Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރި ގޮތާމެދު އެޗްއާރްސީއެމް އިން ކަންބޮޑުވުން ފާޅުކޮށްފި

ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރިގޮތާއިމެދު އެޗްއާރްސިއެމް އިން ކަންބޮޑުވުން ފާޅުކޮށްފި

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 13 މެއި 2025 | އަންގާރަ 12:32
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެޗްއާރްސީއެމްގެ މެންބަރުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެޗްއާރްސީއެމްގެ މެންބަރުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރުމުގައި އަމަލުކުރިގޮތާއިމެދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސިއެމް)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޗްއާރުސީއެމް އިން މިއަދު ބަޔާން ނެރިފައި މިވަނީ ދެ ފަނޑިޔާރުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ފޮނުވި ރިޕޯޓު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވާފައި ވަނިކޮށެވެ.

Advertisement - newsAdvertisement

އެޗްއާރްސީއެމް އިން ނެރުނު ނޫސްބަޔާނުއްގައި ބުނީ، ޖޭއެސްސީގެ ނިންމުމަކީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭނެހެން ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ. އެޗްއާރްސީއެމް އިން ޖޭއެސްސީގެ ނިންމުމާ މެދު މަޖިލީހުގެ ކޮމިޓީން އަމަލުކުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އޭގެ އިތުރުން ފަނޑިޔާރުގޭގެ މިނިވަންކަމަށް ރާއްޖޭގެ ގާނޫނުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ފާޅުކަން ބޮޑުކޮށް ގޮވާލާފައިވާ ކަން ވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.

ޝަރުއީ ދާއިރާގެ މިނިވަންކަމަށް އިޙްތިރާމްކޮށް، އެކަންކަން ނަގަހައްޓާ ދެމެހެއްޓުމަކީ ކޮންމެ ދައުލަތެއްގެ ވެސް ޒިންމާއެއް ކަމަށާއި، ޝަރުއީ ދާއިރާގެ ނިންމުންތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުވަތަ ބާރުފޯރުވުމެއް އޮވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވޭ،
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)

ޖޭއެސްސީން ދެ ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގުގައި ބޮޑެތި ގޯސްތަކެއް ހުރިކަން ތަފުސީލީ ގޮތެއްގައި އެޗްއާރުސީއެމް އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާއިރު މިކަމުގައި ފަނޑިޔާރުންގެ ވަކީލުންނާއި ދިވެހި ރާއްޖޭގެ ވަކީލުން، ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން، އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި އިދާރާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ވެސް މިއަދު އެޗްއާރުސީ އެމް އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އަދި ކޯޓުތަކުގެ ޤާނޫނަށް ގެންނަން ހުށަހެޅުނު 5 ވަނަ އިސްލާޙުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ހުށަހަޅާފައިވާ އިސްލާޙަކީ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާއާ ޚިލާފު، އަދި ޤާނޫނީ އަދި ދުސްތޫރީ ހަމަތަކާ ޚިލާފު އިސްލާޙެއްކަމަށް އެޗްއާރްސީމްގެ ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން އެކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހިއްސާކޮށްފައިވާނެކަމަށްވެސް އެބަޔާނުގައިވެއެވެ.

އެޗްއާރްސީއެމް އިން ވަނީ ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ދިމިޤްރާތީ އުސޫލުތަކާއި، ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ދިވެހި ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމަށް އިޙްތިރާމްކުރުމާއެކު، ބައިނަލްއަޤްވާމީ އިލްތިޒާމުތައް ކަށަވަރުކުރުމަށް އެންމެހައި ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާފައެވެ.

ސުޕްރީމް ކޯޓުއިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީސްޖުޑީޝަލް ސަރވިސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު