Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ހަތް ލަނޑުގެ ބޮޑު މޮޅާއެކު، އާސެނަލް އިން ކުއާޓާގެ އުންމީދު ބޮޑު ކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ތިން ލަނޑު ޖެހިއިރު، ޕީއެސްވީން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. މެޗުގައި އާސެނަލްގެ އަނެއް ހަތަރު ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މާރިޗު 2025 | ބުދަ 04:07
މެޗުގައި ލަނޑު ޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްވީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން މުބާރާތުގެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ޕީއެސްވީގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ ލެގު އާސެނަލް އިން ކާމިޔާބު ކުރީ 7-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ތިން ލަނޑު ޖެހިއިރު، ޕީއެސްވީން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. މެޗުގައި އާސެނަލްގެ އަނެއް ހަތަރު ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ޔޫރިއެން ޓިމްބާ އެވެ. އޭގެ ތިން މިނެޓު ފަހުން އީތަން އެންވަނޭރީ ވަނީ އާސެނަލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ މިކޭލް މެރީނޯ އެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ޕީއެސްވީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ނޯ ލަން އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި މާޓިން އޮޑެގާޑް ވަނީ އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ މިނެޓެއް ފަހުން ލިއާންޑްރޯ ޓްރޮސާޑް ވަނީ އާސެނަލްގެ ފަސް ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ.

އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި އާސެނަލްގެ ހަ ވަނަ ލަނޑު އޮޑެގާޑް ޖެހިއިރު، އާސެނަލްގެ ފަހު ލަނޑު ރިކާޑޯ ކަލަފިއޯރީ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ.

ދެ ވަނަ ލެގުގައި އާސެނަލްގެ އަމިއްލަ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރާނީ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު