Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮލަމްބިއާ

ކޮލަމްބިއާ ގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ބޮލަށް ބަޑި ޖަހައިފި

ކޮލޮމްބިއާގެ ރިޔާސީ ކެންޑިޑޭޓުގެ ބޮލަށް ބަޑިޖެހުމުގެ ސަބަބުން އޭނާގެ ހާލަތު ނާޒުކު ކަމަށާއި، އޭނާގެ ބޮލަށް ދެ ވަޒަން އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ބަޑި ޖެހި ކަމަށް ތުހުމަތު ކުރެވިގެން 15 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ހައްޔަރު ކޮށްފައެވެ.

ރާއްޖެ އެމްވީ | 8 ޖޫން 2025 | އާދީއްތަ 11:54
މިގޭލް އުރީބޭ އަކީ 2022 ވަނަ އަހަރުން ފެށިގެން ކޮލަމްބިއާގެ ކޮންޒަވޭޓިވް ސެންޓްރޯ ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރެއްގެ މަގާމު އަދާކުރައްވާފައިވާ ފަރާތެއް

މިގޭލް އުރީބޭ އަކީ 2022 ވަނަ އަހަރުން ފެށިގެން ކޮލަމްބިއާގެ ކޮންޒަވޭޓިވް ސެންޓްރޯ ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރެއްގެ މަގާމު އަދާކުރައްވާފައިވާ ފަރާތެއް

ވެރިރަށް ބޮގޯޓާގައި ބޭއްވުނު ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަމުން ދަނިކޮށް ކޮލަމްބިއާގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ބޮލަށް ބަޑިޖަހައިފިއެވެ.

39 އަހަރުގެ ސެނެޓަރ މިގޭލް އުރީބޭ އަށް ހޮނިހިރު ދުވަހު ހަމަލާ ދިނީ ޕާކެއްގައި އޭނާ އަށް ތާއީދުކުރާ މީހުންނާ މުޚާތަބު ކުރަމުން ދަނިކޮށެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ފުލުހުން ވަނީ 15 އަހަރުގެ ކުއްޖަކު އެތަނުން ހައްޔަރުކޮށްފައެވެ.

އުރީބޭ ގެ ސެންޓްރޯ ޑެމޮކްރަޓިކޯ ޕާޓީން މި ހަމަލާ ކުށްވެރިކޮށް، މިއީ "ކޮލޮމްބިއާގެ ޑިމޮކްރަސީ އަދި މިނިވަންކަމަށް" ކުރިމަތިވި ނުރައްކަލެއް ކަމަށް ބުނެފައިވެއެވެ.

އޮންލައިންކޮށް ހިއްސާކޮށްފައިވާ ފޯނު ފުޓޭޖުން ދައްކާގޮތުން، އޭނާ ވާހަކަ ދައްކަމުން ދަނިކޮށް ބޮލަށް ވަޒަން އެރި ވަގުތުގެ ހާދިސާ ފެނެއެވެ. އެ ވަގުތު އެއްވެތިބި މީހުން ބިރުން ކޮޅުކޮޅު މައްޗަށް ދުވާ މަންޒަރު ވެސް ފެނެއެވެ.

އުރީބޭ އަށް ހަމަލާ ދިނީ، 2026 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން ބޭއްވި ކެމްޕެއިން އިވެންޓެއްގައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔުމަށްފަހު، އޭނާގެ އަނބިކަނބަލުން މަރިއާ ކްލައުޑިއާ އެކްސް ގައި ހާމަ ކުރި ޕޯސްޓެއްގައި އުރީބޭ "ފުރާނައަށްޓަކައި ހަނގުރާމަ ކުރަމުންދާ" ކަމަށް ބުނެފައިވެއެވެ.

އުރީބޭ އަކީ ކުރީގެ ރައީސް އަލްވާރޯ އުރީބޭ އުފައްދަވާފައިވާ އިދިކޮޅު ކޮންޒަވޭޓިވް ޑެމޮކްރެޓިކް ސެންޓަރ ޕާޓީގެ މެންބަރެކެވެ.

އުރީބޭ ގެ ޕާޓީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ސެނެޓަރ ބޮގޮޓާގެ އާންމު ޕާކެއްގައި ކެމްޕެއިން އިވެންޓެއްގައި ބައިވެރިވަމުން ދަނިކޮށް "ހަތިޔާރު ހިފައިގެން ތިބި ބަޔަކު" އޭނާގެ ފުރަގަހުން ބަޑި ޖަހާފައިވެއެވެ.

ހޮސްޕިޓަލުން ނެރުނު މެޑިކަލް ރިޕޯޓެއްގައި ބުނެފައިވަނީ ސެނެޓަރ ހޮސްޕިޓަލަށް ގެނައި އިރު ވަނީ ނާޒުކު ހާލަތެއްގައި ކަމަށާއި، އޭނާ އަށް "ނިއުރޯސަރޖިކަލް އަދި ޕެރިފެރަލް ވެސްކިއުލަރ ޕްރޮސީޖަރެއް" ހަދަން ޖެހޭ ކަމަށެވެ.

މި ހަމަލާ ތަހުގީގު ކުރަމުންދާ އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުން، ސެނެޓަރަށް މި ހަމަލާގައި ދެ ވަޒަން އަމާޒުވި ކަމަށާއި، އިތުރު ދެ މީހަކަށް ވެސް އަނިޔާވި ކަމަށެވެ. އެ އޮފީހުގެ ބަޔާނުގައި ބުނެފައިވާ ގޮތުން، 15 އަހަރުގެ ކުއްޖަކު ވަނީ އެތަނުން ހަތިޔާރަކާއެކު ހައްޔަރުކުރެވިފައެވެ.

ކޮލޮމްބިއާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން މި އަނިޔާވެރި ހަމަލާ "ހަރުކަށި އިބާރާތުން" ކުށްވެރިކުރާ ކަމަށާއި، މި މައްސަލަ ފުރިހަމައަށް ތަޙުޤީޤުކުރުމަށް ގޮވާލާ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމެރިކާއިން "އެންމެ ހަރުކަށި އިބާރާތުން" އުރީބޭ އަވަހާރަ ކޮށްލަން މަސައްކަތްކުރި ކުރުން ކުށްވެރިކުރާ ކަމަށެވެ. އަދި މި އަނިޔާވެރިކަމަށް ޒިންމާވާންޖެހެނީ ޕެޓްރޯ އާ މެދު "ނަފްރަތު އުފެއްދުމުގެ ވާހަކަތައް" ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

މިގޭލް އުރީބޭ އަކީ ކޮލޮމްބިއާގެ ފާހަގަކޮށްލެވޭ ޢާއިލާއަކުން އައިސްފައިވާ ފަރާތެކެވެ.

އޭނާގެ ބައްޕަ އަކީ ވިޔަފާރިވެރިއެއްގެ އިތުރުން ޔޫނިއަން ލީޑަރެކެވެ. އޭނާގެ މަންމަ، ނޫސްވެރިޔާ ޑައިނާ ޓުރްބޭ، 1990 ގައި ވަނީ ކުރީގެ ކާޓެލް ލީޑަރު ޕާބްލޯ އެސްކޯބާ ހިންގި ހަތިޔާރުއެޅި ގްރޫޕަކުން ވަގަށް ނަގާފައެވެ. އޭނާ މަރުވީ 1991 ގައި ސަލާމަތް ކުރުމުގެ އޮޕަރޭޝަނެއްގެ ތެރޭގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގެ ތަހުގީގެއް ކުރަނީ

ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގެ ތަހުގީގެއް ކުރަނީ

06 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު