Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލީބިޔާގެ ހަމަނުޖެހުން

ލީބިޔާގެ ސަރުކާރު ވައްޓާލުމަށް ގޮވާލާ މުޒާހަރާ ކުރާ މީހުންނަށް އިޖާބަދީ އެތައް މިނިސްޓަރުން އިސްތިއުފާ ދީފި

ރިޕޯޓުތައް ބުނާ ގޮތުގައި ލިބިޔާގެ ރައްޔިތުން ބޮޑު ބަދަލެއް ބޭނުންވޭ އަދި ރައްޔިތުން ތިބީ ގައުމުގެ ސަލާމަތީ ހާލަތާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށް ވޭ.

ރާއްޖެ އެމްވީ | 17 މެއި 2025 | ހޮނިހިރު 12:04
ލީބިޔާގެ އެއްބައިވަންތަކަމުގެ ސަރުކާރު ވައްޓާލުމަށް ގޮވާލާ ޓްރިޕޮލީގައި ހުންނަ ޝަހީދުންގެ މައިދާނުގައި މުޒާހަރާ ކުރަނީ - 16 މެއި 2025

ލީބިޔާގެ އެއްބައިވަންތަކަމުގެ ސަރުކާރު ވައްޓާލުމަށް ގޮވާލާ ޓްރިޕޮލީގައި ހުންނަ ޝަހީދުންގެ މައިދާނުގައި މުޒާހަރާ ކުރަނީ - 16 މެއި 2025

ލީބިޔާގެ ބޮޑުވަޒީރު އަބްދުލް ހަމީދު އަދްބައިބާ ގެ ސަރުކާރު ވައްޓާލުމަށް ގޮވާލާ އެ ގައުމުގެ އަތައް ހާސް ބަޔަކު ކުރަމުންދާ މުޒާހަރާ އަށް އިޖާބަދީ ސަރުކާރުގެ އެތައް މިނިސްޓަރުން އިސްތިއުފާ ދީފިއެވެ.

ހުކުރު ދުވަހުގެ ރޭ ސަރުކާރުން ބުނެފައިވަނީ، ވެރިރަށް ޓްރިޕޮލީގެ އެކި ސަރަހައްދުތަކާއި މައިދާންތަކަށް އެތައް ހާސް ލިބިޔާ މީހުން ނުކުތްއިރު، ބޮޑުވަޒީރުގެ އޮފީހަށް އޭގެ ތެރެއިން ބަޔަކު "ހަމަލާދޭން މަސައްކަތްކުރި" ކަމަށާއި އެކަމުގައި ފުލުހަކު މަރުވެފައިވާ ކަމަށެވެ.

"އޭނާ އަށް ކާކުކަން ނޭނގޭ ބަޔަކު ހަމަލާދީ، ލިބުނު އަނިޔާގެ ސަބަބުން ވަނީ މަރުވެފައި،" ސަރުކާރުގެ ބަޔާނެއްގައި ބުނެފައިވެއެވެ. އަދި އިހުތިޖާޖުކުރާ މީހުންނާއެކު ހަރަކާތްތެރިވި ގްރޫޕަކުން ގޮވާތަކެތި ބޭނުންކޮށްގެން ބޮޑުވަޒީރުގެ އޮފީހުގައި ރޯކޮށްލަން މަސައްކަތް ކުރި ކަމަށް ބުނެފައިވެއެވެ.

ލީބިޔާ ސަރުކާރުން އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި އިޤްތިޞާދާއި ވިޔަފާރި އާ ބެހޭ ވަޒީރު، ލޯކަލް ގަވަރމަންޓް ވަޒީރު އަދި ހައުސިންގ އާ ބެހޭ ވަޒީރު ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަރުކާރުން ކުރިން ވަނީ ވަޒީރުން އިސްތިއުފާދިން ކަމުގެ ރިޕޯޓުތައް ދޮގުކޮށްފައެވެ.

މުޒާހަރާ އަށް މީހުން މަގުތަކަށް ނުކުތް އިރު، ވޭތުވެދިޔަ ހަފުތާގައި ވެރިރަށް ޓްރިޕޮލީގައި ހިނގި އަނިޔާވެރި ހާދިސާތަކެއްގެ ސަބަބުން މަދުވެގެން 8 އާންމު ރައްޔިތުން ވަނީ މަރުވެފައެވެ. މި ނުރައްކާތެރި ހަމަނުޖެހުންތައް ފެށުނީ ބާރުގަދަ ހަނގުރާމަވެރި ލީޑަރެއް ކަމަށްވާ އަބްދުލްޣަނީ އަލް-ކިކްލީ، މިލިޓަރީ ބޭސްއަކަށް ރޭވިގެން ދިން ހަމަލާއެއްގައި މަރުވުމާ ގުޅިގެންނެވެ.

މި ހާދިސާގެ ފަހުން ބޮޑުވަޒީރު އަދްބައިބާ މަސައްކަތް ކުރައްވާފައިވަނީ ބާރުތައް އޭނާގެ މުށުތެރެއަށް އިތުރަށް ޖަމާ ކުރެއްވުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިހުތިޖާޖުތަކުގެ ކުރިން، ލީބިޔާ ގައި ހުންނަ ޔުނައިޓެޑް ނޭޝަންސް ސަޕޯޓް މިޝަން އިން ނެރެފައިވާ ބަޔާނެއްގައި ލީބިޔާގެ "ރައްޔިތުންނަށް ސުލްޙަވެރި އިހުތިޖާޖުކުރުމުގެ ޙައްޤު" ލިބިގެންވާ ކަމަށާއި އިތުރުވަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވާ ކަމަށް ބުނެފައިވެއެވެ.

ޓްރިޕޮލީ ގައި ހުންނަ އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވަނީ ލިބިޔާގެ ރައްޔިތުން ބޮޑު ބަދަލެއް ބޭނުންވާ ކަމަށެވެ. ރައްޔިތުން ތިބީ ގައުމުގެ ސަލާމަތީ ހާލަތާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށް ވެސް ވަނީ ބުނެފައެވެ.

"ލިބިޔާގެ ރައްޔިތުން އިންތިޚާބު ބޭއްވުމަށް ގޮވާލަނީ، އަދި އެމީހުންގެ ޚިޔާލު ފާޅުކޮށް، އެމީހުން އިޚްތިޔާރު ކުރާ ފަރާތްތައް ވެރިކަމަށް ގެނައުމަށް ބޭނުންވަނީ،" އަލް ޖަޒީރާގެ ރިޕޯޓަރު ބުނެފައިވެއެވެ.

2011 ގައި ނޭޓޯގެ އެހީތެރިކަމާއެކު ހިންގި ބަޣާވާތަކާ ގުޅިގެން ލިބިޔާ ވަނީ ހަމަނުޖެހުމުގެ ތެރޭގައެވެ. އެ ބަޣާވާތުގެ ނަތީޖާ އަކަށްވީ ޤައުމު ވާދަވެރި ދެ ފަރާތެއްގެ ދެމެދުގައި ދެ ބައިވެގެން ދިއުމެވެ.

އަދްބައިބާ ގެ ނެޝަނަލް ޔުނިޓީ ސަރުކާރު (ޖީއެންޔޫ) އަށް 2021 އިން ފެށިގެން ލިބިފައި އޮތީ ހުޅަނގު ލިބިޔާގެ ބާރެވެ. އެއާއެކު، އިރުމަތީ ސަރަހައްދުގައި އޮތީ މިލިޓަރީ ކޮމާންޑަރު ޚަލީފާ ހަފްތާރުގެ ބާރެވެ.

ލިބިޔާގައި 2021 ގެ ނިޔަލަށް ޤައުމީ އިންތިޚާބު ބޭއްވުމަށް ކުރިން އިއުލާނު ކުރި ނަމަވެސް، ކެންޑިޑޭޓުންގެ ޝަރުޠު ތަކާ ބެހޭ ގޮތުންނާއި، ޤާނޫނު އަސާސީ އާ ބެހޭ ގޮތުންނާއި، ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން އުފެދުނު ޚިލާފުތަކާ ހުރެ، ވާދަވެރި ފަރާތްތަކަށް އެއްބަސްވުމަކަށް ނާދެވި އެ އިންތިޚާބު ވަނީ މުއްދަތެއް ނެތި ފަސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް މެކްސިކޯގައި މުޒާހަރާ ކުރަނީ

ޓްރަމްޕާ ދެކޮޅަށް މެކްސިކޯގައި މުޒާހަރާ ކުރަނީ

13 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު