Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ރުހާނީ ލީޑަރު: އެމެރިކާ އާ އެކު މަޝްވަރާ ކުރާކަށް ބޭނުމެއް ނޫން

ހުޅަނގެ ހަޟާރަތުގެ ސިފަތަކަކީ އިސްލާމް ދީނާ ބީރައްޓެހި ސިފަ ތަކެއް ކަމަށް ވުމާއެކު ހުޅަނގުގެ އުސޫލުތައް އީރާނަށް ބަލައިނުގަނެވޭ ކަމަށް ވެސް އާޔަތުﷲ ވިދާޅުވި.

ރާއްޖެ އެމްވީ | 9 މާރިޗު 2025 | އާދީއްތަ 10:58
އިސްލާމީ އިންގިލާބުގެ ލީޑަރު އަޔަތުالله ސައްޔިދު އަލީ ޚާމަނާއީ ދައުލަތުގެ ތިން ގޮފިގެ ވެރިންނާއި އީރާނުގެ ގިނަ އަދަދެއްގެ އޮފިޝަލުންނާ ބައްދަލުކުރައްވަނީ - މާޗް 8، 2025

އިސްލާމީ އިންގިލާބުގެ ލީޑަރު އަޔަތުالله ސައްޔިދު އަލީ ޚާމަނާއީ ދައުލަތުގެ ތިން ގޮފިގެ ވެރިންނާއި އީރާނުގެ ގިނަ އަދަދެއްގެ އޮފިޝަލުންނާ ބައްދަލުކުރައްވަނީ - މާޗް 8، 2025

އެމެރިކާ އާއެކު އީރާނުން މަޝްވަރާ ކުރަން ބޭނުން ނުވާ ކަަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނަން ވިދާޅުނުވެ އާޔަތުﷲ އެމެރިކާ ސިފަ ކުރެއްވީ ހަނގާ ކުރާ ބައެއްގެ ގޮތުގައެވެ.

އިރާނުގެ ސުޕްރީމް ލީޑަރު ވިދާޅުވީ މަޝްވަރާ ކުރުމަށް ކަމަށް ބުނެ ހަނގާ ކުރާ ބައެއް ސަރުކާރު ތަކުން ވާހަކަ ދައްކަނީ މައްސަލަތައް ހައްލުކުރުމަށް ނޫންކަމަށެވެ. މިއީ އެމީހުންގެ އަމިއްލަ ބޭނުންތަކެއް ހާސިލު ކުރަން ކުރާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ތެހެރާންގައި ބޭއްވުނު ދައުލަތުގެ ތިން ބާރުގެ އިސްވެރިންނާއި ސަރުކާރުގެ އެހެނިހެން އިސް އޮފިޝަލުންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި، ހަނގާކުރާ ގައުމުތަކުން އެ ކުރާ އުއްމީދުތައް އިސްލާމިކް ރިޕަބްލިކުން ހާސިލެއް ނުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

އިރާނުގެ ލީޑަރު ވިދާޅުވީ ހަނގާކުރާ ގައުމުތަކުން މަޝްވަރާ ކުރުމަށް އެ ބުނާ ކަންތައްތަަކަކީ ހަމައެކަނި ނިއުކްލިއަރ މައްސަލަ އެކަނި ނޫންކަމަށެވެ. އޭގެ ބަދަލުގައި، މިއީ އިރާނުގެ ދިފާއީ އަދި ބައިނަލްއަގުވާމީ ގާބިލިއްޔަތުތަކާ ގުޅޭގޮތުން އެމީހުންގެ އައު ބޭނުންތަކެއް ހާސިލު ކުރުަމަށް ކުރާ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

ޔޫރަޕިއަން ގައުމުތަކުން އިރާނާ ދެކޮޅަށް ކުރާ ތުހުމަތުތަކަށް ފާޑުވިދާޅުވެ، އިރާނުން ނިއުކްލިއަރ އެއްބަސްވުމުގެ ޝަރުތުތައް ފުރިހަމަ ނުކުރާ ކަމަށް ބުނުމަކީ ހަމެޖެހޭ ވާހަަކަ އެއް ނޫން ކަމަށް ވެސް އީރާނުގެ ލީޑަރު ވިދާޅުވިއެވެ.

ނިއުކްލިއަރ އެއްބަސްވުމުގެ ދަށުން އީރާނުން ވައުދުވި ކަންކަން ނުކުރާކަމަށް ހުޅަނގުން ބުނާއިރު، ހުޅަނގުން އެއްބަސްވި ކަންކަން ފުރިހަމަ ކުރިތޯ އާޔަތުﷲ ވަނީ ސުވާލު އުފައްދަވާފައެވެ.

ހުޅަނގެ ހަޟާރަތުގެ ސިފަތަކަކީ އިސްލާމް ދީނާ ބީރައްޓެހި ސިފަ ތަކެއް ކަމަށް ވުމާއެކު ހުޅަނގުގެ އުސޫލުތައް އީރާނަށް ބަލައިނުގަނެވޭ ކަމަށް ވެސް އާޔަތުﷲ ވިދާޅުވިއެވެ.

އީރާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ގައުމުގެ މާލީ ސިޔާސަތު އިސްލާހުކުރުމާއި ގައުމީ ފައިސާގެ އަގު ހިފެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ތިން ބާރާއި ހަތިޔާރުއެޅި ބާރުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލެއްވިއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު