Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަމަނުޖެހުން

އިސްރާއީލުން އީރާނަށް ހަމަލާ ދީފި

އީރާނުގެ ވައިގެ ދިފާޢީ ނިޒާމު 100 އިންސައްތަ ހަރަކާތްތެރިވެފައިވާ ކަމަށާއި ގޮވުން ތަކުގެ ތަފްސީލު އަދި ނޭނގޭ ކަމަށް ސަރުކާރުގެ ޓީވީން ރިޕޯޓުކޮށްފައި ވެއެވެ.

ރާއްޖެ އެމްވީ | 13 ޖޫން 2025 | ހުކުރު 01:28
މި ފޮޓޯއިން ފެންނަނީ ހުކުރު ދުވަހުގެ ހެނދުނު އިސްރާއީލުން ތެހެރާނަށް ދިން ހަމަލާ އެރި އިމާރާތަކަށް ލިބިފައިވާ ގެއްލުމެވެ.

މި ފޮޓޯއިން ފެންނަނީ ހުކުރު ދުވަހުގެ ހެނދުނު އިސްރާއީލުން ތެހެރާނަށް ދިން ހަމަލާ އެރި އިމާރާތަކަށް ލިބިފައިވާ ގެއްލުމެވެ.

އީރާނުގެ ވެރިރަށް ތެހުރާނުގެ ބައެއް ސަރަޙައްދުތަކުން ހުކުރު ދުވަހު ފަތިހު ބޮޑެތި ގޮވުންތަކެއް އަޑުތަކެއް އިވިފައިވާ ކަމަށް އީރާނުގެ ރަސްމީ މީޑިއާ އިން ހާމަ ކޮށްފިއެވެ.

މީޑިއާ ރިޕޯޓުތަކުގައި އިސްރާއީލުގެ އަސްކަރިއްޔާ އާ ޙަވާލާދީ ބުނެފައިވަނީ އެ ޤައުމުން ތެހެރާނަށް ވައިގެ ޙަމަލާތަކެއް ދީފައިވާ ކަމަށެވެ.

ހުކުރު ދުވަހުގެ ފަތިހު އީރާނުގެ ވައިގެ ދިފާޢީ ނިޒާމު ފުރިހަމަ އަށް ހަރަކާތްތެރިވެފައިވާ ކަމަށް އީރާނުގެ ސަރުކާރުގެ ޓީވީން ރިޕޯޓުކޮށްފައިވެއެވެ.

"އީރާނުގެ ވައިގެ ދިފާޢީ ނިޒާމު 100 އިންސައްތަ ހަރަކާތްތެރިވެފައިވާ ކަމަށް" ބުނުމާއެކު ސަރުކާރުގެ ޓީވީން ރިޕޯޓުކޮށްފައިވަނީ ގޮވުންތަކުގެ ތަފްސީލުތައް އަދި ނޭނގޭ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ މި ޙަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޤާބިލިއްޔަތުތަކަށް ކަމަށެވެ.

"މި އޮޕަރޭޝަން ކުރިއަށް ދާނެ ބޭނުންވާ ވާ ދިގުމިނަކަށް، އަހަރެމެންގެ މިޝަން ފުރިހަމަ ވަންދެން،" ނަތަންޔާހޫ ވިދާޅުވެފައިވެއެވެ.

އެމެރިކާގެ އިސް ވެރިއެއް އަލްޖަޒީރާ އަރަބިކް އަށް ވިދާޅުވެފައިވަނީ އިސްރާއީލުން ޙަމަލާތައް ދިނުމުގެ ކުރިން ވޮޝިންގްޓަނަށް އެކަން އަންގާފައިވާ ކަމަށެވެ.

ތެހެރާނުގައި ގޮވުންތަކެއް އިވުނު ކަމަށް ރިޕޯޓުކުރެވުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވޮޝިންގްޓަނުން ތެހެރާން އާ އެކު ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

އީރާނުގެ މީޑިއާ ރިޕޯޓުތައް ބުނެފައިވަނީ އިމާމް ޚުމައިނީ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ދަތުރުތައް ވަނީ ހުއްޓާލާފައި ކަމަށެވެ. ނަމަވެސް އިސްރާއީލުގެ ހަމަލާތަކުން އެއަރޕޯޓަށް ސީދާ އަސަރެއް ކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވަނީ އީރާނަށް އިންޒާރު ދެއްވާ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާ ނުދިނުމަށް އަންގާފައެވެ. އަދި އިސްރާއީލުން ދޭ ހަމަލާތަކުގައި އެމެރިކާ ބައިވެރިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ނުދެއްކުމަށް ވެސް އޭނާ އަންގަވާފައިވެއެވެ.

"އަޅުގަނޑުމެން އީރާނަށް ދެވޭ ހަމަލާތަކުގައި ބައިވެރިއެއް ނުވަމެވެ. އަދި އަޅުގަނޑުމެންގެ އެންމެ މުހިންމު އަމާޒަކީ އެ ސަރަހައްދުގައި ތިބި އެމެރިކާގެ ބާރުތައް ރައްކާތެރި ކުރުމެވެ. އިސްރާއީލުން އަޅުގަނޑުމެންނަށް އަންގާފައިވަނީ އެމީހުންގެ ސަލާމަތައް ޓަކައި މި ގޮތައް ޢަމަލު ކުރަން ޖެހުނު ކަމަށެވެ،" ރޫބިއޯގެ ބަޔާނުގައި ވެއެވެ.

"ރައީސް ޓްރަމްޕް އަދި ސަރުކާރުން ވަނީ އަޅުގަނޑުމެންގެ ބާރުތައް ރައްކާތެރި ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައެވެ. އަދި އެ ސަރަހައްދުގެ ބައިވެރިންނާއެކު ގާތުން މުއާމަލާތް ކުރަމުން އެބަ ގެންދަމެވެ. އަޅުގަނޑު ސާފުކޮށް ބުނަން: އީރާނުން އެމެރިކާގެ މަޞްލަޙަތުތަކަށް ނުވަތަ މީހުންނަށް އަމާޒުކޮށް ހަމަލާ ދީގެން ނުވާނެއެވެ."

"އޮޕަރޭޝަން ރައިޒިންގ ލަޔަން" ގެ ނަމުގައި ހިންގި އޮޕަރޭޝަން ގައި އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ ގިނަ އަދަދެއްގެ މަތިންދާބޯޓު ބޭނުން ކޮށްގެން އީރާނަށް ހަމަލާދިން ކަން ކަށަވަރުކޮށްދީފައެވެ. އަދި މި ހަމަލާގައި އަސްކަރީ އަދި ނިއުކްލިއަރ މަރުކަޒުތަކަށް އަމާޒުކުރެވުނު ކަމަށް ބުނެފައިވެއެވެ.

އެމީހުން މި ހަމަލާ ސިފަކޮށްފައި ވަނީ "ފެންވަރު މަތީ އިންޓެލިޖެންސްގެ މައްޗަށް ބިނާކޮށް، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް އަމާޒުކޮށް ދެވުނު ސީދާ އަދި ފުރިހަމަ ޕްރީއެމްޕްޓިވް ހަމަލާއެއް" ގެ ގޮތުގައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވި ބަޔާނުގައި ވިދާޅުވީ އިސްރާއީލުން "އީރާނުގެ ނިއުކްލިއަރ އެންރިޗްމަންޓް ޕްރޮގްރާމުގެ އެންމެ ފުނަށް" ހަމަލާ ދީފައިވާ ކަމަށެވެ.

އިސްރާއީލުން ހަމަލާ ދީފައިވަނީ އީރާނުގެ ވެރިރަށް ތެހެރާނުގެ ދެކުނަށް 225 ކިލޯމީޓަރު ދުރުގައިވާ ނަތަންޒް ސިޓީގައި ހުރި އީރާނުގެ މައި އެންރިޗްމަންޓް ފެސިލިޓީއަށް ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ އޭޕްރިލް މަހު، ހަމަ މި ފެސިލިޓީއަށް ދެވުނު ސައިބަރ ހަމަލާއެއްގެ ޒިންމާ އީރާނުން އެޅުވީ އިސްރާއީލަށެވެ.

ހުކުރު ދުވަހުގެ ހަމަލާ އިސްރާއީލުން އަމާޒުކޮށްފައިވަނީ "އީރާނުގެ ބޮން އުފެއްދުމުގެ މަސައްކަތުގައި އުޅޭ" އީރާނުގެ ސައިންޓިސްޓުންނަށާއި އަސްކަރީ އޮފިޝަލުންނަށް ކަމަށް ވެސް ނަތަންޔާހޫ ހާމަ ކޮށްފައިވެއެވެ.

އީރާނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮޮތުގައި އިސްރާއީލުގެ ހަމަލާގައި "އަންހެނުންނާއި ކުޑަކުދިން ގިނަ އަދަދަކަށް ޝަހީދުވެއްޖެއެވެ."

ހުކުރު ދުވަހު އިސްރާއީލުގެ ހަމަލާއެއްގައި ތެހެރާންގެ އާންމުން ދިރިއުޅޭ އިމާރާތްތަކަކަށް ހަމަލާ ދީފައިވާކަމަށް ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

"ތެހެރާންގެ... އެކި އިމާރާތްތަކަކަށް ހަމަލާ ދީފައިވެއެވެ،" އޮފިޝަލް އައިއާރްއެންއޭ ނިއުސް އެޖެންސީން ބުނެފައިވެއެވެ.

ބީބީސީ އިން ބުނެފައިވަނީ އިސްރާއީލުގެ ހަމަލާތަކުގައި ތެހެރާންގައި ހުރި ރިވޮލިއުޝަނަރީ ގާރޑްސްގެ މައި މަރުކަޒަށް ހަމަލާ ދީފައިވާކަމަށް އީރާނުގެ ސަރުކާރުގެ ޓެލެވިޜަނުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ތަނުން އަލިފާނާއި ދުން އަރަމުންދާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑްސްއަކީ އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ތެރެއިން ބައެކެވެ. އަދި އެއީ އެ ޤައުމުގެ އެންންމެ ބާރުގަދަ މުއައްސަސާތަކުގެ ތެރެއިން އެއް މުއައްސަސާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

25 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު