Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މުޙައްމަދު މުޢިއްޒު

ޓެކްނިކަލް ބޭފުޅުންނާ ޤައުމު ހަވާލުކުރައްވައިފައި މުޢިއްޒު މިވަގުތު އެއްފަރާތަށް ޖެހިވަޑައިގަންނަވަންޖެހޭ: ހަމްދާން

މިސަރުކާރު ފެއިލްވީ ޕުލޭނެއްނެތުމުން

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް | 22 މާރިޗު 2025 | ހޮނިހިރު 23:43
ކުރީގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން

ކުރީގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން

މިވަގުތަކީ ޤައުމުގައި ތިބި ޓެކްނިކަލް ބޭފުޅުންނާ ޤައުމު ހަވާލުކުރައްވައިފައި ރައީސް މުޢިއްޒު ވެރިކަމުން އެއްފަރާތަށް ޖެހިވަޑައިގަންނަވަންޖެހޭ ވަގުތު ކަމަށް އެމްޑީޕީ ސަރުކާރުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވެއްޖެއެވެ.

ހަމްދާން އެހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ހަމްދާން ވިދާޅުވީ ޤައުމުގެ ވެރިކަމުގައި މުޢިއްޒު ހުންނަވާ ކޮންމެ ދުވަހަކު ވެސް ރައްޔިތުންނަށް ލިބެމުންދާނީ ނިކަމެތިކަން ކަމަށެވެ. އެގޮތުން މަސްވެރިންނަށް ކުރިމަތިވާ ކަންކަމާ، ރިސޯޓު މަސައްކަތްތެރިންނާ، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ބެލިޔަސް ދިމާވަމުންދާ ދަތިތަކާ ނިކަމެތިކަން ހެއްކަކަށް ފުދޭނެ ކަމަށް ވިދާޅުވިއެވެ.

ރިސޯޓުތަކަށް ލިބޭ ޑޮލަރު މާރުކުރުމުގައި ސަރުކާރުން ވަރަށް ބޮޑަށް ވާހަކަތައް އޮޅުވާލައިފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ. ހަމްދާނު ވިދާޅުވީ އެގޮތުން ރިސޯޓުތަކުގެ ވެރިންކައިރީ ޑޮލަރު އެމްއެމްއޭއަށް މާރުކުރުވަނީ ދަޢުލަތުގެ ރިޒާވް އިތުރުކުރަން ކަމަށް ބުނެފައި ، ރައްޔިތުންކައިރީ ބުނެފައި އޮތީ ރިސޯޓްތަކުން ޑޮލަރުމާރުކުރީމާ ޑޮލަރު ގަންނަންލިބޭ އަގު ހެޔޮވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހަޤީގަތުގައި އެބުނާ 2 ކަންތަކުންކުރެ އެއްވެސް ކަމެއް ފުރިހަމަނުވާ ކަމަށެވެ. އަދި މާރުކުރާ ޑޮލަރުކޮޅުން އެންމެ ޑޮލަރެއްވެސް ރިޒާވްއަށް އިތުރުނުވެ ސަރުކާރުގެ ބޭނުންތަކަށް ހުސްވެގެންދަނީ ކަމަށް ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ މިސަރުކާރުން ފައިސާ ޗާޕްނުކުރަން ވަޢުދުވެގެން ވެރިކަމަށް އައިސްގެން ބިމެއް ގަންނަ ނަމުގައި އެމްއެމްއޭ ލައްވައި އެކުރުވާ ކަމަކީ ފައިސާ ޗާޕްކުރުން ކަމަށެވެ. އަދި ސުނާމީއާ 2008 ގައި ދުނިޔެއަށް ކުރިމަތިވި އިޤްތިސާދީ ދަތިކަމާ، ކޮވިޑާ، ރަސިޔާ ޔުކްރެއިން ހަނގުރާމަ ފަދަ ބޮޑެތިކަންކަން މިސަރުކާރަށް އެއްފަހަރާ ޖެހިގެންއުޅޭހެން ހީވާ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ހާއްސަ ހާލަތުގައި ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް ފައިސާ ޗާޕުކުރަންޖެހިއްޖެނަމަ އެކަން އޮންނަ އުސޫލުން ކުރާ ކަމަށެވެ. އެމްޑީޕީ ސަރުކާރުން ކޮވިޑްތެރޭގައި ފައިސާ ޗާޕްކުރީ މަޖިލީހަށް ހުށަހަޅައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އެކަމަކު މިސަރުކާރުން އެއްއަހަރުން 15 ބިލިޔަން ރުފިޔާ ޗާޕުކުރާއިރު އެއީ ވޭތުވެދިޔަ 45 އަހަރަށް ބެލިޔަސް ޗާޕުކޮށްފައިނެތްވަރުގެ ބޮޑު އަދަދެއް ކަމަށެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ކޮރަޕްޝަނާ ބޭއިންސާފާ ދެކޮޅަށް އަޑުއުފުލާ ދިވެހި ދަރިންނަށް ޤައުމު ޝުކުރުވެރިވާނެ:މައުމޫން

03 އެޕްރީލު 2017
ކޮރަޕްޝަނާ ބޭއިންސާފާ ދެކޮޅަށް އަޑުއުފުލާ ދިވެހި ދަރިންނަށް ޤައުމު ޝުކުރުވެރިވާނެ:މައުމޫން
31 މާރިޗު 2017

ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު

31 މާރިޗު 2017
ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު
25 މާރިޗު 2017

ނާއިންސާފު ނައްތާލެވޭނީ، މުޅި ޤައުމު އެކުގައި ތެދުވެގެން: އިމްތިޔާޒް

25 މާރިޗު 2017
ނާއިންސާފު ނައްތާލެވޭނީ، މުޅި ޤައުމު އެކުގައި ތެދުވެގެން: އިމްތިޔާޒް
23 މާރިޗު 2017

މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް

23 މާރިޗު 2017
މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް
23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު