Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު-އިސްރާއީލު ހަމަނުޖެހުން

ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ބޮޑު ޕްރޮގްރާމެއް ހިންގަން ނިންމައިފި

އިސްރާއީލުން ބައިނަލް އަގްވާމީ ގާނޫނާ ޚިލާފަށް ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ހުރަސް އެޅުމަށް

ރާއްޖެ އެމްވީ | 29 މެއި 2025 | ބުރާސްފަތި 11:35
މި ފޮޓޯއިން ފެންނަނީ ފަލަސްތީނުގެ ބިމުން ހިސޯރުކޮށްފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ސާގޮޓްގައި ޔަހޫދީން ދިރިއުޅުަމަށް ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފަށް އިމާރާތް ކޮށްފައިވާ ގެތަކެވެ - 29 މެއި 2025

މި ފޮޓޯއިން ފެންނަނީ ފަލަސްތީނުގެ ބިމުން ހިސޯރުކޮށްފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ސާގޮޓްގައި ޔަހޫދީން ދިރިއުޅުަމަށް ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފަށް އިމާރާތް ކޮށްފައިވާ ގެތަކެވެ - 29 މެއި 2025

ހިފާފައިވާ ވެސްޓް ބޭންކުގައި 22 އައު ގެ ބިނާ ކުރަން އިސްރާއީލު ސަރުކާރުން ޔަހޫދީންނަށް ހުއްދަ ދީފިއެވެ.

މިއީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ނުހިންގާ ވަރުގެ ބޮޑު ޕްރޮގްރާމެކެވެ.

ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަން ވެރި ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އަދި މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ބުނާ ގޮތުގައި މީގެ ތެރެއިން ގިނަ އާބާދީތަކަކީ މިހާރުވެސް އައުޓްޕޯސްޓްތަކެއްގެ ގޮތުގައި ވުޖޫދުގައި ހުރި، ސަރުކާރުގެ ހުއްދައެއް ނެތި އިމާރާތް ކޮށްފައިވާ ތަންތަނެވެ. ނަމަވެސް މިހާރު އެތަންތަން އިސްރާއީލުގެ ޤާނޫނުގެ ހުއްދަ ލިބިގެން ހަދާފައިވާ ތަންތަނަށް ވެގެން ދާނެއެވެ.

ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މައްސަލައަކީ - ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ޣައިރު ޤާނޫނީ ކަމެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި ބެލޭ ކަމެކެވެ. ނަމަވެސް އިސްރާއީލުން މިކަމާމެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ ހިތުހުރި ގޮތަކަށް ހިފާފައިވާ ބިންތަކަށް އަތްގަދަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއީ އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި އޮތް އެންމެ ޚިލާފު ބޮޑު މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ.

ކަޓްޒް ބުނާ ގޮތުގައި މި ފިޔަވަޅަކީ "އިސްރާއީލަށް ނުރައްކާވެދާނެ ފަލަސްޠީނު ދައުލަތެއް އުފެދުން ހުއްޓުވުމަށް". ކުރާ ކަމެކެވެ. އަނެއްކޮޅުން ފަލަސްޠީނު ރިޔާސަތުން މިކަން ސިފަކޮށްފައިވަނީ "ނުރައްކާތެރި މިންވަރަކަށް ކަންކަން ދިއުމުގެ" ގެ ގޮތުގައެވެ.

އިސްރާއީލުގެ އާބާދީ ތައް ގަވައިދާ ޚިލާފަށް ވަޒަންވެރި ކުރުވުމާ ދެކޮޅަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާ "ޕީސް ނައު" އިން ބުނާ ގޮތުގައި އައު ވަޒަންވެރިންގެ ސަބަބުން "ވެސްޓް ބޭންކުގެ ސިފަ ބަދަލުކޮށް، އިސްތިއުމާރީ ބާރު އިތުރަށް ފުނަށް ތޮރުފިގެންދާނެއެވެ."

ފަލަސްޠީނުން މުސްތަޤްބަލުގެ ދައުލަތެއްގެ ގޮތުގައި ގާއިމު ވުމަށް ބޭނުންވާ މުހިންމު ބިންތައް ކަމަށްވާ ވެސްޓް ބޭންކް އާއި އީސްޓް ޖެރޫސަލަމް 1967 ގެ މެދު އިރުމަތީގެ ހަނގުރާމައިގައި އިސްރާއީލުން ހިފާ ހިސޯރު ކުރުމަށްފަހު، އެތަނުގައި 160 އެއްހާ އާބާދީ ވަޒަންވެރިކޮށް، 700،000 އެއްހާ ޔަހޫދީން އެތަންތަނުގައި ދިރިއުޅެމުންދެއެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

އިޒްރޭލުން ފަލަސްތީނުގެ ބައެއް މީޑިއާތައް ބަންދުކޮށްފި

19 އޮކްޓޯބަރު 2017
އިޒްރޭލުން ފަލަސްތީނުގެ ބައެއް މީޑިއާތައް ބަންދުކޮށްފި
03 އޮކްޓޯބަރު 2017

ފަލަސްތީނުގެ ބޮޑު ވަޒީރު ތާރީޚީ ދަތުރުފުޅެއްގައި ގާޒާ އަށް ވަޑައިގެންފި

03 އޮކްޓޯބަރު 2017
ފަލަސްތީނުގެ ބޮޑު ވަޒީރު ތާރީޚީ ދަތުރުފުޅެއްގައި ގާޒާ އަށް ވަޑައިގެންފި
25 ސެޕްޓެމްބަރު 2017

ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

25 ސެޕްޓެމްބަރު 2017
ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!
22 ޖުލައި 2017

ފަލަސްތީނުގެ ދެމީހަކު މަރާލައިފި

22 ޖުލައި 2017
ފަލަސްތީނުގެ ދެމީހަކު މަރާލައިފި
02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު