Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ އަށް އެއްގަމު މަގުން ހަމަލާ ދޭން އިސްރާއީލު ސިފައިން އަރައިފި

އިސްރާއީލުން ދެމެންދާ އަނިޔާވެރި ހަމަލާތަކުގެ ނަތީޖާ އެއްގެ ގޮތުން މުޅި ޣައްޒާ ހަލާކުވެ، އައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް އެންމެން ކަހަލަ ގޮތަކަށް ގެދޮރުން ނުކުންނަން މަޖުބޫރުކޮށް، 53,000 އަށްވުރެ ގިނަ މީހުން އިސްރާއީލުން ހަމަލާދީ ވަނީ ޝަހީދު ކޮށްލާފައި.

ރާއްޖެ އެމްވީ | 19 މެއި 2025 | ހޯމަ 05:46
2025 މެއި 17 ގައި އިސްރާއީލުގެ ސިފައިން އާންމުކުރި ތަސްވީރަކުން ފެންނަނީ ޣައްޒާގެ ބިމުގައި އިސްރާއީލު ސިފައިން ހަރަކާތްތެރިވާ މަންޒަރު ކަމަށް އިސްރާއީލުން ބުނޭ.

2025 މެއި 17 ގައި އިސްރާއީލުގެ ސިފައިން އާންމުކުރި ތަސްވީރަކުން ފެންނަނީ ޣައްޒާގެ ބިމުގައި އިސްރާއީލު ސިފައިން ހަރަކާތްތެރިވާ މަންޒަރު ކަމަށް އިސްރާއީލުން ބުނޭ.

އާދީއްތަ ދުވަހު އުތުރު އަދި ދެކުނު ޣައްޒާގައި "ފުޅާ ދާއިރާއެއްގައި އެއްގަމުގެ އޮޕަރޭޝަންތައް" ފަށައިފައިވާ ކަމަށް އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފިއެވެ.

މިއީ ޣައްޒާ އަށް އިސްރާއީލުން ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށް ހަމާސް މުޅިން ނައްތާލުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށް އިސްރާއީލުން ބުނެއެވެ. އަނެއްކޮޅުން އާދިއްތަ ދުވަހު ރޭ ޣައްޒާ އަށް ވައިގެ މަގުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ސިއްޙީ އިދާރާތަކުން ބުނާ ގޮތުގައި މަދުވެގެން 130 މީހުން ޝަހީދުވެފައިވެއެވެ.

އެއްގަމު މަގުން އެތައް ދިމާލަކުން ހަމަލާތައް ދޭން އިސްރާއީލުން ޣައްޒާ އަށް އެރިއިރު، ދެފަރާތުގެ މަޞްދަރުތަކުން ބުނާ ގޮތުގައި ޤަޠަރުގައި އިސްރާއީލާއި ފަލަސްތީނުގެ ހަމާސް ޖަމާޢަތާ ދެމެދު ނުސީދާކޮށް ކުރެވުނު މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ހަމާސްގެ އޮފިޝަލަކު ހާމަ ކުރި ގޮތުގައި އިސްރާއީލުން ބޭނުންވަނީ ރަހީނުން މިނިވަން ކުރުމަށް އެކަންޏެވެ. ރަހީނުންގެ ބަދަލުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވާކަށް ބޭނުމެއް ނުވެއެވެ.

އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ ހަފުތާގައި ޣައްޒާގައި ހުރި 670 އަށްވުރެ ގިނަ ހަމާސްގެ އަމާޒުތަކަށް ހަމަލާ ދީފައިވާ ކަމަށެވެ. މިއީ އެ ސަރަޙައްދުގެ ބައެއް ހިސާބުތަކުގައި "އޮޕަރޭޝަނަލް ކޮންޓްރޯލް" ހޯދުމަށް އަމާޒުކޮށްގެން ފަށާފައިވާ "ގިޑިއޯންސް ޝެރިއޮޓްސް" ނަމުގައި ހިންގާ އޮޕަރޭޝަނަށް އެހީތެރިވުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ބުނެފައިވެއެވެ. އަދި މި ހަމަލާތަކުގައި ހަމާސްގެ ގިނަ ހަނގުރާމަވެރިން ތަކެއް މަރާލެވުނު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެފައިވަނީ އާދީއްތަ ދުވަހާ ހަމައަށް ވޭތުވެދިޔަ ހަފުތާގައި އެކަނި މަދުވެގެން 464 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

އިސްރާއީލުން ދެމެންދާ އަނިޔާވެރި ހަމަލާތަކުގެ ނަތީޖާ އެއްގެ ގޮތުން މުޅި ޣައްޒާ ވަނީ ހަލާކުކޮށްލާފައެވެ. އައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް އެންމެން ކަހަލަ ގޮތަކަށް ގެދޮރުން ނުކުންނަން ވަނީ މަޖުބޫރު ކޮށްފައެވެ. ޣައްޒާގެ ސިއްޙީ އިދާރާތަކުން ބުނާ ގޮތުގައި 53,000 އަށްވުރެ ގިނަ މީހުން އިސްރާއީލުން ހަމަލާދީ ވަނީ ޝަހީދު ކޮށްލާފައެވެ.

މާރޗް މަސް ފެށުނު ހިސާބުން އިސްރާއީލުން ވަނީ ޣައްޒާއަށް ބޭސްފަރުވާގެ ތަކެއްޗާއި، ކާބޯތަކެއްޗާއި އަދި ތެލުގެ ސަޕްލައި ވެއްދުން ހުއްޓުވާފައެވެ. އެހެން ނަމަވެސް ބައިނަލް އަގްވާމީ ޕްރެޝަރުގެ ސަބަބުން ހޯމަ ދުވަހުން ފެށިގެން ކޮންމެވެސް މިންވަރަކަށް ޒަރޫރީ ބޭނުންތަކަށް ތަކެތި ވެއްދުމަށް ހުއްދަ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓުން ވަނީ މުޅި ޣައްޒާ ސްޓްރިޕް ހިފައި، އެހީގެ ކަންކަން ކޮންޓްރޯލް ކުރުމަށް ބޮޑުވަޒީރު ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭންތަކަށް ވަނީ ހުއްދަ ދީފައެވެ.

ބައިނަލްއަޤްވާމީ މާހިރުން ވަނީ ޣައްޒާ ގައި ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެފައިވާކަމަށް ބުނެ އިންޒާރުދީފައެވެ.

އިސްރާއީލުން ރޭގަނޑު ދިން ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ އަމާޒުވީ ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައި ހުރި، ގެދޮރު ގެއްލިފައިވާ ޢާއިލާތައް ދިރިއުޅޭ ޓެންޓު ސަރަޙައްދަކަށެވެ. އެ ހަމަލާގައި އަންހެނުންނާއި ކުޑަކުދިން މަރުވެ، އެތައް ބަޔަކު ޒަޚަމްވެ، ޓެންޓުތަކުގައި ރޯވިކަމަށް ސިއްހީ އޮފިޝަލުން ބުނެފައިވެއެވެ.

އާދީއްތަ ދުވަހު، ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނީ، އުތުރު ޣައްޒާގައި ހުރި ސިއްހީ ފަރުވާދޭ ތަންތަނުގެ ތެރެއިން އެންމެ ބޮޑު އެއް ހޮސްޕިޓަލު ކަމުގައިވާ އިންޑޮނީޝިއާ ހޮސްޕިޓަލް ވަނީ އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން މަސައްކަތް ހުއްޓާލާފައެވެ.

އިސްރާއީލުގެ ސިފައިންގެ ބުނާގޮތުގައި އެމީހުންގެ ސިފައިން އަމާޒު ކުރަނީ އުތުރު ޣައްޒާގައި ހުރި "ޓެރަރިސްޓުންގެ އިންފްރާސްޓްރަކްޗަރ ތަކަށެވެ". އޭގެ ތެރޭގައި އިންޑޮނީޝިއާ ހޮސްޕިޓަލާ ކައިރި ސަރަޙައްދުވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ އަލް-ޝިފާ ހޮސްޕިޓަލުގެ މުވައްޒަފުން ބުނާގޮތުގައި ރޭގަނޑުގެ ވަގުތެއްގައި އެމީހުންނަށް މަރުވެފައިވާ 40 މީހުންގެ ހަށިގަނޑު ވަނީ ލިބިފައެވެ. އަދި އެތައް ބަޔަކު ޒަޚަމް ވެގެން ހޮސްޕިޓަލަށް ވަނީ ގެނެސްފައެވެ.

ޣައްޒާގެ އެމްބިއުލަންސް ޚިދުމަތައް ވެސް ވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ. އޮފިޝަލުން ބުނާ ގޮތުގައި 75 އިންސައްތަ ވަނީ ތެލުގެ ދަތިކަމާ ހެދި ބޭނުން ނުކުރެވޭ ހާލަތުގައެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި ހުރިހާ އުޅަނދުތައް ހުއްޓިދާނެ ކަމަށް އިންޒާރު ދީފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު