ޔުކްރެއިން ހަނގުރާމަ އާ ބެހޭ ގޮތުން އެމެރިކާ އާ އެކު ބޭއްވުނު މަޝްވަރަތަކާ މެދު ހިތްހަމަ ޖެހޭ: ޕުޓިން
ޕުޓިން ވިދާޅުވީ، މަޝްވަރާ ތަކުން ނަތީޖާ ތަކެއް ލިބިފައިވާ ކަމަށެވެ.

އޮކްޓޯބަރ 23، 2024 ގައި ރަޝިޔާގެ ކަޒާންގައި ބޭއްވި ބްރިކްސް ސަމިޓްގައި ޕުޓިން ބައިވެރިވެވަޑައިގަންނަވަނީ
ޔުކްރެއިން ހަނގުރާމަ އާ ގުޅޭ ގޮތުން ރަޝިޔާ-އެމެރިކާ މަޝްވަރާތަކުގެ ނަތީޖާއަށް ޕުޓިން ތަޢުރީފު ކުރައްވައިފިއެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ބުދަ ދުވަހު ވިދާޅުވެފައިވަނީ، ސަޢޫދީ ޢަރަބިއްޔާގައި ބޭއްވުނު ރަޝިޔާ-އެމެރިކާ މަޝްވަރާތަކުގެ ނަތީޖާއާ ބެހޭގޮތުން އެމަނިކުފާނަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އެ ނަތީޖާތަކާމެދު އުފާފުޅުވާ ކަމަށް ވިދާޅުވި ކަމަށް ރަޝިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
"އާދެ، އަޅުގަނޑަށް މަޢުލޫމާތު ލިބިއްޖެ. އަޅުގަނޑު އެކަން ވަރަށް މަތީ ފަންތީގައި ވަޒަންކުރަން، ނަތީޖާތަކެއް ލިބިފައިވޭ،" އިންޓަރފެކްސް ނިއުސް އޭޖެންސީން ޕުޓިން އާ ހަވާލާދީ ބުނެފައިވެއެވެ.



