Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސުޕްރީމް ކޯޓު

އޭސީސީ ރައީސްގެ ބާރުގަދަ "ލޯބީގެ ސިޓީ"

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން ވަކިކުރެވިގެން އެދިޔައީ ލިބުނު ސިޓީއަކާ ހުރެއެވެ. އޭސީސީގެ ރައީސް ފޮނުވި ކުއްލި ސިޓީއެކެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 15 މެއި 2025 | ބުރާސްފަތި 13:06
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް

ހީނހީ ހަލާކުވެއްޖެއެވެ. ވިސްނަވިސްނާވެސް މިވީގޮތެއް ނޭނގުނެވެ. މީހުންގާތު އަހައިގެންވެސް އޮޅުންފިލާގޮތެއް ނުވިއެވެ. ނޭނގުނީ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން ވަކިކުރަން އެބޭނުންކުރި މޮޅު ސިޓީގެ ސިއްރެވެ.

އަދި މިވަރަކު އޮޅުމެއް ނުފިލިދޯއެވެ. ސީދާ މުތުލަގަށް ބުނާނަމެވެ. ނިކަން ފަރުވާވެ އަޑު އަހައްޗެވެ.

މިސަރުކާރުގެ އަތުގައި ފުރިހަމަ އާރާއި ބާރު އެބައޮތެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ސަބަބުންނެވެ. އޭގެ ބޭނުން ހިފައިގެން ރައީސް މުއިއްޒު ކުރައްވަމުން އެގެންދަވަނީ ކުރައްވާނެ ކަމެކެވެ. ހައްދަވަނީ ހައްދަވާނެ އެއްޗެކެވެ. ގާނޫން އަސާސީ އެއް ގާނޫނެއް އަދި ދުނިޔެވީ ހަމައެއް ބެއްލެވުމެއްނެތިއެވެ. ހިތްޕުޅަށް އަރާވަޑައިގެންނެވިގޮތެއް އަރާ ވަޑައިގެންނެވި ވަގުތެއްގައި ކުރައްވަނީއެވެ.

 މިބީދައިން ބަލާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކޮށް އެތަނަށް މުއިއްޒު ބޭނުންވާ ބަޔަކު ލުމަކީ ހައިރާންވާން ޖެހޭވަރު ކަމެއް ނޫނެވެ. އެއީ މާކުރިންވެސް ކުރާނެކަން އެނގޭ ކަމެކެވެ. ނޭނގުނީ އެކަން ކުރިގޮތެވެ. އެހުރިހާ ބާރެއް އޮވެމެ އެކަންކުރި ހަޑިހުތުރު ގޮތެވެ. އޭސީސީގެ ރައީސް ފޮނުވި " ލޯބީގެ ސިޓީއެއް ފަދަ" އެއްޗަކުން އެކަން ނިންމާލި ބޭނުމެވެ.

މިހާހިސާބުން މީހުން މަށާ ދިމާލަށް ބުނެފާނެ އެއްޗަކަށް ވެސް ބަލާލާނަމެވެ. ތިޔަ ބުނަނީ ކޮން ލޯބީގެ ސިޓީއެއްގެ ވާހަކަ ހެއްޔެވެ.

މިއޮތީ ޖަވާބެވެ. ކަނުލާ އަޑުއަހާށެވެ.

މީހުން ނިދާ ފައިހިލަވަޅު އޮބުނީމާ ފޮނުވާ ފަންވަތާ ފޮނުވާ އުޅޭ ސިޓީ ބިޓީތަކަކީ ލޯބީގެ ސިޓީ ތަކެވެ. ކުރިން ލިޔެގެން އެއެއްޗެހި ރައްދުކޮށް އުޅުނަސް ޒަމާން ބަދަލުވީމާ މިހާރު ފޮނުވަނީ ފޯނުންނެވެ. ފަސޭހަވީއެވެ. ބައިވެރިޔާގެ އިޝްގުގައި ޖެހި ނުނިދި އެނދުގައި ފުރޮޅިފުރޮޅި އޮންނާން ޖެހުނީމާ އޭގެ މެސެޖްތައް ފޮނުވާ އުޅެއެވެ. ލޯބީގެ ފަސާނާތައް ބަންޑުން ކޮށްލައެވެ. ދުރުގައި އޮވެވެސް މާތައް ބިނދެ އެމާތައް ފޮޅުވައެވެ. އުޑު ނުފެންނަ ހިސާބުގައި ވިއަސް އެނދުގައި އޮވެގެން ތަރި ގުނައިދީ އެތަރި ބާލާވެސް ހަދަނީ އެމެސެޖުންނެވެ. އެކަމަކު ތަފާތަކީ އެއީ ލޯބީގެ ސިޓީ ކަމެވެ. ރަސްމީ ސިޓީއެއް ނޫނެވެ. ސަރުކާރުގެ އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އަންގާ ރަސްމީ ލިޔުމެއް ރަސްމީ ސިޓީއެއް ނޫނެވެ.

އަނެއްކާވެސް ހާސަރު ދިގުވީދޯއެވެ. ވާހަކަ ދިގުނުކޮށް ސީދާ މައްސަލައަށް ޖެހިލަމާ ބަހީއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ފެށުނީ އޭސީސީގެ ރައީސް ޖޭއެސްސީއަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ސިޓީ ފޮނުވީ ކުއްލިއަކަށެވެ. އޭސީސީގެ މެންބަރުންނަކާ ވާކަމެއް ނޫނެވެ. ފޮނުވި ސިޓީގައި ނަމްބަރެއް ނެތެވެ. އެސިޓީގައި އެއްވެސް ރަސްމީ ކަމެއް ނެތެވެ. ދައުލަތުގެ އެއް މުއައްސަސީއިން އަނެއް މުއައްސަސާއިން ސިޓީ ބިޓީ ފޮނުވަންޖެހޭ ޖެމްސްއާވެސް ވާކަމެއް ނޫނެވެ. ސިޓީ ފޮނުވި ގޮތެއް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. އެނގޭހާވެސް އެއްޗަކީ އެއީ ރަސްމީ ސިޓީއެއް ނޫންކަމެވެ.

ދެނެކާ ދެނެއް ނެތެވެ. ސިޓީ ލިބުނު ކަމެއް ނޭނގެއެވެ. ބަސްބުނި ހިނދުން ޖޭއެސްސީ އެލާޓްވީއެވެ. ދަންވަރު ހިނގައިގަތީއެވެ. ކުއްލި ނޯޓިސްއެއް ފޮނުވައިގެން މެންބަރުން ތިބިތާކުން ގެނައީއެވެ. ސިޓީ ބިޓީ ބަލައިގަތުން އޮތްގޮތާއި އެއަށް އަމަލު ކުރަން ޖެހޭނޭކަމަށް ކަޅާހުދުން ލިޔެފައިވާ ލިޔުންތައް ބޮލާލާ ޖަހާފައެވެ.

އިސާހިތަކު ފަނޑިޔާރުން ސަސްޕެންޑް ކޮށްލީ ޝަރީއަތެއް ފަށަން ކޯޓުރޫމްގެ ތެރެއަށް ވަންނަވަވަންނަވާ އޮއްވައެވެ. ވީކަމެއް ކުރެވުނު ކުށެއް ހިނގިކަމެއްގެ ކުޑަވެސް ހިލަމެއް ނެތިއެވެ. އެންމެ މަތީ ކޯޓު ހުއްޓުނީއެވެ. އަދްލު އިންސާފް ގާއިމްކޮށްދޭން ތިބި ފަނޑިޔާރުންގެ ހަތަރެސްފައި ބަނދެވުނީއެވެ.

އާއެކެވެ. ހިތަށް އަންނަނީ ފަށަމުންވެސް ބުނިވާހަކައެވެ. އެއީ ހާދަހާވާ އަސަރުގަދަ ސިޓީއެކެވެ. ގައުމެއްގެ އެއްބާރު ހުއްޓުވާލެވޭނީ ހާދަ ފަށުވިކޮށް ލިޔެފައިވާ ސިޓީއަކަށް ވީމާ ތާއެވެ. ގައުމުގެ ދިފާއީ ބާރަށްވެސް ނާންނަވަރުގެ އެލާޓެއް އަންނާނީ ހާދަހާވާ ވަރުގަދަ ސިޓީއަކަށް ވީމާތާއެވެ.

ކޮންމެއަކަސް އެއީ ރަސްމީ ސިޓީއެއް ނޫނެވެ. ރަސްމީ ސިޓީއެއްގައި ހުންނަން ޖެހޭ އުންސުރުތަކެއް އެއަކު ނެތެވެ. އެފަދަ ސިޓީ ގޮސްއުޅެންޖެހޭނޭ ކަންކަމުގެ ބޭރުން ހިނގީމާވެސް އެއަށް ރަސްމީ ސިޓީއެކޭ ބުނެވޭނެ ހަމައެއް ނެތެވެ. ނޭނގެނީ އެންމެ ކަމެކެވެ. ބާރުގަދަ ރައީސް މުއިއްޒަށް އެބާރުތައް ބޭނުން ކުރައްވައިގެން ކުރެއްވެން އޮތް ކަމެއް މިފަދަ ލޯބީގެ ސިޓީއެއްފަދަ ސިޓީއަކުން ކުރެއްވީ ކީއްވެ ހެއްޔެވެ. އެހެންކަމެއްވެސް ނިންމާލަމުން ފާހަގަ ކޮށްލާނަމެވެ.

ޝާމިލްއެވެ. ނޫނޭވާ ކުޅަދާނައެވެ. ތިޔަ ފޮނުއްވީ ހާދަހާވާ ވަރުގަދަ ސިޓީއެކެވެ. ތިޔަފަދަ ސިޓީއެއް މިއުޅޭ ނަތަން ޔާހޫއަށް ފޮވާލިއްޔާ އަޅެ ކީއްހެއްޔެވެ. ހަނގުރާމަ ހުއްޓާލާތޯއެވެ.

ޝާމިލްއެވެ. ސާބަހެވެ. އައްސަރިބަހުން ސާބަހެވެ. އެކަމަކު އެއްކަމެއް ހަނދާން ކޮށްދޭނަމެވެ. އޮންނަނީ މަތިން ގަޑި ޖެހުމެވެ. އެއަކަށް ދެކޮޅެއް ނުހެދެއެވެ. ބާރެއް ބަހަނާއެއް ނުދެއްކެއެވެ. އެހިސާބުން އެނިމުނީއެވެ. އިންސާފް އަރާ ހަމަކުރާނެއެވެ. އެއީ ކިތައްމެ ލަހުންނަމަވެސް މެއެވެ. މާޒީން ދައްކާފައި އޮތީ އެތަނެވެ. މިއަދު ތިޔަ ސިޓީއާއެކު ދުވަސްކޮޅަކަށް ތިޔަ މަގާމް ދިފާއު ކުރެއްވުނީއެވެ. އެކަމަކު އެވެސް ދުވަސްކޮޅަކަށެވެ. ހަމަ މަދު ދުވަސްކޮޅަކަށެވެ. ތިޔަތަނަށް އެހެންމީހަކު ލުމަކީ ދުވާލުގެ އަލި އެނގޭހެން އެނގޭ ކަމެކެވެ. އަޒްމިރަލްދާ ނޫނަކަސް މަވެސް މިހުރީ އެދުވަހެއް ބަލާށެވެ. ތިޔަފޮނުވި ސިޓީގެ އަސްލު އިންސާފް ލިބޭނެ ދުވަހަކަށެވެ. އެސިޓީގައި ހުރި ފޮނިކަމަކާއި އަސަރެއް ބަލާލުމަށެވެ.

ތަފްސީލްސުޕްރީމް ކޯޓުރައީސުލްޖުމްހޫރިއްޔާ މުޢިއްޒުފަނޑިޔާރުންޖުޑީޝަލް ސަރވިސް ކޮމިޝަންލޯބީގެ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު