކަކާއި ޑްރޯންތަކެއް ހިމެނޭ ފުރަތަމަ ބުރަށްފަހު ނެރުނު ބަޔާނެއްގައި،"އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3" ގެ މި އައު ބުރުގެ މައިގަނޑު އަމާޒަކީ އިޒްރޭލުގެ ގިނަ މުހިންމު އަސްކަރީ އަދި ސިނާއީ މަރުކަޒުތަކެއް ހުރި، އޮކިިއުޕައިޑް ޕޯޓް ސިޓީ ހައިފާ ކަމުގައި ބަޔާންކޮށްފައިވެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، ބިމު އަޑީގައި ހަދާފައިވާ ބަންކަރުތަކުގައި އެ ސަރަަހައްދުތަކުގެ ވަޒަންވެރިން ރައްކާތެރިކަން ހޯދަމުންދާ މަންޒަރު ފެނިފައިވާއިރު، ބޮޑު ވަޒީރު ބެންޖަމިން ނެތަންޔާހޫ ހިމެނޭ ގޮތަށް ސަރުކާރުގެ އިސްވެރިން ވެސް ބިމު އަޑީގައި ހަދާފައިވާ ސިއްރު ތަންތަނުގައި ފޮރުވިގެން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިސައިލްތައް އެރުމާ ގުޅިގެން، އިމާރާތްތަކަށް ގެއްލުންންވެ އަދި އަލިފާން ރޯވުމުގެ ސަބަބުން "ގުޝް ދާން" އަދި އޮކިއުޕައިޑް އަލް-ޤުދުސްގައި އަލިފާން ނިއްވުމާއި ސަލާމަތްކުރުމުގެ ޓީމުތައް މަސައްކަތްކުރަމުން ގޮސްފައިވެއެވެ.

އެއް ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އީރާނުގެ މިސައިލެއް ވަނީ ގްރޭޓަރ ތެލް އަވީވް ސަރަޙައްދުގައި ހުރި އުސް އިމާރާތަކަށް އަމާޒުވެފައެވެ. މީގެ އިތުރުން، ތެލް އަވީވްގައި ހުރި އިތުރު 6 ތަނަކަށްވެސް ވަނީ އީރާނުގެ މިސައިލްތައް ސީދާ އަމާޒުވެފައެވެ.

އާދީއްތަ ދުވަހުގެ ފަތިހު ދިން ހަމަލާތައް ކުރިއަށް ދިޔައިރު ޔަމަނުގެ އަސްކަރިއްޔާ އިން ތެލް އަވީވްގެ ބެން ގޫރިއަން އެއަރޕޯޓަށް މިސައިލް ހަމަލާ އެއް ވަނީ ދީފައެވެ.

އިސްރާއީލުގެ ބްރޯޑްކާސްޓިންގ އޮތޯރިޓީ އާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުގައި ވަނީ، ޒަޔަނިސްޓް ދައުލަތް ވަނީ އީރާނާއި ޔަމަނުން ދެމުންދާ މިސައިލްތަކާއި ޑްރޯންތަކުގެ ހަމަލާއަކަށް ހުށަހެޅިފައި ކަމަށެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

25 ޖެނުއަރީ 2017
އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު