Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ ދަރިންގެ އަބުރު ނަގާލާ ކަމަށް ބުނުން

ސަރުކާރާއި ގުޅުމެއް ނެތް ކަމަށް ބުނެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ޑައިރެކްޓް ކުރީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ

15 މާރިޗު 2025 | ހޮނިހިރު 13:14

ހަލީލް މި ނޫސްވެރިންގެ ބައްދަލުވުން ޑައިރެކްޓްކުރުމަކީ، ރައީސްގެ ދަރިންގެ އަބުރަށް އަރައިގަންނަ ކަމަށް ބުނެ ކުރާ ދައުވާގައި ސަރުކާރުގެ ބައިވެރިވުން އޮތްކަން ހާމަވާ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 މާރިޗު 2025 | ހޮނިހިރު 13:14
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިންގެ އަބުރު ނަގާލާ ކަމަށް ބުނެ ދައުވާ ކުރާކަން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ ޑރ.ހަލީލް ބައިވެރިވެވަޑައިގަންނަވަނީ - 15- 03- 2025

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިންގެ އަބުރު ކަތިލާ ކަމަށް ބުނެ ކުރާ މަދަނީ ދައުވާގެ މައްސަލަ އާއި ސަރުކާރާއި ގުޅުމެއް ނެތް ކަމަށް ބުނެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ޑައިރެކްޓް ކުރީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ޚަލީލްކަން ހާމަވެއްޖެ އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިންގެ އަބުރު ނަގާލާ ކަމަށް ބުނެ މަރިޔަމް ޒުބައިރު (މަންދީ) އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިތުރުން އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް އަށް މަދަނީ ދައުވާ ކުރުމަށް ނިންމާ އެކަން ހާމަކުރީ ޤާނޫނީ ވަކީލް އާޒިމާ ޝަކޫރު މެދުވެރިކޮށް އެ އާއިލާ އިން ދިން ބަޔާނެއްގައެވެ. ފަރސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން އާޒިމާ ވަނީ ބަޔާނެއް އިއްވާފައެެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މި މައްސަލަ އާއި ގުޅިގެން މަދަނީ ދައުވާ ކުރުމަށް ނިންމާފައި ވަނީ މަންމަ އެއްގެ ހައިސިއްޔަތުން އަމިއްލަފުޅަށް ކަމަށާއި އެކަމާއި ސަރުކާރާއި ގުޅުމެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލަ އަކީ ސާޖިދާގެ ދަރިންގެ އަބުރު ގެއްލޭ ގޮތަށް ސިޔާސީ ޕްލެޓްފޯމްތަކުގައި ވާހަކަދައްކަމުން ދާތީ މަންމަ އެއްގެ ހައިސިއްޔަތުން އެ ދަރިންގެ ހައްގު ހިމާޔަތްކުރުމަށް ހުށަހަޅާ މައްސަލަ އެއް ކަމަށް ސާޖިދާގެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި މިފަދައިން ފާހަގަަކޮށްފައި ވީ ނަމަވެސް މި މައްސަލަ އާއި ގުޅުން ހުރި މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދަންވީ ގޮތް ކިޔާދޭން ހުންނެވީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ހަލީލެވެ.

ރާއްޖެއެމްވީ އަށް ލިބިފައިވާ ފޮޓޯ އާއި މަންޒަރުތަކުން ފެންނަ ގޮތުގައި އެ ނޫސްވެރިންގެ ބައްދަލުވުން އިންތިޒާމްކުރުމުގައި ވެސް ހަލީލް ހަރަކާތްތެރިވަޑައިގެންނެވި އެވެ. އަދި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދިޔަ ވަރަކަށް ނޫސްވެރިންގެ ސުވާލުތަކަށް ފުރުސަތު ދޭންވީ ގޮތާއި، ނޫސްވެރިންގެ ބައްދަލުވުމުގެ ފްލޯ ގެންދަންވީ ގޮތުގެ އިރުޝާދުވެސް އޭނާ ދެމުން ދިޔަ ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތުދިން ނޫސްވެރިން ވަނީ ބުނެފަ އެވެ.

އެހެންކަމުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިންގެ އަބުރު ނަގާލާ ކަމަށް ބުނެ ކުރާ މަދަނީ ދައުވާ އަކީ ސަރުކާރުގެ ބައިވެރިވުމަކާއި ނުލާ ސާޖިދާ އަމިއްލަފުޅަށް ކުރާ ދައުވާ އެއް ކަމަށް ބުނާ ވާހަކައިގެ ހަގީގަތާއި މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެނގިފައިވާ ގޮތުން މި ނޫސްވެރިންގެ ބައްދަލުވުން ކަވަރ ކުރުމަށާއި، ވަކި އެންގަލް އަކުން ނޫސްވެރިންގެ ބައްދަލުވުން ކަވަރ ކުރުމަށް ރައީސް އޮފީހާއި ސަރުކާރުގެ އިސް ބައެއް ވެރިންގެ ފަރާތުން ބައެއް ނޫސްވެރިންނަށް ވަނީ އިރުޝާދު ދީފަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ހުންނެވީ ރައީސްގެ އާއިލީ ނޫސްވެރިންގެ ބައްދަލުވުމަކަށް ވުމުން ކަމަށް ބުނެ ޕީއެންސީގެ އެކްޓިވިސްޓުން އެކަން ދިފާއުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ހަލީލް އެތަނުގައި ހުރުމަކީ ސާޖިދާގެ ބަޔާނާއި ޚިލާފަށް، ރައީސްގެ ދަރިންގެ އަބުރަށް އަރައިގަންނަ ކަމަށް ބުނެ ކުރާ ދައުވާގައި ސަރުކާރުގެ ބައިވެރިވުން އޮތްކަން ހާމަވާ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް