Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަމަނުޖެހުން

އިސްރާއީލުން އީރާނަށް ދިން އުދުވާނީ ހަމަލާތައް ދުނިޔޭން ކުށްވެރި ކޮށްފި

ދުނިޔޭގެ ގައުމުތަކުން އިސްރާއީލުގެ އުދުވާނީ ހަމަލާތައް ކުށްވެރި ކުރަމުން ބުނެފައިވަނީ މިއީ އެ ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް އަރައިގަތުން ކަމަށާއި، ބައިނަލްއަގްވާމީ ގާނޫނު ތަކާ ސީދާ ޚިލާފުވުމެއް ކަމަށެވެ.

ރާއްޖެ އެމްވީ | 13 ޖޫން 2025 | ހުކުރު 09:20
ޖޫން 13، 2025 ގައި އީރާނުގެ ވެރިރަށަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ގެއްލުންވި އިމާރާތެއްގެ ކައިރީގައި އާންމުން ހަރަކާތްތެރިވަނީ

ޖޫން 13، 2025 ގައި އީރާނުގެ ވެރިރަށަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ގެއްލުންވި އިމާރާތެއްގެ ކައިރީގައި އާންމުން ހަރަކާތްތެރިވަނީ

ހުކުރު ދުވަހުގެ ފަތިހު އިސްރާއީލުން "އުޚުއްވަތްތެރި އިސްލާމީ ޖުމްހޫރިއްޔާ އީރާނަށް" ދިން "ނުލަފާ ހަމަލާތައް" ސައުދީ އަރަބިއްޔާ އިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ. އަދި މި އުދުވާނީ ޢަމަލު ވަގުތުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ސައުދީ އަރަބިއްޔާ އިން ވަނީ ގޮވާލާފައެވެ.

"ސައުދީ އަރަބިއްޔާއިން އުޚުވަތްތެރި އިސްލާމީ ޖުމްހޫރިއްޔާ އީރާނަށް އިސްރާއީލުން ދިން ފާޅުކަން ބޮޑު އުދުވާނީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މިއީ އެ ޤައުމުގެ މިނިވަންކަމާއި ސަލާމަތަށް ނުރައްކާވެ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުސޫލުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފު ޢަމަލުތަކެކެވެ،" ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާގެ ބަޔާނެއްގައި ބުނެފައިވެއެވެ.

"މި ނުބައި ހަމަލާތައް ކުށްވެރިކުރާ ހިނދު، މި އުދުވާނީ ޢަމަލު ވަގުތުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ސަލާމަތީ މަޖިލީހުގެ މައްޗަށް ވަރަށް ބޮޑު ޒިންމާއެއް އޮތްކަން ސައުދީ އަރަބިއްޔާ އިން ފާހަގަކުރަމެވެ،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ޤަތަރުން ވެސް ވަނީ އިސްރާއީލުން އީރާނުގެ ސަރަޙައްދުތަކަށް ދިން ވައިގެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މި ހަމަލާތަކަކީ "އީރާނުގެ ސިޔާދަތަށް އަރައިގަތުން ކަމަށާއި" އަދި ބައިނަލްއަޤްވާމީ ޤާނޫނާ "ބޮޑު ޚިލާފުވުމެއް" ކަމުގައި ބުނެފައިވެއެވެ.

ޤަތަރުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މި ބަޔާން ނެރުނީ، ހުކުރު ދުވަހުގެ ފަތިހުގެ ގަޑިތަކުގައި އިސްރާއީލުން އީރާނުގެ މުހިންމު ނިއުކްލިއަރ އަދި އަސްކަރީ ތަންތަން ހިމެނޭ ގޮތަށް 100 އަށްވުރެ ގިނަ ތަންތަނަށް ރޭވިގެން ހަމަލާދިންތާ މަދު ގަޑީއިރެއްގެ ތެރޭގައެވެ.

"އިސްލާމީ ޖުމްހޫރިއްޔާ އީރާނުގެ ސަރަޙައްދަށް އަމާޒުކޮށް އިސްރާއީލުން ދީފައިވާ ބޮޑު ހަމަލާ ޤަތަރުން ހަރުކަށި އިބާރާތުން ކުށްވެރި؛" ކުރާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އޮމާން އިން ވެސް އީރާނަށް ދިން އުދުވާނީ ހަމަލާ ކުށްވެރިކޮށް، "ހަމަނުޖެހުން އިތުރުވުމާއި އޭގެ ނަތީޖާގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ ޞަހްޔޫނީ ދައުލަތުން" ކަމަށް ބުނެފައިވެއެވެ.

ރަސްމީ ނޫސް އޭޖެންސީން އާންމު ކުރި ބަޔާނެއްގައި، އިސްރާއީލުގެ އަސްކަރީ ޢަމަލުން ޑިޕްލޮމެޓިކް ފުރުޞަތުތައް ނައްތާލައި، ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމަށް ހުކުރު ދުވަހު އޮމާނުން އިންޒާރު ދީފައިވެއެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ނުސީދާކޮށް ކުރިއަށްދާ މަޝްވަރާތަކުގެ މެދުވެރިއެއްގެ ގޮތުގައި އޮމާން ވަނީ މަސައްކަތްކޮށްފައެވެ. މި މަޝްވަރާތަކުގެ ހަވަނަ ބުރު އާދީއްތަ ދުވަހު ފެށުމަށް ވަނީ ތައްޔާރުވަމުން ގޮސްފައެވެ.

އޮމާނުގެ ބަޔާނުގައި، އިސްލާމީ ޖުމްހޫރިއްޔާ އީރާނުގެ ސަރަޙައްދަށް ޞަހްޔޫނީ ދައުލަތުން ދިން "އަނިޔާވެރި އަސްކަރީ ހަމަލާ" ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެއެވެ. މި ހަމަލާ ގައި އެ ޤައުމުގެ މިނިވަންކަން ނަގަހައްޓާ ތަންތަނަށް އަމާޒުކޮށް، އިންސާނީ ގެއްލުންތައް ދީފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މިއީ "ނުރައްކާތެރި، ރުޅިވެރިކަން އުފައްދާ އަދި ގޮތްކުޑަ" ޢަމަލެއްގެ ގޮތުގައި ސިފަކޮށް، އދ. ގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުގެ އުސޫލުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފު ޢަމަލެއް ކަމަށް ބުނެފައިވެއެވެ.

މިއީ އިސްރާއީލުގެ އުދުވާނީ ސިޔާސަތުތަކުގެ ދެމިގެންދާ ބައެއް ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި ޑިޕްލޮމެޓިކް ހައްލުތަކަށް ފުރަގަސްދީ، ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމުގެ އަސާސްތަކަށް ނުރައްކާވާ ގޮތަށް ކުރާ މިފަދަ ޢަމަލުތަކާ ދެކޮޅަށް ހަރުދަނާ އަދި ސާފު ވިސްނުމެއް ގެންގުޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އަށް ގޮވާލާފައިވެއެވެ.

ކިއުބާގެ ރައީސް މިގުއެލް ޑައަޒް-ކަނެލް ވެސް އިސްރާއީލުގެ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާ، މިއީ ހުޅަނގު އޭޝިއާ ސަރަޙައްދުގައި ހަމަނުޖެހުން އިތުރުކުރުމަށް ހިންގާފައިވާ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބުނެފައިވެއެވެ.

މި ހަމަލާތަކުން ސަރަޙައްދީ އަދި ދުނިޔޭގެ ސުލްޙަ އާއި ސަލާމަތަށް ލަފާނުކުރެވޭ ފަދަ ނުރައްކާތަކެއް ކުރިމަތި ވެދާނެ ކަމަށް އޭނާ އިންޒާރު ދެއްވާފައިވެއެވެ.

ވެނެޒުއެލާގެ ސަރުކާރުން ވެސް އީރާނުގެ ބިމަށް އިސްރާއީލުން ދިން އުދުވާނީ ޢަމަލު ކުށްވެރިކޮށް ބަޔާނެއް ނެރެފައިވެއެވެ. މިއީ "ނަތަންޔާހޫގެ ވެރިކަމުގެ ކަޅު ރެކޯޑުގެ ކުށްތަކުގެ" ތެރެއިން ކުށެއް ކަމަށް ބުނެފައިވެއެވެ.

މި އުދުވާނީ ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސުލްޙަވެރި ވިސްނުމާ ފުށުއަރާ ޢަމަލެއް ކަމަށް ކަރަކާސް އިން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު