Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

ޣައްޒާ އަލުން ބިނާކުރުމަށް އަރަބި ލީޑަރުން ހުށަހަޅާ ޕްލޭނަށް ފްރާންސް އިން ތާއީދު

މި ޕްލޭނުގެ ދަށުން ޣައްޒާ ސަރަހައްދު ހިންގުމުގައި ފަލަސްތީނު އޮތޯރިޓީ ބައިވެރިވާން ޖެހޭނެ ކަމަށާއި، ހަމާސް އެއްކޮށް އެކަހެރިކުރަން ޖެހޭނެ ކަމަށް ވެސް ފްރާންސް އިން ބުނެފައިވޭ.

ރާއްޖެ އެމްވީ | 6 މާރިޗު 2025 | ބުރާސްފަތި 19:28
15 މަސް ދުވަހުގެ ދިގުލީ ހަނގުރާމައިގައި ޣައްޒާ ވަނީ މުޅިން ހަލާކުވެ ފުނޑުފުނޑުވެފައި

15 މަސް ދުވަހުގެ ދިގުލީ ހަނގުރާމައިގައި ޣައްޒާ ވަނީ މުޅިން ހަލާކުވެ ފުނޑުފުނޑުވެފައި

ޣައްޒާ އަލުން ބިނާކުރުމަށް އަރަބި ލީޑަރުން ހުށަހަޅާފައިވާ ޕްލޭނަށް ފްރާންސް އިން ތާއީދުކޮށްފިއެވެ. މި ޕްލޭނުގެ ދަށުން ޣައްޒާ ސަރަހައްދު ހިންގުމުގައި ފަލަސްތީނު އޮތޯރިޓީ ބައިވެރިވާން ޖެހޭނެ ކަމަށާއި، ހަމާސް އެއްކޮށް އެކަހެރިކުރަން ޖެހޭނެ ކަމަށް ވެސް ފްރާންސް އިން ބުނެފައިވެއެވެ.

ފްރާންސްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ކްރިސްޓޯފް ލެމޮއިން ވިދާޅުވީ އަރަބި ލީޑަރުން ހުށަހަޅާފައިވާ ޕްލޭނަކީ "ޣައްޒާ ހަނގުރާމައަށް ފަހު އަލުން ބިނާކުރުމާއި، ވެރިކަން ހިންގުމާއި، ސަލާމަތީ ބޭނުންތަކަށް އެކަށީގެންވާ އަދި އިތުބާރުހުރި އަސާސެއް" ކަމަށެވެ.

އަރަބި ލީޑަރުން މި ހަފްތާގެ ކުރީކޮޅު ފާސްކުރި ޕްލޭންގައި، ޣައްޒާ އަލުން ބިނާކުރުމަށް ޓްރަސްޓް ފަންޑެއް މެދުވެރިކޮށް ފައިސާ ހޯދުމާއި، ފަލަސްތީނު އޮތޯރިޓީ އަނބުރާ ޣައްޒާގެ ވެރިކަމަށް ގެނައުން ހިމެނެއެވެ. ފަލަސްތީނު އޮތޯރިޓީ އަކީ 2007 ގައި ހަމާސް އިން ބާރު ހޯދުމުގެ ކުރިން ޣައްޒާ ހިންގި ފަރާތެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި، އެމެރިކާ އިން ޣައްޒާ ކޮންޓްރޯލް ކުރުމުގެ ޕްލޭނަށް ފަލަސްތީނުގެ ރައްޔިތުންނާއި، އަރަބި ގައުމުތަކާއި، ގިނަ ޔޫރަޕިއަން ސަރުކާރުތަކުން ދެކޮޅު ހަދާފައިވެއެވެ. އަދި ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ކުރެވޭ އެއްވެސް މަސައްކަތަކަށް އިދިކޮޅު ހަދާނެ ކަމަށް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2017

ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި

11 ޖުލައި 2017
ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި
15 ޖޫން 2017

ފިތުރު އީދު ޗުއްޓީ ސައުދީ އަރަބިއްޔާގައި ފެށިއްޖެ

15 ޖޫން 2017
ފިތުރު އީދު ޗުއްޓީ ސައުދީ އަރަބިއްޔާގައި ފެށިއްޖެ
06 ޖޫން 2017

އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!

06 ޖޫން 2017
އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!
05 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!

05 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު