Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-ޔަމަން ހަމަނުޖެހުން

ޔަމަނުގެ އިންޒާރު އިސްރާއީލަށް - "ކުރިއަށް އޮތީ ދިލަ ގަދަ ހޫނު މޫސުމެއް"

ސަނާ އެއަރޕޯޓަށް ޒަޔަނިސްޓުން ދިން ހަމަލާ އިން ސާބިތުވަނީ ޔަމަނުގެ ހަމަލާތަކުން އެމީހުންނަށް ލިބޭ ވޭން ކަމަށް ޔަމަނުގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ޗެއަރމަން މަހްދީ އަލް-މަޝާތު ވިދާޅުވި

ރާއްޖެ އެމްވީ | 29 މެއި 2025 | ބުރާސްފަތި 10:17
ޔަމަނުގެ ސިޔާސީ މަޖިލީހުގެ ޗެއާމަން މަހްދީ އަލް-މަޝާތު ސަނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ - 28 މެއި 2025

ޔަމަނުގެ ސިޔާސީ މަޖިލީހުގެ ޗެއާމަން މަހްދީ އަލް-މަޝާތު ސަނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ - 28 މެއި 2025

އިސްރާއީލުން ޔަމަނުގެ މައި ވައިގެ ބަނދަރަށް ދިން ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރަމުން އެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް ޔަމަނުން ބުނެފިއެވެ.

"ސަނާ އެއަރޕޯޓަށް ޒަޔަނިސްޓުން ދިން ހަމަލާ އިން ސާބިތުވަނީ ޔަމަނުގެ ހަމަލާތަކުން އެމީހުންނަށް ލިބޭ ވޭން؛" ކަމަށް ޔަމަނުގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ޗެއަރމަން މަހްދީ އަލް-މަޝާތު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިސްރާއީލުގެ ހަމަލާތަކުން ފަހަތައް ނުޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި ޣައްޒާ އަށް އަށް މަދަދުވެރި ވުމުގައި އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ޔަމަނުން ބުނީ އިސްރާއީލުން ހިފާފައިވާ ބިންތަކަށް ވޭން ގަދަ ހަމަލާތައް ދޭނެ ކަމަށާއި، އެތަނުގައި ގާނޫނާ ޚިލާފަށް ވަޒަންވެރިވެގެން ތިބި ޔަހޫދީންނަށް ނަތަންޔާހޫ އަކަށް ހިމާޔަތެއް ނުދެވޭނެ ކަމަށެވެ.

އަލް-މަޝާތު އިންޒާރު ދެއްވާ ވިދާޅުވީ، އިސްރާއީލުގެ ތެލް އަވީވްގެ ބެން ގުރިއޮން އެއާރޕޯޓު ދަތުރުވެރިން ބޭނުން ނުކުރުމާށާއި ކޮންމެ ވަގުތެއްގައި ވެސް އެތަނަށް ހަމަލާއެއް އަރާފާނެ ކަމަށެވެ.

"އެ ތަނަކީ ރައްކައުތެރި ތަނެއް ނޫން، އަހަރެމެން ހަމަލާ ދިނުމަށް ފާހަގަ ކޮށްފައިވާ ތަނެއް،" އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ބޮން އަޅާ ޔަމަނުގެ ބައިނަލްއަޤްވާމީ އެއަރޕޯޓުގައި ބާކީ އޮތް ހަމައެކަނިި މަތިންދާބޯޓު ވަނީ ގޮއްވާލާފައެވެ. މީގެ ހަފްތާތަކެއް ކުރިން ދިން ހަމަލާއަކުން އެއަރޕޯޓަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.

މެއި 17 ގައި މަދު ޚިދުމަތްތަކެއް ލިބޭ ގޮތައް ސަނާ އެއަރޕޯޓު ވަނީ ހުޅުވާފައެވެ. އޭގެ 11 ދުވަސް ކުރިން އިސްރާއީލުން ދިން ބޮޑު ހަމަލާއެއްގައި 6 މަތިންދާބޯޓު ގޮއްވާލުމާ ގުޅިގެން އެއަރޕޯޓު މުޅިން ބަންދު ކުރަން ޖެހުނެވެ.

ސަނާ އެއަރޕޯޓަށް ދިން ހަމަލާ އަށް ފަހު އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވެފައިވަނީ ބުދަ ދުވަހު ފައިޓަރ ޖެޓްތަކުން ޔަމަނުގެ ވެރިރަށް ސަނާގެ އެއަރޕޯޓުގެ ހޫތީންގެ "ޓެރަރިސްޓް ލަނޑުދަނޑިތަކަށް" ހަމަލާދީފައިވާ ކަމަށެވެ.

އިސްރާއިލުން މި ހަމަލާ ދިނުމުގެ ކުރީ ދުވަހު ހޫތީން ވަނީ އިސްރާއީލަށް ދެ މިސައިލް ހަމަލާ ފޮނުވާލާފައެވެ.

"އެއަރ ފޯސްގެ ޖެޓްތަކުން ދެންމެ ސަނާގެ އެއަރޕޯޓުގައި ހުރި ހޫތީ ޓެރަރިސްޓް ޖަމާއަތުގެ ޓެރަރިސްޓް ލަނޑުދަނޑިތަކަށް ހަމަލާދީ، އެތަނުގައި ބާކީ އޮތް އެންމެ ފަހު މަތިންދާބޯޓު ވެސް ހަލާކުކޮށްލައިފިން،" ކަޓްޒް ބަޔާނެއްގައި ވިދާޅުވިއެވެ.

"މިއީ ސާފު މެސެޖެއް..... އިސްރާއީލް ދައުލަތަށް ހަމަލާދޭ ކޮންމެ ފަރާތަކުން ބޮޑު އަގެއް ދައްކަން ޖެހޭނެ،" އޭނާ އިތުރު ކުރެއްވިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ކުރަމުންދާ ޣައްޒާގެ ހަނގުރާމައިގައި ފަލަސްތީނު ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން ހޫތީންގެ ފަރާތުން އިސްރާއީލަށް އަމާޒުކާޒުކޮށް ތަކުރާރުކޮށް މިސައިލްތަކާއި ޑްރޯންތައް ފޮނުވާފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން ދެމުންދާ ހަމަލާތައް ހުތީން އަލުން ފެށީ، ދެ މަސް ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދުކަނޑާލާފައި އޮތުމަށް ފަހު މާރޗް މަހު އިސްރާއީލުން އަލުން ޣައްޒާގައި އަސްކަރީ ޙަރަކާތްތައް ފެށުމާ ގުޅިގެންނެވެ.

ހޫތީންގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ބެން ގުރިއޮން އެއަރޕޯޓުގެ އޮޕަރޭޝަން ތަކަށް ބޮޑެތި ލޮޅުންތައް އަރާފައިވާކަން ފާހަގަ ކުރެވެއެވެ.

ފާއިތުވި މަސްތަކުގައި އިސްރާއީލުން ވަނީ މި ހަމަލާތަކަށް ޖަވާބު ދިނުމުގެ ގޮތުން ޔަމަނަށް އެކި ފަހަރު މަތިން ހަމަލާތައް ދީފައެވެ. މީގެ ތެރޭގައި ސަނާގެ އެއަރޕޯޓާއި ބަނދަރުތަކަށް ދިން ހަމަލާތައް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާގެ އިންޒާރު ޗައިނާއަށް

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާގެ އިންޒާރު ޗައިނާއަށް

03 ޖޫން 2017
ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

29 މެއި 2017
 އަބޭދީއާ ގުޅޭ ގޮތުން ލިބުނު އިންޒާރުތަކާ މެދު އެމްއައި5 އިން އަމަލު ކުރި ގޮތް މުރާޖައާ ކުރަނީ

އަބޭދީއާ ގުޅޭ ގޮތުން ލިބުނު އިންޒާރުތަކާ މެދު އެމްއައި5 އިން އަމަލު ކުރި ގޮތް މުރާޖައާ ކުރަނީ

29 މެއި 2017
އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި

އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި

17 މެއި 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު