Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ފަލަސްތީން މައްސަލަ

ޓްރަމްޕް ގެ ޣައްޒާ ޕްލޭނަށް އިހްތިޖާޖު ކުރުމުގެ ގޮތުން ސިން ފެއިން ލީޑަރުން ވައިޓް ހައުސްގެ ޒިޔާރަތް ބޮއިކޮޓް ކުރަނީ

ނޯދަން އަޔަލެންޑްގެ ފަސްޓް މިނިސްޓަރ މިޝެލް އޯނީލް ވިދާޅުވެފައިވަނީ ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ނެރުމާ ގުޅޭގޮތުން ޓްރަމްޕް ދެއްކެވި ވާހަކަފުޅަކީ 'އަޅުގަނޑަށް އެއަށް އަޅާނުލާ ހުރެވޭނެ ކަމެއް ނޫން' ކަމަށެވެ.

ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2025 | ހޮނިހިރު 02:21
ނޯދަން އަޔަލޭންޑްގެ ފަސްޓް މިނިސްޓަރ މިޝެލް އޮނީލް އަޔަލޭންޑްގެ ގައުމީ ދުވަހުގެ އުފާ ފާޅުކުރުމަށް މާޗް 17 ވަނަ ދުވަހު ވައިޓް ހައުސް އަށް ވަޑައިނުގަންނަވާނެ

ނޯދަން އަޔަލޭންޑްގެ ފަސްޓް މިނިސްޓަރ މިޝެލް އޮނީލް އަޔަލޭންޑްގެ ގައުމީ ދުވަހުގެ އުފާ ފާޅުކުރުމަށް މާޗް 17 ވަނަ ދުވަހު ވައިޓް ހައުސް އަށް ވަޑައިނުގަންނަވާނެ

ޣައްޒާ އާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ވައިޓް ހައުސްގައި ބޭއްވޭ ސެއިންޓް ޕެޓްރިކްސް ޑޭގެ ހަފްލާ އަށް ހާޒިރުނުވާނެ ކަމަށް ސިން ފެއިން ލީޑަރުން ވިދާޅުވެއްޖެއެވެ.

"އަޅުގަނޑުމެން އެންމެންނަކީވެސް ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ފެނި ހިތާމައިގައި ތިބި ބައެއް. އަދި ފަލަސްތީނުގެ ރައްޔިތުން ޣައްޒާ އިން ގަދަކަމުން ނެރުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ފަހުން ދެއްކެވި ވާހަކަފުޅަކީ އަޅުގަނޑަށް އެއަށް އަޅާނުލާ ހުރެވޭ ކަމެއް ނޫން،" ނޯދަން އަޔަލެންޑްގެ ފަސްޓް މިނިސްޓަރ މިޝެލް އޯނީލް ހުކުރު ދުވަހު ޑަބްލިން ގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

"ވައިޓް ހައުސް އަށް ދަތުރު ނުކުރުމަށް ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން. ނަމަވެސް މި ނިންމުން ނިންމާފައި ވަނީ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް ޒިންމާ އެއް ކަމަށް ދެކިގެންން." އޭނާ އިތުރަށް ވިދާޅުވިއެވެ.

ސިން ފެއިން ޕާޓީގެ ލީޑަރ މޭރީ ލޫ މެކްޑޮނަލްޑް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ "ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ނެރުމުގެ ބިރުވެރިކަން އޮއްވާ" އޭނާ އަށް ވޮޝިންގްޓަނަށް ޒިޔާރަތް ނުކުރެވޭނެ ކަމަށެވެ.

ނޯދަން އަޔަލެންޑާއި ރިޕަބްލިކް އޮފް އަޔަލެންޑްގެ ސިޔާސީ ލީޑަރުން ކޮންމެ އަހަރެއްގެ މާރޗު 17 ގައި އަޔަލެންޑްގެ ގައުމީ ދުވަސް ފާހަގަކުރުމަށް އެމެރިކާއަށް އާންމުކޮށް ޒިޔާރަތް ކުރެއެވެ.

ޣައްޒާ ސްޓްރިޕް އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، އެތަނުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ދާއިމީކޮށް އެހެން ތަނަކަށް ބަދަލު ކުރުމަށް ޓްރަމްޕް ހުށަހެޅުއްވުމާ ގުޅިގެން މި މަހުގެ ކުރީކޮޅު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ އެކަން ކުށްވެރި ކޮށްފައެވެ.

ސިން ފެއިންގެ ފަރާތުން ވައިޓް ހައުސް އަށް ޒިޔާރަތް ނުކުރުމަށް ނިންމުމާއެކު، ވައިޓް ހައުސްގައި ޓްރަމްޕާ ބައްދަލުކުރުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ފަސްޓް މިނިސްޓަރ މައިކަލް މާޓިންގެ ދަތުރުފުޅު ކެންސަލް ކުރުމަށް އޭނާގެ މައްޗަށް ޕްރެޝަރު އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ.

އަޔަލެންޑަކީ ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމައިގައި އިސްރާއީލުން ޢަމަލުކުރާ ގޮތާމެދު ހަރުއަޑުން އިސްރާއީލަށް ފާޑުކިޔާ އަދި ޔޫރަޕިއަން ޔޫނިއަންގެ ތެރޭގައި ފަލަސްތީނުގެ މައްސަލައިގައި އެންމެ ހަރުކަށިކޮށް ވަކާލާތުކުރާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.

ހުކުރު ދުވަހު ޓްރަމްޕްގެ ހަރުކަށި ރާގު ބަދަލު ކުރައްވާ ވިދާޅުވީ ޣައްޒާ އާ ބެހޭ އޭނާގެ ޕްލޭން އަކީ ހަމައެކަނި "ހުށަހަޅުމެއް" ކަމަށެވެ. އެއީ އޭނާ ގަދަ ކަމުން ތަންފީޒު ކުރައްވާނެ ޕްލޭނެއް ނޫން ކަމަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު