Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ފަލަސްތީން މައްސަލަ

އިސްރާއީލުން އެއްބަސްވުމާ ޚިލާފުވެ ފަލަސްތީނު މީހުން ދޫކޮށްލުން ފަސްކޮށްފި

އިސްރާއީލުން ވަނީ 620 ފަލަސްތީނު މީހުން ދޫކޮށްލުން ފަސްކޮށްފައެވެ. މިއީ ޣައްޒާގައި ބާކީ ތިބި ރަހީނުން ދޫކޮށްލާނެކަން ޔަޤީންވަންދެން ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. ޙަމާސްއިން ބުނީ މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ 'ކަނޑައެޅިގެން ޚިލާފުވުމެއް' ކަމުގައި ބުނެ އެކަން ކުށްވެރި ކޮށްފައެވެ.

ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2025 | އާދީއްތަ 08:31
2025 ފެބްރުއަރީ 8 - ދީރުލް ބަލާހް ގައި އިސްރާއީލުގެ އިތުރު ތިން ރަހީނުން ރެޑް ކްރޮސް އާ ހަމާސް އިން ހަވާލު ކުރަނީ

2025 ފެބްރުއަރީ 8 - ދީރުލް ބަލާހް ގައި އިސްރާއީލުގެ އިތުރު ތިން ރަހީނުން ރެޑް ކްރޮސް އާ ހަމާސް އިން ހަވާލު ކުރަނީ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލު ޖަލުތަކުގައި ހައްޔަރު ކޮށްފައި ތިބި ފަލަސްތީނު މީހުން ދޫކޮށްލުން ފަސްކޮށްފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާދިއްތަ ދުވަހު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ފަލަސްތީނު މީހުން ދޫކޮށްލުން ފަސްކޮށްފައިވާ ކަމަށެވެ. މިއީ ޙަމާސްއިން އިސްރާއީލުގެ މީހުން ދޫކޮށްލާއިރު ބާއްވާ 'އިހާނެތި ރަސްމިއްޔާތުތައް' ނުބާއްވާނެ ކަމަށް އެއްބަސްވަންދެން ކަމަށް ބުނެފައިވެއެވެ. މިއީ ކުރިން އެއްބަސްވުމުގައި ނުހިމެނޭ މުޅިން އައު ޝަރުތެކެވެ.

ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއް ގައި ބުނެފައިވަނީ، ރަހީނުން ދޫކޮށްލާ އިރު ހަމާސް އިން ބާއްވާ "އިހްތިރާމް ކުޑަކުރާ ރަސްމިއްޔާތުތަކާ" ޕްރޮޕަގެންޑާ އަށް ރަހީނުން ބޭނުން ކުރުން ހުއްޓާލާނެކަން ޔަގީން ވަންދެން ދެން ދޫކުރަން ހަމަ ޖެހިފައިވާ މީހުން ދޫނުކުރާނެ ކަމަށެވެ.

އަނެއްކޮޅުން ހަމާސް އިން ވަނީ އެއްބަސްވުމާ އެއްގޮތައް އަމަލު ކޮށް އެމީހުންގެ ބައި އަދާކޮށްފައެވެ. އެގޮތުން ހޮނިހިރު ދުވަހު، ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ ފުރުތަމަ މަރުހަލާ ގައި ދޫކޮށްލަން ހަމަ ޖެހިފައިވާ އެންމެ ފަހުން މީހުން ވަނީ ދޫކޮށްލާފައެވެ. ހޮނިހިރު ދުވަހު އިސްރާއީލުގެ 6 ރަހީނުން ވަނީ މިނިވަންކޮށް ހަވާލު ކޮށްފައެވެ.

"ހަމާސް އިން ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން .. ރަހީނުންގެ ޤަދަރު ގެއްލޭ ގޮތަށް ބާއްވާ ލަދުވެތި ރަސްމިއްޔާތުތަކާއި، ޕްރޮޕެގެންޑާ އަށް ރަހީނުން ބޭނުން ނުކުރާނެކަން- ދެން މިނިވަންކުރާ ރަހީނުން ދޫކޮށްލުމުގައި އެގޮތައް އަމަލު ނުކުރާނެކަން ޔަޤީންވަންދެން، އިއްޔެ [ހޮނިހިރު ދުވަހު] ދޫކޮށްލަން ރޭވިފައިވާ ޓެރަރިސްޓުން ދޫކޮށްލުން ފަސްކުރުމަށް ނިންމާފައިވަނީ،"

ހަމާސްއިން ނަތަންޔާހޫ އަށް ތުހުމަތުކޮށްފައިވަނީ "ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުން ފަސާދަކޮށް ނުވަތަ ފުނޑާލުމަށް ނުބައި ގޭމުތައް ކުޅެމުންދާ" ކަމަށެވެ.

"ފުރަތަމަ މަރުހަލާގައި [ހަނގުރާމަ ހުއްޓުމުގެ] 100 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ މަރާލާފައި، އެއްބަސްވެފައިވާ ގޮތައް ގިނަ އިންސާނީ އެހީ ޣައްޒާ އަށް ވައްދަން ހުއްދަ ދީފައެއް ނުވޭ، އަދި ނެޓްޒަރިމް ކޮރިޑޯއިން ސިފައިން އަނބުރާ ގެންދިއުން ފަސްކޮށްފައިވާ،" ކަމަށް ހަމާސްގެ ސިޔާސީ ބިއުރޯގެ އިސް މެންބަރެއް ކަމަށްވާ ބާސިމް ނައީމް، ހޮނިހިރު ދުވަހު އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ހާމަކުރައްވާފައިވެއެވެ.

"އަޅުގަނޑުމެން އެއްބަސްވުމަށް ތަބާވެ، އަދި އަޅުގަނޑުމެންގެ ހުރިހާ ޒިންމާތަކެއް އަދާކޮށްފައިވާނެ،" އޭނާ އިތުރަށް ހާމަ ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު