Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލޮސް އެންޖެލެސް މުޒާހަރާ

އެމެރިކާގެ ލޮސް އެންޖެލެސް އަށް ނޭޝަނަލް ގާޑުން ފޮނުވުމުން އިތުރު ހަމަނުޖެހުންތައް ހިނގައިފި

ހުކުރު ދުވަހު ފެށުނު މުޒާހަރާތަކުގައި މަދުވެގެން 60 މީހުން ހައްޔަރު ކުރެވިފައިވާ ކަމަށާއި އަދި ތިން އޮފިސަރަކަށް ކުދިކުދި އަނިޔާތަކެއް ވެފައިވާކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެ އެމްވީ | 9 ޖޫން 2025 | ހޯމަ 13:21
އެމެރިކާގެ ސެން ފްރެންސިސްކޯ ގައި ޑީޕޯޓްކުރުމާ ދެކޮޅަށް ކުރިއަށް ދާ މުޒާހަރާގެ ތެރެއިން "ކެލިފޯނިއާ: ސްޓޭންޑް އަޕް! ފައިޓް ބެކް!" ޖަހާފައިވާ ބޯޑެއް ހިފައިގެން ހުރި ބައިވެރިއެއް - ޖޫން 8، 2025

އެމެރިކާގެ ސެން ފްރެންސިސްކޯ ގައި ޑީޕޯޓްކުރުމާ ދެކޮޅަށް ކުރިއަށް ދާ މުޒާހަރާގެ ތެރެއިން "ކެލިފޯނިއާ: ސްޓޭންޑް އަޕް! ފައިޓް ބެކް!" ޖަހާފައިވާ ބޯޑެއް ހިފައިގެން ހުރި ބައިވެރިއެއް - ޖޫން 8، 2025

އެމެރިކާގެ ލޮސް އެންޖެލެސް ގައި ސަލާމަތީ ބާރުތަކާއި މުޒާހަރާ ކުރާ މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާ އެއްގަމު އުޅަނދުތަކުގައި ރޯކޮށް ހަމަނުޖެހުންތައް އަދިވެސް ދަނީ ހިނގަމުންނެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ އަށް ނޭޝަނަލް ގާޑުގެ ސިފައިން ފޮނުވުމާ ގުޅިގެން، އިތުރު ހަމަނުޖެހުންތައް ވަނީ ހިނގާފައެވެ.

އެ ގޮތުން އެއްގަމު އުޅަނދުތަކުގައި ރޯކޮށް ސަލާމަތީ ބާރުތަކާ މުޒާހަރާ ކުރާ މިހުން ވަނީ ކުރިމަތިލާފައެވެ. އެއާއެކު ސަލާމަތީ ބާރުތަކުން މުޒާހަރާކުރާ މީހުން މައިތިރިކުރަން ކަރުނަގޭސް ޖަހާ، ލޮސް އެންޖެލެސްގެ ޑައުންޓައުން ސަރަހައްދުން ދުރަށް ދިއުމަށް ފުލުހުން އާންމުންނަށް އަމުރުކުރިއެވެ.

ލެޓިނޯ ދަރިފަސްކޮޅަށް ނިސްބަތްވާ ބޮޑު އާބާދީއެއް ދިރިއުޅޭ ލޮސް އެންޖެލެސްގައި މުޒާހަރާތައް ފެށުނީ ހުކުރު ދުވަހުއެވެ.

މި މުޒާހަރާތައް ފެށުނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ހިންގި ރެއިޑް ތަކެއްގެ ސަބަބުންނެވެ. މި ރެއިޑްތަކުގައި އޮތޯރިޓީތަކުން ބުނާގޮތުގައި ޤާނޫނާ ޚިލާފަށް އުޅޭ މީހުންނާއި ގޭންގު މެންބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރެވުނެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި އެމެރިކާގެ ރައީސް ވަނީ ޤާނޫނާ ޚިލާފަށް އެމެރިކާގައި ދިރިއުޅޭ މީހުންގެ މައްޗަށް ފިޔަވަޅު އެޅުމުގެ ނަމުގައި ކެލިފޯނިއާ އަށް ނޭޝަނަލް ގާޑުގެ ސިފައިން ފޮނުވައިގެން ގަސްދުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކޮށްފައެވެ.

ނޭޝަނަލް ގާޑަކީ އާންމުކޮށް ސްޓޭޓް ގަވަރނަރުގެ ބާރުގެ ދަށުގައި ތައްޔާރީ ހާލަތުގައި ތިބޭ އަސްކަރީ ފައުޖެކެވެ.

މުޒާހަރާކުރާ މީހުން އޭއެފްޕީ އަށް ބުނިގޮތުގައި ސިފައިން ފޮނުވުމުގެ މަޤްޞަދަކީ އަމާންކަން ދެމެހެއްޓުމެއް ނޫނެވެ. މުޒާހަރާކުރާ މީހަކު މިކަން ސިފަކުރީ "ބިރުދެއްކުމުގެ އަމަލެއް" ގެ ގޮތުގައެވެ.

ކެލިފޯނިއާގެ ގަވަރނަރު ގެވިން ނިއުސަމް ވިދާޅުވީ ޓްރަމްޕްގެ އަމުރަކީ "ސްޓޭޓްގެ މިނިވަންކަމަށް އަރައިގަތުން" ކަމަށެވެ. އަދި އެ އަމުރު އަނބުރާ ގެންދިއުމަށާއި "ކޮންޓްރޯލް އަނބުރާ ކެލިފޯނިއާ އަށް ދިނުމަށް" ރައީސަށް ގޮވާލެއްވިއެވެ.

އަދި އޭނާ މުޒާހަރާކުރާ މީހުންނަށް އިލްތިމާސް ކުރެއްވީ ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމަށެވެ. އަދި ހަމަނުޖެހުން ހިންގާ މީހުން ހައްޔަރު ކުރެވޭނެ ކަމަށް ވިދާޅުވެ އޭނާ އިންޒާރުދެއްވިއެވެ.

"ޓްރަމްޕްގެ މަޅީގައި ނުޖެހޭ،" އޭނާ އެކްސް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވިދާޅުވިއެވެ.

އޮތޯރިޓީތަކުން އާދީއްތަ ދުވަހުގެ ރޭ ވަނީ ލޮސް އެންޖެލެސްގެ ޑައުންޓައުން ސަރަހައްދަށް އެއްވުމަކީ "ޤާނޫނާ ޚިލާފް ކަމެއް" ކަމަށް އިޢުލާނު ކުރިއެވެ.

ޓްރަމްޕް ވިދާޅުވީ މުޒާހަރާކުރާ މީހުންނަކީ ހަމަނުޖެހުން އުފައްދާ ބައެއް ކަމަށެވެ. އަދި އޭނާ ވަނީ މޫނު ނިވާކޮށްގެން އުޅޭ މީހުން ވަގުތުން ހައްޔަރު ކުރުމަށް ވެސް އަމުރު ކުރައްވާފައެވެ.

އާދީއްތަ ދުވަހުގެ ކުރީކޮޅު ލޮސް އެންޖެލެސްގެ ޑައުންޓައުން ސަރަހައްދުގައި މުޒާހަރާކުރާ މީހުން އެއްވެފައިވަނިކޮށް މަދުވެގެން ތިން ކާރުގައި ރޯކޮށްލި މަންޒަރު ފެނިފައިވެއެވެ. އަދި ލޯކަލް ލޯ އެންފޯސްމަންޓް އޮފިސަރުން މުޒާހަރާކުރާ މީހުން ފޮނުވާލުމަށް ކަރުނަގޭހާއި ދުންއަރާ ބޮންތައް ބޭނުންކުރިއެވެ.

ދެ ދުވަހުގެ ތެރޭގައި މަދުވެގެން 60 މީހުން ހައްޔަރު ކުރެވިފައިވާ ކަމަށާއި އަދި ތިން އޮފިސަރަކަށް ކުދިކުދި އަނިޔާތަކެއް ވެފައިވާކަމަށް ފުލުހުން ބުންޏެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

21 ފެބުރުއަރީ 2017
   ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު