Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަޑިޖެހުމުގެ ހާދިސާ

ވޮޝިންގޓަންގައި ހުންނަ އިސްރާއީލު އެމްބަސީގެ ދެ މުވައްޒަފުންގެ ގަޔަށް ބަޑިޖަހާ މަރާލައިފި

މި ހާދިސާ އަށް ފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އިސްރާއީލުގެ މިޝަންތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ވަނީ އަންގާފައި

ރާއްޖެ އެމްވީ | 22 މެއި 2025 | ބުރާސްފަތި 07:39
އެމެރިކާގެ ވެރިރަށުގައި ހުންނަ ޖުވިޝް މިއުޒިއަމްގެ ބޭރު - މި ސަރަހައްދުގައި ބަޑި ޖަހާ ދެމީހަކު މަރާލީ ބުދަދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި  - 22 މެއި 2025

އެމެރިކާގެ ވެރިރަށުގައި ހުންނަ ޖުވިޝް މިއުޒިއަމްގެ ބޭރު - މި ސަރަހައްދުގައި ބަޑި ޖަހާ ދެމީހަކު މަރާލީ ބުދަދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި - 22 މެއި 2025

އެމެރިކާގައި ވެރިރަށް ވޮޝިންގޓަން ޑީސީ ގައި ހުންނަ އިސްރާއީލު އެމްބަސީގެ ދެ މުވައްޒަފެއްގެ ގަޔަށް ބަޑި ޖަހާ މަރާލައިފިއެވެ.

އެމީހުންގެ ގަޔަށް ބަޑި ޖެހީ ބުދަ ދުވަހުގެ ރޭ އިރާކޮޅު ވޮޝިންގޓަން ޑީސީގައި ހުންނަ ޔަހޫދީ ދާރުލްއާސާރުގެ ބޭރުގައެވެ.

މެޓްރޮޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓްގެ އިސްވެރިޔާ ޕަމެލާ އޭ ސްމިތު ވިދާޅުވި ގޮތުގައި މި ހަމަލާ އާ ގުޅިގެން އެކަކު ވަނީ ހައްޔަރު ކުރެވިފައިވެއެވެ. އެއީ ޗިކާގޯ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އެލިއަސް ރޮޑްރިގޭޒް އެވެ.

ރޮޑްރިގެޒް ހައްޔަރުގައި ކޮށްގެން ގެންދިޔައިރު "ފްރީ، ފްރީ، ޕެލެސްޓައިން" ގޮވަމުން ދިޔަ ވީޑިއޯ އެއް ވަނީ އާންމުވެފައެވެ.

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ ކްރިސްޓީ ނޯމް ވިދާޅުވި ގޮތުގައި ފެޑެރަލް އޮތޯރިޓީތަކުން މި ހަމަލާއާ ގުޅޭ ތަޙުޤީޤު ކުރިއަށް ގެންގޮސް އަދި މި "ނުބައި ޢަމަލު" ހިންގި ފަރާތް އިންސާފުގެ ކުރިމައްޗަށް ގެނެވޭނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި އަމަލު ކުށްވެރި ކުރައްވާފައެވެ.

އދ. އަށް އިސްރާއީލަށް ކަނޑައަޅާފައިވާ ސަފީރު ޑެނީ ޑެނޮން ވިދާޅުވީ "ޔަހޫދީ މުޖްތަމައަށް ގެއްލުން ދިނުމަކީ ރަތް ރޮނގު ހުރަސް ކުރުން،" ކަމަށެވެ.

މި ހާދިސާ އަށް ފަހު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އިސްރާއީލުގެ މިޝަންތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އަންގަވާފައިވެއެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ

18 މެއި 2017
ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
04 މާރިޗު 2017

މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި

04 މާރިޗު 2017
މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު