Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުގެ ނައިބު ރައީސް ދެވަނަ ފަހަރަށް އިސްތިއުފާ ދެއްވައިފި

އީރާނުގެ ރަސްމީ މީޑިއާ އިން ބުނެފައިވާ ގޮތުގައި، ޒާރިފްގެ އިސްތިއުފާގެ ސިޓީ ރައީސް މަސްއޫދު ޕެޒެޝްކިއާން އަށް ލިބިވަޑައިގެންފައިވާ ކަމަށާއި، ނަމަވެސް އަދި އިސްތިއުފާގެ ސިޓީ އަށް ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ.

ރާއްޖެ އެމްވީ | 3 މާރިޗު 2025 | ހޯމަ 10:20
ރިޔާސީ ކެންޑިޑޭޓް މަސްއޫދު ޕެޒެޝްކިއާން (ކ) އާއި ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒާރިފް އީރާނުގެ ތެހެރާންގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ކާމިޔާބުގެ ނިޝާން ދައްކަވަނީ، ޖޫން 19، 2024

ރިޔާސީ ކެންޑިޑޭޓް މަސްއޫދު ޕެޒެޝްކިއާން (ކ) އާއި ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒާރިފް އީރާނުގެ ތެހެރާންގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ކާމިޔާބުގެ ނިޝާން ދައްކަވަނީ، ޖޫން 19، 2024

އީރާނުގެ ނައިބު ރައީސް މުހައްމަދު ޖަވާދު ޒާރިފް އެ ގައުމުގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

އީރާނުގައި ކުރިން ޚާރިޖީ ވަޒީރު ކަން ވެސް ކުރެއްވި ޒާރިފް އެ ގައުމުގެ ނައިބު ރައީސް ކަމުގެ އިސްތިއުފާ ދެއްވި މިއީ ދެވަނަ ފަހަރެވެ.

ޖުލައި މަހު އީރާނުގެ ރައީސް ކަމަށް ވަޑައިގެންނެވި ޕެެޒެޝްކިއާންގެ އެއް ނައިބު ރައީސްގެ ގޮތުގައި އައްޔަން ކުރެއްވި ޒާރިފް މަގާމަށް އައްޔަނު ކުރެވުނުތާ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، އޮގަސްޓް މަހުގެ ފުރަތަމަ ދުވަހު އިސްތިއުފާ ދެއްވިއެވެ. އެހެން ނަަމަވެސް ފަހުން އެ މަހު ވަޒީފާ އަށް އަލުން ނުކުންނަވަން ފެއްޓެވިއެވެ.

އީރާނުގެ 2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުން ވުޖޫދަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރެއްވި، އެ ޤައުމުގެ ކުރީގެ ފޮރިން މިނިސްޓަރ މުހައްމަދު ޖަވާދު ޒާރިފް ނައިބު ރައީސް ގެ މަޤާމުން އިސްތިއުފާ ދެއްވައިފިކަމަށް އީރާނުގެ ސަރުކާރުގެ މީޑިއާއިން ހޯމަ ދުވަހު ވަނީ ޔަގީން ކޮށްދީފައެވެ.

އައި.އާރް.އެން.އޭ ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި، ޒާރިފްގެ އިސްތިއުފާގެ ސިޓީ ރައީސް މަސްއޫދު ޕެޒެޝްކިއާން އަށް ލިބިވަޑައިގެންފައިވާ ކަމަށާއި، ނަމަވެސް އަދި އިސްތިއުފާގެ ސިޓީ އަށް ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ.

އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ޒާރިފް ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ޚިދުމަތުގެ 40 އަހަރުގެ ތެރޭގައި، ނައިބު ރައީސް ކަމުގެ މަގާމުގައި އެމަނިކުފާނާށާއި އާއިލާއަށް އެންމެ ހަޑިހުތުރު ފުރައްސާރަ އާއި ބިރުދެއްކުންތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، ޚިދުމަތުގެ އެންމެ ހިތި ދުވަސްވަތައް ހޭދަކުރައްވަން ޖެހުނު ކަމަށެވެ.

އީރާނުގެ ސަރުކާރަށް އިތުރު ފިއްތުންތަކާ ކުރިމަތިނުވުމަށްޓަކައި، ޖުޑީޝަރީގެ އިސްވެރިޔާ، އޭނާ އިސްތިއުފާ ދެއްވުމަށް ލަފާ ދެއްވުމުން އެކަން ވަގުތުން ޤަބޫލުކުރެއްވި ކަމަށް ޒަރީފް ވިދާޅުވިއެވެ.

އީރާނުގެ ކުރީގެ ރައީސް ހަސަން ރޫހާނީގެ ވެރިކަމުގައި 2013 އިން 2021 އަށް ޒާރިފް ހުންނެވީ ފޮރިން މިނިސްޓަރުކަމުގެ މަޤާމުގައެވެ. 2015 ގައި ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަންގެ ނަމުގައި ނިއުކްލިއަރ އެއްބަސްވުން އެކުލަވާލުމުގެ ދިގު މަޝްވަރާތަކުގައި މުހިންމު ދައުރެއް އަދާކުރެއްވުމާއެކު، ބައިނަލްއަޤްވާމީ މައިދާނުގައި އެމަނިކުފާނަށް މަޝްހޫރު ކަން ލިބިގެން ދިޔައެވެ.

ނަމަވެސް، ގިނަ ފަރާތްތަކެއް ބައިވެރިވި މި އެއްބަސްވުމުން 2018 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނުގެ މައްޗަށް ހަރުކަށި ފިޔަވަޅުތައް އަޅުއްވުމާއެކު، އެންމެ ފަހުން މި އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު