Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބު

މި ސަރުކާރުގެ މިހާރުގެ މިސްރާބު ހުރި ގޮތުން އިންތިހާބުތަކުގައި ރައްޔިތުންގެ ބަސްއިއްވޭނެ ކަމުގެ ޔަގީންކަން ގެއްލި ދިއުމުގެ ބިރު އެބައޮތް: މެންބަރު އަބްދުއްރަހްމާން

މި ސަރުކާރުގެ މިހާރުގެ މިސްރާބު ހުރި ގޮތުން އިންތިހާބުތަކުގައި ލާ ވޯޓު ގުނި ރައްޔިތުންގެ ބަސްއިއްވޭނެ ކަމުގެ ޔަގީންކަން ގެއްލި ދިއުމުގެ ބިރު އެބަ އޮތް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 21 އެޕްރީލު 2025 | ހޯމަ 13:31
އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ރަޙްމާން

އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ރަޙްމާން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ މިހާރުގެ މިސްރާބު ހުރި ގޮތުން އިންތިހާބުތަކުގައި ލާ ވޯޓު ގުނި ރައްޔިތުންގެ ބަސް އިއްވޭނެ ކަމުގެ ޔަގީންކަން ގެއްލި ދިއުމުގެ ބިރު އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.

މެމްބަރު އަބްދުއްރަޙުމާނު މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

Advertisement - newsAdvertisement

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް ނުބޭއްވުމާއި، ވޯޓުގެ 50 ޕަސެންޓު ނުލިބުނަސް އެންމެ ގިނަ ވޯޓު ލިބިއްޖެ ނަމަ ވެރިކަމަށް އާދެވޭނެ ގޮތަށް ހަމަޖައްސައިދިނުމަށް މަޖިލީހުގެ މެމްބަރުންގެ އަރިހުން ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ. އަޑު ފެތުރިފައިވާ ގޮތުގައި މި ގޮތަށް ރައީސް އެދިވަޑައިގެންފައި ވަނީ މުލިއާގޭގައި މެމްބަރުންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މެމްބަރު އަބްދުއްރަޙުމާނު އެކްސްގައި ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން މިފަހަކާއި ޖެހެންދެން ވެސް ދިވެހި ރައްޔިތުންނަށް އޮތް ޔަގީންކަމަކީ އިންތިހާބުތަކުގައި ލާ ވޯޓު ގުނި އެ ރައްޔިތުންގެ ބަސްއިއްވޭނެ ކަމުގެ ޔަގީންކަން ކަމަށާއި އެހެން ނަމަވެސް މިހާރު މިސްރާބު ހުރިގޮތުން އެ ޔަގީންކަން ގެއްލެމުން ދާކަމަށެވެ.

އަބްދުއްރަޙުމާން ވިދާޅުވީ ވެރިކަމަށްޓަކައި ކުރިއަށް ރޭވިފައި ހުރި ރޭވުންތަށް މިހާރު ވަޒަންވެސް ނުކުރެވޭ ކަމަށާއި އަންދާޒާކުރެވެނީ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދީ، ދައުލަތުގެ މުދަލާއި ވަސީލަތް، ފައިސާއާއި ވަޒީފާ، ކޮރަޕްޝަނާއި ފަސާދަ، ނަހަމަ ބާރު ބޭނުންކޮށް މަދު ވޯޓުކޮޅަކުން ދެވަނަ ދައުރެއް ޔަގީންކުރުން ކަމަށެވެ. އަދި މިއީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ވެސް އަބްދުއްރަޙުމާނު ވިދާޅުވި އެވެ.

އަބްދުއްރަޙުމާނު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރެއް ނުބޭއްވުމަށް ކަމަށް ވިދާޅުވެ، މި ސަރުކާރުން ގެންގުޅޭ ވިސްނުމަށް އެއްވެސް މެމްބަރަކު ތާއީދު ކޮށްގެން ނުވާނޭ ކަމަށާއި މިކަމަށް ތާއިދު ކުރާ މަޖިލިސް މެންބަރުންވެސް ދެން އެ ދާއިރާތަކުން ބަލައި ނުގަތުމަށް ގޮވާލާ ކަމަށެވެ.

އަބްދުއްރަޙުމާނު އިތުރަށް ވިދާޅުވީ ދެން އެ ބޭފުޅުން ރައްޔިތުން ކޮބާތޯ ބަލާނީ ވެސް ހަމައެކަނި ވޯޓާއި ޖެހުމުން ކަމަށާއި ވޯޓް ހޯދަން އުންމީދުކުރާނީ ކޮރަޕްޝަނާއި ފަސާދައިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް ނުބޭއްވުމާއި، ވޯޓުގެ 50 ޕަސެންޓު ނުލިބުނަސް އެންމެ ގިނަ ވޯޓު ލިބިއްޖެ ނަމަ ވެރިކަމަށް އާދެވޭނެ ގޮތަށް ހެދުމަށް މި ސަރުކާރުގެ ވިސްނުން ހުރި އިރު، މިކަމާއި ގުޅިގެން އެމްޑީއޭއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އައްބާސް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވަވާފައެވެ.

އައްބާސް އެކްސްގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ނުބާއްވާން ނިންމަވައިފިނަމަ އެކަމަށް ތާއީދު ނުކުރާނެ ކަމަށާއި އަދި ލާމަރުކަޒީ ނިޒާމުގެ ސިފަތައް ގެއްލޭނެ ގޮތަށް އަތޮޅު ކައުންސިލްތައް އުވާލަން ވެސް ތާއީދު ނުކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވިދާޅުވެފައި ވަނީ އެއީ ޤާނޫނުއަސާސީ އާއި ޚިލާފު މަސައްކަތެއް ކަމަށާއި އާދައިގެ މެޖޯރިޓީ އަކުން ވެރިކަމަށް އާދެވޭނެ މަގު ފަހި ކުރުމަކީ ކަނޑައެޅިގެން ޤާނޫނުއަސާސީގައި އިސްތިގުރާރުވެފައިވާ އަސާސީ މަބްދައަކާއި ޚިލާފުވުން ކަމަށެވެ.

މީގެ އިތުރުން އެއީ ޑިމޮކްރެޓިކް ނިޒާމާއި ވެސް ޚިލާފު ކަމެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ޑިމޮކްރެޓިކް ނިޒާމު ފުނޑާލަން މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހުވަޔާ ހިލާފުވާނެ ކަމެއް ކަމަށާއި އެއީ އަޒުލުކުރަން ޖެހޭ ވަރުގެ ކަމެއެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ހުށަހަޅުއްވާނެކަން އާއްމުކޮށް އިޢުލާންކުރައްވާފައެވެ. އެކަން އެ މަނިކުފާނު ހާމަކުރެއްވީ 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުން އެގޮތަށް ދެކޭ ނަމަ އިންތިޚާބު ބާއްވާނީ އެއްބުރު އޮންނަ ގޮތަށް ކަމަށް ރައީސް ވަނީ އޭރު ވިދާޅުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު