Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފްލެޓް ލިސްޓް

މޮޅުކަން ދައްކަން ދެއްކުނީ "ނުފޫޒުގެ" ވާހަކަ

ނިކަން އަޑަށް ބާރުލާފައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފްލެޓް ލިސްޓުގައި ނުފޫޒެއް ނެތް ވާހަކައެވެ. އެކަމަކު މަނިކުފާނެވެ. މޮޅުކަން ދައްކަން ދެއްކުނީ "ނުފޫޒުގެ" ވާހަކަ ނޫންތޯއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 ފެބުރުއަރީ 2025 | ހުކުރު 14:38
ރައީސް ޑރ.މުހައްމަދު މުއިއްޒު އިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ - 27 ފެބްރުއަރީ 2025

ރައީސް ޑރ.މުހައްމަދު މުއިއްޒު އިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ - 27 ފެބްރުއަރީ 2025

މަނިކުފާނެވެ. ވިދާޅުވާން ތިއުޅުއްވީ ބުރާސްފަތި ދުވަހު ނެރުނު ފްލެޓް ލިސްޓު ހެދުމުގައި ޒައްރެއްގެ މިންވަރު ވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމުގެ ވާހަކައެވެ. މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް ކަމަށް ދައްކަން ލައްކަ މަސައްކަތް ކުރައްވައިފީމުއެވެ.

މަނިކުފާނު ވިދާޅުވި އަޑު އެހީމެވެ. މިއީ ހަމަގައިމު ވެސް މަނިކުފާނަށް ގެދޮރުވެރިކަމުގެ މައުލޫމާތު އެނގެން ފެށި ހިސާބުން އަދި އެންމެ ޖޫނިއާ ލެވެލް އިން ފެށިގެން ސަރުކާރުގަ ކަމާއި ބެހޭ ދާއިރާގައި މަނިކުފާނު އުޅުއްވަން ފެށި ހިސާބުން ބެލިއަސް ނުފޫޒެއް ނުފޯރުވާ ގެދޮރު ލިބޭ މީހުންގެ ލިސްޓެއް ނެރުނު ފުރަތަމަ ފަހަރަށް ވިދާޅުވީމެވެ.

ފްލެޓް ލިސްޓު ނެރުނީ ނުފޫޒެއް ނެތި ކަމަށް ރައީސް ވިދާޅުވެފައިވާއިރު މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރ އަދި ރައީސް މުުއިއްޒުގެ ސަރުކާރުގެ މިހާރުގެ ހަޔަރަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދުގެ ދެމަފިރި ކަނބަލުންނަށް ފްލެޓް ލިބުނެވެ. އެކަމާއި ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެއަށް ވުރެ ހައްގުވާ މީހުންނަށް ފްލެޓް ނުލިބި ތިބަ ކަމަށް ޙުދު ހައިދަރު ވަނީ ވިދާޅުވެފައެވެ.'

ނިކަން އަޑަށް ބާރުލާފައި މި ލިސްޓަކު ނުފޫޒެއް ނޯންނާނެކަމަށް ވިދާޅުވީމެވެ. އެކަމަކު މަނިކުފާނެވެ. މޮޅުކަން ދައްކަން ދެއްކުނީ "ނުފޫޒުގެ" ވާހަކަ ނޫންތޯއެވެ.

ރައީސް އެވެ. އަޅުގަނޑުގެ ސުވާލެއް އެބަ އޮތެވެ. މަނިކުފާނު ވަޒީރުކަމުގައި ހުންނަވައިގެން ދެ ފަހަރެއްގެ މަތިން ވަނީ ފްލެޓް ލިސްޓު އާއްމުކުރައްވާފަ ނޫންތޯއެވެ. އޭރު ވެސް ފްލެޓް ލިސްޓުތަކަށް ނުފޫޒު ފޯރުވި ކަމަށް ރައީސް ސާފުބަހުން ވިދާޅުވެއްޖައީމެވެ.

އެހެންވީމަ ދެން ކުރައްވަންވީ ކަމަކީ އެކަން ކުރީ އެ މަނިކުފާނުތޯ ނުވަތަ އެހެން ބޭފުޅަކުތޯ ސާފުކޮށް ދެއްވުމެވެ. އާއްމުން މިކަން ބަލަން ބޭނުންވާނެކަން ޔަޤީނެވެ. މި ސަރުކާރުގެ ފަސްބައި ސާފުކުރަން މަނިކުފާނަށް ތިޔަ ދެއްކެވުނީ މަނިކުފާނު ނުފޫޒުގައި ޖެހިވަޑައިގަތް ވާހަކައެވެ. މިއީ މޮޅު ވާހަކަ އެއް ނޫނެވެ. މިއީ ނިކަން ލަދުވެތި ވާހަކައެކެވެ.

މަނިކުފާނުގެދޮރުވެރިޔާ ފުލެޓް ލިސްޓްނުފޫޒުބުރާސްފަތި ދުވަސްރައީސް ޑރ.މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

04 ޑިސެމްބަރު 2025
ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި
16 ސެޕްޓެމްބަރު 2025

ކައުންސިލް ޖެނެރަލް ދެއްވި ލަފަޔާއި އެކު ކިޔާލުމުގެ ފުރުސަތު ނުދީ ބިލް ކޮމިޓީން ފާސްކޮށްފި

16 ސެޕްޓެމްބަރު 2025
ކައުންސިލް ޖެނެރަލް ދެއްވި ލަފަޔާއި އެކު ކިޔާލުމުގެ ފުރުސަތު ނުދީ ބިލް ކޮމިޓީން ފާސްކޮށްފި
17 ޖުލައި 2025

ރައީސް މުއިއްޒު ރަސްގެފާނު ޗާލްސް އާ ބައްދަލު ކުރައްވައިފި

17 ޖުލައި 2025
ރައީސް މުއިއްޒު ރަސްގެފާނު ޗާލްސް އާ ބައްދަލު ކުރައްވައިފި
16 ޖުލައި 2025

މަތީ ފަންތީގެ ބައްދަލުވުންތަކަކަށް މަތީފަންތީގެ ވަފުދަކާ އެކު އިނގިރޭސިވިލާތައް ވަޑައިގެންނެވި ރައީސް މުއިއްޒު އަށް ފިނި މަރުހަބާ އެއް

16 ޖުލައި 2025
މަތީ ފަންތީގެ ބައްދަލުވުންތަކަކަށް މަތީފަންތީގެ ވަފުދަކާ އެކު އިނގިރޭސިވިލާތައް ވަޑައިގެންނެވި ރައީސް މުއިއްޒު އަށް ފިނި މަރުހަބާ އެއް
16 ޖުލައި 2025

މި ސަރުކާރުން ދަނީ އެއްވެ އުޅުމުގެ މިނިވަންކަން ދުވަހަކަށްވުރެ ދުވަހެއް ހަނިކުރަމުން: އައިކް

16 ޖުލައި 2025
މި ސަރުކާރުން ދަނީ އެއްވެ އުޅުމުގެ މިނިވަންކަން ދުވަހަކަށްވުރެ ދުވަހެއް ހަނިކުރަމުން: އައިކް
12 ޖުލައި 2025

ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް: ރައީސް މުއިއްޒު

12 ޖުލައި 2025
ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް: ރައީސް މުއިއްޒު
10 ޖުލައި 2025

ރައީސްގެ ދަރިކަލުންނާއި ގުޅޭ ގޮތުން ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި

10 ޖުލައި 2025
ރައީސްގެ ދަރިކަލުންނާއި ގުޅޭ ގޮތުން ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި
09 ޖުލައި 2025

ރައްޔިތުން މިއަދު މިތިބި ގޮތަށް ތިބެގެން އަދުލު އިންސާފެއް ނާންނާނެ، މެންބަރުން މިއަދު ތިބި ހާލަތުން ވެސް ރަނގަޅު ގާނޫނެއް ނުހެދޭނެ: މެންބަރު ޒިޔާދު

09 ޖުލައި 2025
ރައްޔިތުން މިއަދު މިތިބި ގޮތަށް ތިބެގެން އަދުލު އިންސާފެއް ނާންނާނެ، މެންބަރުން މިއަދު ތިބި ހާލަތުން ވެސް ރަނގަޅު ގާނޫނެއް ނުހެދޭނެ: މެންބަރު ޒިޔާދު
04 ޖުލައި 2025

ވައްޑެ ރައީސަށް: މަނިކުފާނު ވަރަށް ރަނގަޅަށް ވިސްނަވާ، ތިޔަ އަރާވަޑައިގެން ހުންނެވި ތަނުން ވެއްޓޭއިރު ވެއްޓޭނީ ނިކަން ބާރަށް

04 ޖުލައި 2025
ވައްޑެ ރައީސަށް: މަނިކުފާނު ވަރަށް ރަނގަޅަށް ވިސްނަވާ، ތިޔަ އަރާވަޑައިގެން ހުންނެވި ތަނުން ވެއްޓޭއިރު ވެއްޓޭނީ ނިކަން ބާރަށް
29 ޖޫން 2025

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

29 ޖޫން 2025
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު