Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ބުރާސްފަތި ދުވަހުން ފެށިގެން 250 މީހުން ޣައްޒާ ގައި ޝަހީދު ކޮށްލައިފި

މުޅި ޣައްޒާ ހިފުމަށް އިސްރާއީލުން ރާވާފައިވާއިރު، ފާއިތުވި ދެ ދުވަހުގެ ތެރޭގައި އިސްރާއީލުގެ ސިފައިން ބުނެފައިވަނީ އެމީހުންގެ އެއަރ ފޯސްއިން މުޅި ޣައްޒާގެ 150 އަށްވުރެ ގިނަ އަސްކަރީ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށް.

ރާއްޖެ އެމްވީ | 17 މެއި 2025 | ހޮނިހިރު 02:09
ޣައްޒާގެ ތާލަ އަލް ޒާތަރު ނެއިބަރހުޑް އަށް އިސްރާއީލުން ދިން ހަމަލާއަކަށް ފަހު އެ ސަރަހައްދުން ބޯ ދުން އަރަނީ މެއި 15، 2025

ޣައްޒާގެ ތާލަ އަލް ޒާތަރު ނެއިބަރހުޑް އަށް އިސްރާއީލުން ދިން ހަމަލާއަކަށް ފަހު އެ ސަރަހައްދުން ބޯ ދުން އަރަނީ މެއި 15، 2025

ބުރާސްފަތި ދުތި ދުވަހު ހެނދުނުން ފެށިގެން އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ ކަމަށް ހުކުރު ދުވަހު ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާ އިން ބުނެފިއެވެ.

މިއީ މާރޗް މަހު ހަނގުރާމަ ހުއްޓާލި ކަމަށް އިއުލާނު ކުރުމަށްފަހު ދޭން ފެށި ހަމަލާތަކުގައި އެންމެ ގިނަ މީހުންގެ ފުރާނަ ގެއްލުނު ހަމަލާތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވައިގެ މަގުން ހުއްޓުމެއްނެތި އިސްރާއީލުން ބޮން އަޅަމުން ދިޔުމުގެ އިތުރުން އެއްގަމު މަގުން ޣައްޒާ އަށް ހަމަލާދޭން އިސްރާއީލުގެ ބާރުތަކުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މެދުއިރުމަތީގެ ތިން ގައުމަކަށް ކުރެއްވި ދަތުރުފުޅު ހުކުރު ދުވަހު ނިންމާލެއްވި އިރު އިސްރާއީލުގެ އެންމެ ބޮޑު މަދަދުވެރިޔާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަތުރުފުޅުގެ ސަބަބުން ޣައްޒާ އަށް ދެމެންދާ ހަމަލާތަކަށް ކުޑަ ނަމަވެސް ހައްލެއް ލިބިފައި ނުވާއިރު، ޣައްޒާގައި ފެތުރެމުންދާ ބަނޑުހައިހޫނުކަމާއި އެހީ ފޯރުކޮށްދިނުމުގެ މައްސަލަ އަށް ހައްލެއް އައުމުގެ މުހިންމު ކަން ޓްރަމްޕް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން ޖެހޭ ފަލަސްތީނުގެ މީހުންނަށްވެސް އެހީތެރިވާން...ޣައްޒާގައި ވަރަށް ގިނަ މީހުން ބަނޑުހައިހޫނު ކަމުގައި އެބަ ތިބީ، އެހެންވީމާ އަޅުގަނޑުމެން ޖެހޭ ދެފަރާތަށްވެސް ބަލަން،" އޭނާ ވިދާޅުވިއެވެ. އިސްރާއީލުގެ ހަނގުރާމައިގެ ޕްލޭންތަކަށް ތާއީދުކުރައްވާތޯ ދެންނެވުމުން، ޓްރަމްޕް ވިދާޅުވީ އަންނަ މަހު "ރަނގަޅު ކަންތައްތަކެއް" ވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ހުކުރު ދުވަހު ދެވުނު ވައިގެ ހަމަލާތައް އަމާޒު ކުރެވިފައި ވަނީ މީހުން ތޮއްޖެހިފައިވާ ޣައްޒާގެ އުތުރު ބަޔަށެވެ. އެ ސަރަހައްދަށް ރޭގަނޑުގެ ވަގުތުގައި ދިން ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްޙަތާ ބެހޭ މިނިސްޓްރީގެ އޮފިޝަލް ޚަލީލް އަލް-ދަޤްރާން ބުނެފައިވެއެވެ.

އިސްރާއީލުން ވަނީ ޣައްޒާ އަށް ދޭ ހަމަލާތައް ވަރުގަދަ ކޮށް، ހަނގުރާމަ ހުއްޓާލުމަށާއި ޣައްޒާ އަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ކުރަމުންދާ ބައިނަލްއަޤްވާމީ ޕްރެޝަރާ އެކުވެސް އެ ސަރަޙައްދުގެ ބޯޑަރު ކައިރީގައި ހަތިޔާރު އެޅި ބާރުތައް އިތުރުކޮށްފައެވެ.

ހުކުރު ދުވަހުގެ ރޭ އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ފާއިތުވި ދުވަހު ތެރޭގައި އެމީހުންގެ ބާރުތަކުން ޣައްޒާގެ ސަރަޙައްދުތަކެއް ކޮންޓްރޯލް ކުރުމަށް ފުޅާ ދާއިރާއެއްގައި ހަމަލާތައް ދޭން ފަށައި، ގިނަ އަދަދެއްގެ ސިފައިން ފޮނުވަން ފަށާފައިވާ ކަމަށެވެ.

އިސްރާއީލުން ބުނެފައިވަނީ މި ކަމަކީ "ގިޑިއޯން ވެގަންސް" ނަމުގައި ކުރިއަށް ގެންދާ އޮޕަރޭޝަން ފެށުމުގެ މަރުޙަލާގެ ތެރެއިން ބައެއް ކަމަށާއި، މިއީ އެ ސަރަޙައްދުގައި ހަނގުރާމަ ފުޅާ ކުރުމަށް ކުރާ ކަމެއް ކަމަށެވެ. މީގެ މަޤްޞަދަކީ "ހަނގުރާމައިގެ ހުރިހާ ލަނޑުދަނޑިތަކެއް ޙާޞިލުކުރުން، އޭގެ ތެރޭގައި ރަހީނުން މިނިވަން ކުރުމާއި ޙަމާސް ބަލިކުރުން ހިމެނޭ" ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މެއި 5 ގައި ވިދާޅުވެފައި ވަނީ އިސްރާއީލުން ޙަމާސްއާ ދެކޮޅަށް ފުޅާ އަދި ވަރުގަދަ ހަމަލާ އެއް ރޭވަމުންދާ ކަމަށެވެ. އަދި އޭނާގެ ސަލާމަތީ ކެބިނެޓުން ވަނީ މުޅި ޣައްޒާ ސްޓްރިޕް ހިފައި، އެހީގެ ތަކެއްޗަށް ހުރަސް އަޅާ ކޮންޓްރޯލްކުރުމަށް ޕްލޭނެއް ފާސްކޮށްފައެވެ.

އިސްރާއީލުގެ ދިފާޢީ އޮފިޝަލަކު އޭރު ބުނެފައިވަނީ ޓްރަމްޕްގެ މެދުއިރުމަތީގެ ދަތުރުފުޅު ނިމެންދެން އެ އޮޕަރޭޝަން މަޑުޖައްސާލާފައިވާ ކަމަށެވެ.

ހުއްޓުމެއްނެތި ދެމުންދާ އިސްރާއީލުގެ އަސްކަރީ ހަމަލާތަކުން މުޅި ޣައްޒާ ވަނީ ހަލާކުވެފައެވެ. ގާތްގަނޑަކަށް ހުރިހާ ރައްޔިތުން ވަނީ އެމީހުންގެ ގެދޮރުން ނުކުމެ ދާންޖެހިފައެވެ. އަދި ޣައްޒާގެ ސިއްޙީ އިދާރާތަކުން ބުނާ ގޮތުގައި 53،000 އަށްވުރެ ގިނަ މީހުން އިސްރާއީލުގެ ހަމަލާތަކުގައި ވަނީ ޝަހީދުވެފައެވެ. އެހީދޭ އޭޖެންސީތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ބްލޮކޭޑުގެ ސަބަބުން އިންސާނީ ކާރިސާއެއް ޣައްޒާ ގައި ވަނީ ކުރިމަތިވެފައެވެ.

ހުކުރު ދުވަހު އުތުރުގެ ބައިތުލަހިޔާ އަށާއި ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ބޮޑެތި ހަމަލާތައް ދެވުނު ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. ފަލަސްތީނުގެ ކުއްލި ނުރައްކަލުގެ ޚިދުމަތްތަކުން ބުނެފައިވަނީ އެތަނުގައި ގިނަ އަދަދެއްގެ ހަށިތައް އަދިވެސް އިމާރާތްތަކުގެ ދަށުވެފައިވާ ކަމަށެވެ.

އިސްރާއީލުން ވަނީ ބައިތުލަހިޔާގައި ލީފްލެޓްތަކެއް އަޅައި، ހުރިހާ ރައްޔިތުންނަށް އެތަން ދޫކޮށް ދިއުމަށް އަމުރުކޮށްފައެވެ. އެއީ ޓެންޓުތަކުގައި، ހިޔާވަހިކަމުގެ މަރުކަޒުތަކުގައި ނުވަތަ އިމާރާތްތަކުގައި ދިރިއުޅުނު ނަމަވެސް "ވަގުތުން ދެކުނަށް ދިއުމަށް" ލީފްލެޓްތަކުގައި ލިޔެފައިވެއެވެ.

އާންމުން ބުނާ ގޮތުގައި އިސްރާއީލުގެ ޓޭންކުތައް ދެކުނުގެ ޚާން ޔޫނިސް ސިޓީއާ ދިމާއަށް ދަނީ އަންނަމުންނެވެ.

އިސްރާއީލުގެ ސިފައިން ބުނެފައިވަނީ އެމީހުންގެ އެއަރ ފޯސްއިން މުޅި ޣައްޒާގެ 150 އަށްވުރެ ގިނަ އަސްކަރީ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

03 ނޮވެމްބަރު 2017
އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

31 އޮކްޓޯބަރު 2017
ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

25 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

22 އޯގަސްޓު 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު