Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

މަގާމުގައި ހުރެ ނުބުނެވުނަސް އިސްރާއީލުން ޣައްޒާ ގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް މިހާރު ބުނެވިދާނެ: ސްޓޭޓް ޑިޕާޓްމަންޓުގެ ކުރީގެ ތަރުޖަމާނު

މިލަރ ވިދާޅުވެފައިވަނީ އޭނާ ސްޓޭޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރެއްވި ދުވަސްވަރުވެސް ހިމެނޭ ގޮތަށް، އިސްރާއީލުން ޣައްޒާގައި ހަނގުރާމައިގެ ކުށްތައް ކޮށްފައިވާ ކަމަށް އޭނާ ޤަބޫލު ކުރައްވާ ކަމަށެވެ.

ރާއްޖެ އެމްވީ | 3 ޖޫން 2025 | އަންގާރަ 10:59
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކުރީގެ ތަރުޖަމާނު މެތިއު މިލަރ

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކުރީގެ ތަރުޖަމާނު މެތިއު މިލަރ

ރަސްމީ ހައިސިއްޔަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އިސްރާއީލް ދިފާއު ކޮށް ވާހަކަ ދެއްކި ނަމަވެސް، އިސްރާއީލުން ޣައްޒާގައި "ހަނގުރާމައިގެ ކުށްތައް" ކޮށްފައިވާ ކަމަށް އަމިއްލަ ގޮތުން ޤަބޫލު ކުރައްވާ ކަމަށް ބައިޑްން ސަރުކާރުގެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު، މެތިއު މިލަރ ވިދާޅުވެއްޖެއެވެ.

"އިސްރާއީލުން ހަނގުރާމައިގެ ކުށްތައް ކޮށްފައިވާކަމީ އެއްވެސް ޝައްކެއްނެތް ޙަޤީޤަތެކެވެ،" އޭނާ އިނގިރޭސިވިލާތުގެ ސްކައި ނިއުސްއަށް ވިދާޅުވިއެވެ.

މިލަރ ވިދާޅުވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނުގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު އެފަދަ ޚިޔާލެއް ފާޅުކުރެއްވޭނެ ގޮތެއް ނެތްކަމަށެވެ.

"ޕޯޑިއަމްގައި ހުންނައިރު އަމިއްލަ ޚިޔާލެއް ނޫން ފާޅުކުރަނީ، އެމެރިކާ ސަރުކާރުގެ ނިންމުންތައް،" އޭނާ ވިދާޅުވިއެވެ.

ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަ ކުރަމުންދާ ޙަމާސް ބަލިކުރުމުގެ ނަމުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ހަނގުރާމައިގައި މަދުވެގެން 54,000 ފަލަސްޠީނު މީހުން ޝަހީދު ކޮށް، ދެ މިލިއަން ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަމުގައި ބައިތިއްބާ، އިސްރާއީލުގެ އަނިޔާވެރި ސިފައިން އެމީހުންގެ ގެދޮރުން ތަކުރާރުކޮށް އެތައް ފަހަރަކު ވަނީ ބޭރު ކޮށްފައެވެ.

ބައިޑެންގެ ސަރުކާރުގެ ދުވަސްވަރު އެއްވެސް އިރެއްގައި އިސްރާއީލުން ހަނގުރާމައިގެ ކުށެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެއް ނުވެއެވެ. ސްޓޭޓް ޑިޕާޓްމަންޓްގެ ސްޕޯކްސްޕާސަންގެ ގޮތުގައި، މިލަރ ގިނަ ފަހަރު ހަނގުރާމައިގެ ކުށްތަކުގެ ތުހުމަތުތަކަށް ދެކޮޅު ހައްދަވައި، އެތައް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްރާއީލުގެ އަނިޔާވެރި ޢަމަލުތައް ދިފާޢުކުރެއްވިއެވެ.

އެ ދުވަސްވަރު، އޭނާ އދ ގެ އޮފިޝަލުންނާއި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އިސްރާއީލުން ޣައްޒާގައި ހަނގުރާމައިގެ ކުށްތައް ކޮށްފައިވާ ކަމަށާއި އިންސާނިއްޔަތާ ދެކޮޅު ކުށްތައް ކޮށްފައިވާކަމަށް ތުހުމަތު ކުރުމުން އެކަމަށް ފާޑުކިޔުއްވައި، އިސްރާއީލުން ދަރިފަސްކޮޅެއް ނައްތާލަނީ ކަމުގެ ތުހުމަތުކުރި އިންސާނީ ޙައްޤުތަކުގެ އޮފިޝަލުންނަކީ ޔަހޫދީންނާ ދެކޮޅު ބައެއް ކަމަށް ލޭބަލް ކުރެއްވިއެވެ.

ބައިންޑް އަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވެސް މިކަން ކުރިއަށް ގެންދަނީ މި ގޮތައް ކަން ފާހަގަ ކުރެވެއެވެ. ބައިނަލްއަޤްވާމީ އަދުލު އިންސާފުގެ ކޯޓު އައި.ސީ.ސީ އިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް "އިންސާނިއްޔަތާ ދެކޮޅު ކުށްތަކާއި ހަނގުރާމައިގެ ކުށްތަކަށް" ހައްޔަރުކުރުމުގެ އަމުރު ނެރުނު ނަމަވެސް، އެމެރިކާ އިން ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާ ތަކަށް ތާއީދު ކުރުން ކުރިއަށް ގެންދެއެވެ.

މި ހަފްތާ ގައި ދުރަށް ދެއްކި ސްކައި ނިއުސްގެ އިންޓަވިއުގައި، މިލަރ ވިދާޅުވެފައިވަނީ އޭނާ ސްޓޭޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރެއްވި ދުވަސްވަރުވެސް ހިމެނޭގޮތަށް، އިސްރާއީލުން ޣައްޒާގައި ހަނގުރާމައިގެ ކުށްތައް ކޮށްފައިވާ ކަމަށް އޭނާ ޤަބޫލު ކުރައްވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އިސްރާއީލުގެ ސިފައިންގެ ވަކިވަކި މެންބަރުން ހަނގުރާމައިގެ ކުށްތައް ކޮށްފައިވާކަމީ "ހަމަ ޔަޤީނުންވެސް ހުޅުވިފައިވާ ސުވާލެއް ނޫން" ކަމަށެވެ.

"ކޮންމެ ހަނގުރާމައެއްގައި ވެސް، ޑިމޮކްރަސީތަކުން ހިންގާ ހަނގުރާމަތައްވެސް ހިމެނޭ ގޮތަށް، ސިފައިންގެ ވަކިވަކި މެންބަރުން ހަނގުރާމައިގެ ކުށްތައް ކުރާތަން ފެންނާނެއެވެ. އަދި ޑިމޮކްރަސީއެއް ވަޒަން ކުރާނީ އެމީހުން އެފަދަ މީހުން ޖަވާބުދާރީ ކުރުވާ މިންވަރުންނެވެ. ނަމަވެސް އިސްރާއީލުން އެކަން ކޮށްފައެއް ނުވެއެވެ،" މިލަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އަދި ނުފެނޭ އެކަށީގެންވާ އަދަދެއްގެ ސިފައިން ޖަވާބުދާރީ ކުރުވާފައިވާ ތަނެއް، އަދި އަޅުގަނޑު ދެކޭގޮތުގައި އެމީހުން އެކަން ކުރާނެތޯ އެއީ އުފެދޭ ސުވާލެއް،" އޭނާ އިތުރުކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

03 ނޮވެމްބަރު 2017
އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

31 އޮކްޓޯބަރު 2017
ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

25 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު