Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒުގެ ސިޔާސަތު

ރައީސް މުއިއްޒުގެ ސިޔާސަތާއި ސަރުކާރުގެ ސިޔާސަތު ތަފާތު، ބަޖެޓު ބޭނުންކުރާ ގޮތާ މެދު ސުވާލު އުފެދޭ: މެންބަރު ޒިޔާދު

ސަރުކާރަށް ނުވާ ކަންކަން ރައީސް މުއިއްޒު ކޮށްދެއްވާނެކަން ވަކިން އިއުލާން ކުރައްވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2025 | އާދީއްތަ 07:01
''ޓީވީޓޯކް'' ޕްރޮގްރާމްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަދައްކަވަނީ

''ޓީވީޓޯކް'' ޕްރޮގްރާމްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތާ، ސަރުކާރުގެ ސިޔާސަތު ތަފާތު ކަމަށާއި، އެކަން ގައުމުން ފެންނަމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ''ޓީވީޓޯކް'' ޕްރޮގްރާމްގައި މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ތަފާތު ތިން ސިޔާސަތެއް ފެންނަމުންދާ ކަމަށެވެ. އެއީ ރައީސް މުއިއްޒުގެ ސިޔާސަތުގެ އިތުރުން، ސަރުކާރުގެ ސިޔާސަތާއި، ހޯމް މިނިސްޓަރު އަލީ އިހުސާންގެ ސިޔާސަތު ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު ޒިޔާދު ވިދާޅުވީ ސަރުކާރާއި، ރައީސް މުއިއްޒުއަކީ ތަފާތު ދެ އެއްޗެއް ކަމަށާއި، ސަރުކާރަށް ނުވާ ކަންކަން ރައީސް މުއިއްޒު ކޮށްދެއްވާނެ ކަމަށް އިއުލާން ކުރައްވާނެ ކަމަށެވެ.

އެގޮތުން މިފަހުން ހިނގާދިޔަ ދެކަމަކަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ޓެލެސީމީއާ ޕޭޝަންޓުންނަށް ދިމާވާ ދަތިތަކާއި، ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް އެ މައްސަލަތައް ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.

ނަމަވެސް ޓެލެސީމިއާގެ ޕޭޝަންޓުންނާއި، ބެލެނިވެރިން މުޒާހަރާއަށް ނުކުތުމާ ހަމައަށް ރައީސް މުއިއްޒަށް އެކަން އެނގިވަޑައިނުގެންނެވި ކަމަށާއި، މިހާރު ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުން އެ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. އަދި ހަމައެގޮތަށް ލޯން ސްކީމުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް ދޫކުރާ ފައިސާގެ މައްސަލަ ސަރުކާރަށް ހައްލު ނުވުމުން ރައީސް މުއިއްޒު އެކަން ކޮށްދެއްވާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.

ސަރުކާރާ ރައީސުލްޖުމްހޫރިއްޔާ އަކީ މިއަދި ދެއެއްޗެއް. އެހެން މިދަންނަވަނީ މި ޓެލެސީމިއާ ކުދިންގެ ކަންތަކުގައި އަޅުގަނޑުމެން ޕެޓިޝަން ވެސް އެތަނަށް ހުށަހެޅިން. މަޖިލީހަށް. އެކަމާ ވާހަކަ ދައްކާ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައިން. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެތަނަށް ވަޑައިގެންފައި ވިދާޅުވީ ދެން މިހާރު ސަރުކާރުން މިކަން ނުކުރިތާއޭ. ދެން ތިމަންނަ ތިކަން ހައްލު ކޮށްދޭނަމޭ. ދާދިފަހުން އިނގިރޭސިވިލާތަށް ވަޑައިގެން ލިވަރޕޫލަށް ކޮންމެވެސް ނިމިފައި އޮތް ރަސްމިއްޔާތަކަށް ވަޑައިގެން ވެސް ވިދާޅުވީ ސަރުކާރަކުން މިކިޔަވާ ކުދިންގެ ފައިސާ ހައްލެއް ނުކޮށްދިނޭ. ދެން މިތަމަންނަ ކޮށްދޭނަމޭ. އެހެންވީމަ އަޅުގަނޑު ކުޑަކޮށް ކަންބޮޑުވުން އެބައޮތް މިހާރު ބަޖެޓުގައިވެސް. ސަރުކާރުން ނުވެ ހުރި ކަންކަން ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާފައި.
ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު

މެންބަރު ޒިޔާދު ވިދާޅުވީ ދައުލަތުގެ ބަޖެޓު ހިންގާނީ ސަރުކާރުންތޯ ނުވަތަ ރައީސް މުއިއްޒުތޯ ސުވާލު އުފެދޭ ކަމަށެވެ.

މި ސަރުކާރުން ބަޖެޓު ފާސްކޮށްފައިވަނީ ބަޖެޓުން ވާނުވާ ނޭނގޭ ގޮތަށް ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ. އަދި ބޮޑު އަދަދެއް ޖެހުމަށްފަހު ތަފްސީލުތައް ފެންނަން ނެތުމުން ބަޖެޓު ކޮންމެ ގޮތަކަށް ބޭނުންކުރި ނަމަވެސް ހަގީގަތް ނޭނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒުސަރުކާރުގެ ސިޔާސަތުތެލަސީމިއާ ޕޭޝަންޓުންލޯން ސްކީމްހޯމް މިނިސްޓަރ އަލީ އިހުސާންހުސެއިން ޒިޔާދުޓީވީ ޓޯކް ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

01 ޑިސެމްބަރު 2025
އާއްމުންނަށް ފޮނުވި މެސެޖެއްގެ ސަަބަބުން މެމްބަރު އަސްމާ އާއި މެދު ކޯފާވެ މަޢާފަށް އެދެން ރައީސް މަޖުބޫރުކުރުވައިފި

އާއްމުންނަށް ފޮނުވި މެސެޖެއްގެ ސަަބަބުން މެމްބަރު އަސްމާ އާއި މެދު ކޯފާވެ މަޢާފަށް އެދެން ރައީސް މަޖުބޫރުކުރުވައިފި

29 ނޮވެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު