Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

އިންޑިޔާގެ މަނިޕޫރު ސްޓޭޓުގެ ބައެއް ސަރަހައްދުތަކުގައި އިންޓަނެޓް ކަނޑާލައި، ކާފިއު ހިންގައިފި

އާދީއްތަ ދުވަހު، ފުލުހުން ވަނީ އެ ސްޓޭޓްގެ ބާރުގަދަ ގްރޫޕެއް ކަމަށްވާ އަރަމްބައި ޓެންގޯލް ނަމަކަށް ކިޔާ ހަތިޔާރު އެޅި ހަރުކަށި ފިކުރުގެ ގްރޫޕެއްގެ ފަސް ލީޑަރުން ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި އެ ގްރޫޕުގެ އިސްވެރިޔާ ވެސް ހިމެނެއެވެ.

ރާއްޖެ އެމްވީ | 9 ޖޫން 2025 | ހޯމަ 12:05
މަނިޕޫރުގެ ބައެއް ހިސާބުތަކުގައި އިންޓަނެޓް ކަނޑާލައި ވަކި ސަރަހައްދުތަކެއްގައި ވަނީ ކާފިއު ހިންގާފައި

މަނިޕޫރުގެ ބައެއް ހިސާބުތަކުގައި އިންޓަނެޓް ކަނޑާލައި ވަކި ސަރަހައްދުތަކެއްގައި ވަނީ ކާފިއު ހިންގާފައި

އިންޑިޔާގެ އުތުރު-އިރުމަތީގެ މަނިޕޫރު ސްޓޭޓުގެ ބައެއް ސަރަހައްދުތަކުގައި އިންޓަނެޓް ކަނޑާލައި، ކާފިއު ހިންގައިފިއެވެ.

މި ފިޔަވަޅުތައް އެޅީ އެތަނުގެ ނަސްލީ ގްރޫޕެއްގެ ލީޑަރުން ހައްޔަރުކުރުމާ ގުޅިގެން ހިނގި މުޒާހަރާތަކާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އާދީއްތަ ދުވަހު، ފުލުހުން ވަނީ އަރަމްބައި ޓެންގޯލް ނަމަކަށް ކިޔާ ހަތިޔާރު އެޅި ހަރުކަށި ފިކުރުގެ ގްރޫޕެއްގެ ފަސް ލީޑަރުން ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި އެ ގްރޫޕުގެ އިސްވެރިޔާ އާސެމް ކަނާން ސިންގް ވެސް ހިމެނެއެވެ.

އިންޑިޔާގެ އެންމެ މަތީ ތަހުގީގީ އިދާރާއިން ބުނެފައިވަނީ ސިންގް ހައްޔަރުކުރެވުނީ މަނިޕޫރުގެ އިމްފާލް އެއަރޕޯޓުގައި ކަމަށާއި، މިއީ 2023 ވަނަ އަހަރު އެ ސްޓޭޓުގައި ހިނގި ހަމަނުޖެހުންތަކާ ގުޅުންހުރި "އެކި ކުށްތަކުގައި" އޭނާ ބައިވެރިވެފައިވާތީ ކަމަށެވެ.

2023 ވަނަ އަހަރުން ފެށިގެން މަނިޕޫރު ގައި ވަނީ ހަމަނުޖެހުންތައް ހިނގަމުން ގޮސްފައެވެ. މިއީ އެތަނުގެ އެންމެ ބޮޑު ދެ ނަސްލީ ގްރޫޕު ކަމަށްވާ މެއިޓީ އާއި ކޫކީ އާ ދެމެދު އެއް ބަޔަކު އަނެއް ބަޔަކަށް ވުރެ ބޮޑަށް ބާރާއި ނުފޫޒު ހޯދުމަށް އުޅުމުގެ ތެރެއިން ހިނގި ހަމަނުޖެހުންތަކެކެވެ. މެއިޓީ އަކީ އެތަނުގެ އަޣުލަބިއްޔަތު އޮތް ނަސްލެވެ. އަދި ކޫކީ އަކީ މައިނޯރިޓީ ނަސްލެކެވެ.

މި ހަމަނުޖެހުންތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެތައް ހާސް މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.

އަރަމްބައި ޓެންގޯލް އަކީ އެ ސަރަހައްދުގެ އިޖްތިމާއީ ކަންކަން ކުރިއަރުވާ ޖަމާޢަތެއްގެ ގޮތުގައި އަމިއްލައަށް ސިފަކުރާ ޖަމާޢަތެކެވެ. އަދި މިއީ އެ ސްޓޭޓުގައި ވަރަށް ބޮޑު ނުފޫޒެއް އޮތް ޖަމާޢަތެކެވެ. މެއިޓީ ކޮމިއުނިޓީގެ ތާއީދު މި ޖަމާޢަތަށް ލިބިފައިވެއެވެ.

އެންމެ ފަހުން ހިނގި ހަމަނުޖެހުންތައް ފެށުނީ 7 ޖޫން ގައެވެ. އެއީ އިންޑިޔާގެ އެންމެ މަތީ ތަހުގީގީ އިދާރާ އިން ސިންގް އާއި އަރަމްބައި ޓެންގޯލްގެ އިތުރު ހަތަރު ލީޑަރުން ހައްޔަރުކޮށް، އަވައްޓެރި އާސާމް ސްޓޭޓުގެ ގުވާހާޓީ ސިޓީ އަށް ގެންދިއުމުންނެވެ.

މަނިޕޫރުގައި ހިނގި އަނިޔާވެރިކަމާ ގުޅޭ މައްސަލަތައް ތަޙުޤީޤު ކުރަމުންދާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ބުނެފައިވަނީ މި މައްސަލަތަކުގެ ޝަރީޢަތް މަނިޕޫރުން އާސާމްގެ ގުވާހާޓީ އަށް ބަދަލުކުރެވިފައިވަނީ "މަނިޕޫރުގެ ޤާނޫނީ އަދި އަމަން އަމާންކަމުގެ ހާލަތަށް ރިޢާޔަތް ކުރުމަށްފަހު" ކަމަށެވެ.

މި ހައްޔަރު ކުރުންތަކަށް ފަހު، އަރަމްބައި ޓެންގޯލްގެ މެންބަރުން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާކުރި މީހުން ވަނީ ފުލުހުންގެ މަރުކަޒަކަށް ވަދެ، ބަހެއް ގައި އަލިފާން ޖަހައި، ބައެއް ސަރަހައްދުތަކުގައި މަގުތައް ބަންދުކޮށްފައެވެ.

މުޒާހަރާ ކުރާ ބައެއް މީހުން ވަނީ ސަލާމަތީ ބާރުތަކާ ކުރިމަތިލާފައި ކަމަށް ދަ ހިންދޫ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ސަލާމަތީ ބާރުތަކުން ހަލަބޮލިކަން ކޮންޓްރޯލް ކުރުމަށް ކަރުނަ ގޭހާއި ވަޒަން ބޭނުން ކޮށްފައިވާ ކަމަށް ދަ ހިންދުސްތާން ޓައިމްސް އިން ރިޕޯޓުކޮށްފައިވެއެވެ.

ސްޓޭޓުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އޯކްރާމް ސުރްޖާކުމާރު ބުނެފައިވަނީ މި ހައްޔަރު ކުރުން ތަކުގެ ސަބަބުން އެ ސްޓޭޓު ވަނީ ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލާފައި ކަމަށެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން، ސްޓޭޓު ސަރުކާރުން ވަނީ އެ ސްޓޭޓުގެ ފަސް ޑިސްޓްރިކްޓެއްގައި ފަސް ދުވަހުގެ މުއްދަތަށް އިންޓަނެޓާއި މޯބައިލް ޑޭޓާގެ ޚިދުމަތްތައް ހުއްޓާލާފައެވެ. އަދި އެއް ޑިސްޓްރިކްޓެއްގައި މުއްދަތެއް ނެތް ކަރްފިއު އަމުރެއް ނެރެފައެވެ. މީގެ އިތުރުން ބައެއް ސަރަހައްދުތަކުގައި ހަތަރު މީހުންނަށް ވުރެ ގިނަ މީހުން އެއްވުން ވެސް ވަނީ މަނާކޮށްފައެވެ.

އަރަމްބައި ޓެންގޯލް އިން ވެސް ވަނީ ހޮނިހިރު ރެއިން ފެށިގެން ސްޓޭޓުގެ ބައެއް ސަރަހައްދުތަކުގައި 10 ދުވަހުގެ މުއްދަތަށް ހުރިހާ ހަރަކާތްތަކެއް ހުއްޓާލުމަށް އިޢުލާނުކޮށްފައެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2017

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި
02 ޖޫން 2017

މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!

02 ޖޫން 2017
މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!
17 މެއި 2017

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

17 މެއި 2017
އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު