Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުެއެފްއޭއެމް ލީގު ކަޕް

މަހިބަދޫ އަތުން އޮޑި އަށް ހަ ލަނޑުގެ މޮޅެއް

މެޗުގެ ފުރަތަމަ ހާފުގައި އޮޑި އިން ތިން ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ މެޗުގެ ފަހު ހާފުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މެއި 2025 | ހޮނިހިރު 04:36
އެފްއޭއެމް ލީގު ކަޕްގައި އޮޑި އަދި މަހިބަދޫ ކުޅުނު މެޗުގެ ތެރެއިން

އެފްއޭއެމް ލީގު ކަޕްގައި އޮޑި އަދި މަހިބަދޫ ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕްގައި މަހުބަދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން ބޮޑު މޮޅެއް ހޯދައި، އޮޑި ސްޕޯޓްސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ހުކުރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗަކީ، މުބާރާތުގައި ދެ ޓީމުގެ ވެސް ފުރަތަމަ މެޗެވެ. އެ މެޗުގައި އޮޑި އިން ވަނީ 6-0 އިން މަހިބަދޫގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އޮޑި އިން ތިން ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ މެޗުގެ ފަހު ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި އޮޑި އިން ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދައިދިނީ ބިދޭސީ ކުޅުންތެރިޔާ އިސްލާމް ފިކްރީ އެވެ.

އޭގެ މިނެޓެއް ފަހުން އިސްމާއީލް ވިފާގު ވަނީ އޮޑީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ވިފާގު ވަނީ އޮޑީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި މުޒްދާން ޙަސަން ވަނީ އޮޑީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ހަ މިނެޓު ފަހުން އޮޑީގެ ފަސް ވަނަ ލަނޑު ޖެހީ ހައިސަމް ރަޝީދު އެވެ. އަދި މެޗުގައި އޮޑީގެ ހަ ވަނަ ލަނޑު މުޒްދާން ޖެހީ 75 ވަނަ މިނެޓުގަ އެވެ.

އެފްއޭއެމް އިން އިންތިޒާމު ކޮށްގެން ބާއްވާ މި މުބާރާތުގައި ވާދަކުރަނީ ފަސް ޓީމެވެ. އެއީ ފުރަތަމަ ޑިވިޝަންގެ ތިން ޓީމު އަދި ދެ ވަނަ ޑިވިޝަންގެ ދެ ޓީމެވެ.

މިއީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ފަށަން އޮތް ފުޓުބޯޅަ ސީޒަން ނުފެށި، ލީގު ފަސް ކުރަން ޖެހުމުން އޭގެ ބަދަލުގައި އެފްއޭއެމް އިން ބާއްވާ މުބާރާތެކެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު