Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ދުނިޔޭގެ އެންމެ ބޮޑު ލޭ އޮހުރުވުން – ޣައްޒާ ގައި ޝަހީދުވި މީހުންގެ އަދަދު 55 ހާހުން މައްޗަށް!

އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވާ މީހުންގެ އަދަދު އެތައް ހާހަކަށް އަރާފައި ވާއިރު ޣައްޒާ އަށް ކާބޯތަކެއްޗާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި އެތެރެ ކުރުމަށް ވެސް އިސްރާއީލުން ވަނީ ހުރަސް އަޅާފައެވެ.

ރާއްޖެ އެމްވީ | 11 ޖޫން 2025 | ބުދަ 14:30
އިސްރާއީލުގެ ހަމަލާތަކުން ޝަހީދުވި ފަލަސްތީނުގެ މީހުންގެ އާއިލާއެއްގެ މެމްބަރުން ހިތާމައިގައި - ޖޫން 11، 2025 ގައި

އިސްރާއީލުގެ ހަމަލާތަކުން ޝަހީދުވި ފަލަސްތީނުގެ މީހުންގެ އާއިލާއެއްގެ މެމްބަރުން ހިތާމައިގައި - ޖޫން 11، 2025 ގައި

ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމައިގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 55،000 އަށް ވުރެ އިތުރު ވެއްޖެކަމަށް ބުދަ ދުވަހު ޣައްޒާ ގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އިސްރާއީލުގެ ހައްދުފަހަނަ އެޅި އަނިޔާވެރި ކަމަށް 20 މަސް ދުވަސް ފުރިގެން ގޮސްފައި ވާއިރު ޝަހީދުވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ފެށުނު އަދި ނިމުމެއް އަންނަ ތަނެއް ނުފެންނަ ހަނގުރާމައިގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތުން އާންމުން އިންތިހާ އަށް ގިނައިން މަރުވަމުންދާތީ މުޅި ދުނިޔޭން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އިސްރާއީލުން ބުނަނީ އެމީހުން އަމާޒު ކުރަނީ ހަމައެކަނި ހަނގުރާމަވެރިންނަށް ކަމަށާއި، އާންމު ރައްޔިތުން މަރުވަނީ ހަމާސްގެ ސަބަބުން ކަމަށެވެ. މިގޮތުން ހަމާސް އިން މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހަރަކާތްތެރިވެ، އާންމުންގެ ތެރޭގައި ފޮރުވިގެން އުޅޭ ކަމަށް ބުނެ ބަހަނާ ދައްކާފައިވެއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި ހަނގުރާމަ ފެށުނީއްސުރެ 55،104 މީހުން ޝަހީދުވެފައި ވާއިރު 127،394 މީހުން ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުވެ ވަޅުލެވިފައިވާ ކަމަށް ބެލޭއިރު އޮފިޝަލުންނަށް އެމީހުން ހޯދުމަށް އެތަންތަނަށް ގާތް ނުވެވޭ ކަމަށް ވެސް ބުނެފައިވެއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީ ގައި މަސައްކަތް ކުރަނީ ތަފްޞީލީ ރެކޯޑުތައް ބަލަހައްޓައި ޝާއިޢުކުރާ މެޑިކަލް ޕްރޮފެޝަނަލުންނެވެ. މީގެ ކުރިންވެސް މިނިސްޓްރީން ދީފައިވާ އަދަދުތައް މިނިވަން މާހިރުންގެ އަދަދުތަކާ ދާދި އެއްގޮތްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އިސްރާއީލުން މިނިސްޓްރީގެ އަދަދުތަކާ މެދު ސުވާލު އުފައްދާފައިވެއެވެ.

އިސްރާއީލުގެ ބާރުތަކުން ޣައްޒާގެ ބޮޑު ބައެއް ހަލާކުކޮށް، އާބާދީގެ 90 އިންސައްތައާ ގާތްކުރާ އަދަދެއްގެ މީހުން އެމީހުންގެ ގެދޮރުން ނިކުމެގެން ދިއުމަށް މަޖުބޫރުކޮށްފައިވެއެވެ. އަދި ފަހަކަށް އައިސް ގަދަކަމުން މީހުން ހުސްކުރި ސަރަޙައްދުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ބަދަލު ކޮށްފައިވަނީ މިލިޓަރީ ބަފަރ ޒޯނަކަށެވެ. މީގެ ތެރޭގައި މިހާރު ގިނަ މީހުން ދިރިނޫޅޭ ދެކުނުގެ ރަފަހް ސިޓީވެސް ހިމެނެއެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވާ މީހުންގެ އަދަދު އެތައް ހާހަކަށް އަރާފައި ވާއިރު ޣައްޒާ އަށް ކާބޯތަކެއްޗާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި އެތެރެ ކުރުމަށް ވެސް އިސްރާއީލުން ވަނީ ހުރަސް އަޅާފައެވެ. އަދި އދ. އިން ބުނާ ގޮތުގައި އިސްރާއީލުގެ ހުރަސްތަކާއި، ޤާނޫނުގެ އިންތިޒާމުތައް ނެތިދިއުމާއި، ފުޅާ ދާއިރާއެއްގައި ފޭރުން އިތުރުވުމުގެ ސަބަބުން ކާބޯތަކެތި ގެނައުމަށް ދަތިތަކާ ކުރިމަތިވެފައި ވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި 20،000 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލެވިފައިވެއެވެ. ނަމަވެސް މިކަމަށް އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ.

ހަނގުރާމަވެރިން އަދިވެސް އިސްރާއީލުގެ 55 ރަހީނުން ހިފަހައްޓާފައި ތިބިއިރު، މީގެ ތެރެއިން ދިރިތިބި ކަމަށް ގަބޫލު ކުރެވެނީ ދެބައިކުޅަ އެއްބައި މީހުންނެވެ.

ޣައްޒާ އަށް ހުއްޓުމެއް ނެތި ހަމަލާ ދެމުން ދިޔަ ނަމަވެސް އަދި ހަމާސްގެ އެތައް ލީޑަރުންގެ ފުރާނަ ދުއްވާލާފައި ވީ ނަމަވެސް ޣައްޒާގެ ބޮޑު ސަރަހައްދެއްގެ ބާރު އަދިވެސް އޮތީ ހަމާސްގެ އަތުގައެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެންމެ ލޭ އޮހޮރުން ގިނަ އަދި ސުންނާފަތި ކުރުން އެންމެ ބޮޑު ހަނގުރާމަތަކުގެ ތެރެއިން އެއް ހަނގުރާމައަށްވާ ޣައްޒާ ގައި ހިންގާ އިސްރާއީލުގެ އަސްކަރީ ކެމްޕޭނުން ޣައްޒާގެ ސިޓީތަކުގެ ބޮޑެތި ސަރަޙައްދުތައް ވަނީ ސުންނާފަތި ކޮށްލާފައެވެ. އެތައް ސަތޭކަ ހާސް މީހުން ދިރިއުޅެމުންދަނީ ނިކަމެތި ޓެންޓު ކޭމްޕުތަކާއި ބޭނުންނުކުރާ ސްކޫލުތަކުގައެވެ. އަދި ޞިއްޙީ ނިޒާމު ވަނީ ހަލާކުވެފައެވެ. އެހެންނަމަވެސް އިސްރާއީލުގެ ހަމަލާތަކުން ޒަޚަމްވާ މީހުންނަށް ފަރުވާދިނުމުގެ މަސައްކަތް އާދައިގެ ގޮތަކަށް ކުރިއަށްދެއެވެ.

ހަމާސް އިން ބުނެފައި ވަނީ އިތުރު ފަލަސްތީނު ގައިދީން ދޫކޮށްލުމާއި، ދާއިމީ ކޮށް ހަނގުރާމަ ހުއްޓާލުމާއި، އިސްރާއީލު ސިފައިން ޣައްޒާ އިން މުޅިން ފޭބުމުން މެނުވީ ބާކީ ތިބި ރަހީނުން ދޫކޮށްނުލާނެ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ޝަރުޠުތައް ބަލައިނުގަނެ ބުނެފައިވަނީ ރަހީނުން އަނބުރާ ގެނައުމަށް ވަގުތީ ގޮތުން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެއްބަސްވާނެ ކަމަށެވެ. އޭނާ ވައުދުވެފައިވަނީ ހުރިހާ ރަހީނުން އަނބުރާ ގެނެވި، ހަމާސް ބަލި ކުރެވެން ދެން ނުވަތަ ހަމާސްގެ ހަނގުރާމަވެރިން ހަތިޔާރު ދޫކޮށްލައި އަމިއްލަ އަށް އަރުވާލެވެންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

ނަތަންޔާހޫ ބުނެފައިވަނީ އިސްރާއީލުން ޣައްޒާގެ ބާރު ދާއިމީކޮށް ހިފަހައްޓާނެ ކަމަށާއި، އަދި އެހެން ޤައުމުތަކަށް އަމިއްލަ އިޚްތިޔާރުގައި ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ހިޖުރަ ކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.

ނަމަވެސް ފަލަސްތީނުންނާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގިނަ ބަޔަކު މިފަދަ ޕްލޭނެއް ބަލައި ނުގަންނާނެ ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު