Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަދަނީ ޙައްޤުތަކުގެ ޖަމްޢިއްޔާތައް

ޣައްޒާ ހުސްކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭން ދޫކޮށްލުމަށް 70 ށް ވުރެ ގިނަ މަދަނީ ޖަމްއިއްޔާ އިން ގޮވާލައިފި

ޣައްޒާއަކީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ވިއްކާ ރިއަލް އެސްޓޭޓް ސައިޓެއް ނޫން ކަމަށާއި އެއީ އެތައް މިލިއަން ފަލަސްޠީނު މީހުން އެތައް ޖީލުތަކަކަށް އެތަނުގައި ދިރިއުޅެމުން އައިސްފައިވާ ބިން ކަމަށް ސިޓީގައި ބުނެފައިވޭ

ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2025 | ހޮނިހިރު 18:42
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

މަދަނީ ޙައްޤުތަކަށް މަސައްކަތް ކުރާ 70 އަށް ވުރެ ގިނަ ޖަމްޢިއްޔާ އިންނާއި ގްރޫޕްތަކުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާ ސްޓްރިޕް ހިފުމަށާއި ފަލަސްޠީނުގެ ރައްޔިތުން އުރުދުން އަދި މިޞްރު ފަދަ އަވައްޓެރި ޤައުމުތަކަށް މަޖުބޫރުން ބަދަލުކުރުމުގެ ޕްލޭން ދޫކޮށްލުމަށް ގޮވާލައިފިއެވެ.

ޓްރަމްޕަށް ފޮނުވި ސިޓީއެއްގައި، އެ ފަރާތްތަކުން ބުނެފައިވަނީ ގާތްގަނޑަކަށް ދެ މިލިއަން ފަލަސްޠީނު މީހުން، އެމީހުންގެ އަމިއްލަ ވަޠަނުން ބޭރުކުރުމާ ގުޅޭގޮތުން އޭނާ މި ފަހަކުން ހުށަހަޅުއްފައިވާ ހުށަހެޅުން ތަކާމެދު "ފުން ކަންބޮޑުވުން" އޮތް ކަމުގައެވެ.

އެމީހުން އެމެރިކާގެ މިހާރުގެ ސަރުކާރަށް ގޮވާލާފައިވަނީ މެދުއިރުމަތި ހަމަނުޖެހުމަކަށް ވައްޓާލަފާނެ ސިޔާސަތުތަކެއް ގެންގުޅުމުގެ ބަދަލުގައި ޣައްޒާގައި ހަނގުރާމަ ހުއްޓުވުމަށް މަގުފަހިކުރި، ކުރީގެ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ދިއުމަށެވެ.

"ކުރުކޮށް ދަންނަވާނަމަ، ޣައްޒާގެ ނަސްލު ސާފުކޮށް އެމެރިކާ އިން ޣައްޒާ ގެ ބިން ހިސޯރުކޮށްފި ނަމަ އަރަބި އަދި މުސްލިމު ދުނިޔޭން އަކަމަށް ބޮޑު ރައްދެއް ދޭނެއެވެ. އަދި އެމެރިކާގެ ސިފައިން ދާއިމީ ހަނގުރާމަ އެއްގައި ބަނދެވި، އެމެރިކާގެ ވަސީލަތްތައް ހުސްވެގެންދާނެއެވެ. އަދި ސުލްޙަވެރިކަމާއެކު ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ އުއްމީދު ނިމުމަކަށް އަންނާނެއެވެ. އަދި މީގެ ސަބަބުން އެ ސަރަޙައްދުގައި އިތުރު ހަމަނުޖެހުންތައް އުފެދިގެންދާނެއެވެ،" މަދަނީ ޙައްޤުތަކުގެ ގްރޫޕްތަކުން ހުކުރު ދުވަހު ޢާންމުކުރި ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ސޮއިކުރި ފަރާތްތަކުގެ ތެރޭގައި ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއަރ)، އެމެރިކަން މުސްލިމްސް ފޮރ ޕެލެސްޓައިން (އޭއެމްޕީ)، ކޯޑްޕިންކް، ޕީސް އެކްޝަން، އަދި ޔޫއެސް ކައުންސިލް އޮފް މުސްލިމް އޯގަނައިޒޭޝަންސް (ޔޫއެސްސީއެމްއޯ) ގެ އިތުރުން އެތައް ޖަމްޢިއްޔާތަކަކާއި ވަކާލާތުކުރާ ގްރޫޕްތަކެއް ހިމެނެއެވެ.

"ޣައްޒާއަކީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ވިއްކާ 'ބޮޑު ރިއަލް އެސްޓޭޓް ސައިޓެއް' ނޫނެވެ،" ސިޓީގައި ބަޔާންކޮށްފައިވެއެވެ. "އެއީ އެތައް މިލިއަން ފަލަސްޠީނު މީހުން އެތައް ޖީލުތަކަކަށް އެތަނުގައި ދިރިއުޅެމުން އައިސްފައިވާ ބިމެކެވެ."

ސިޓީގައި ޓްރަމްޕަށް ގޮވާލާފައިވަނީ އެ ސަރަޙައްދުގެ ބައިވެރިންނާއެކު މަސައްކަތްކޮށްގެން އެތަނުގެ ރައްޔިތުން ބަދަލުނުކޮށް ޣައްޒާ އަލުން ބިނާކުރުމަށެވެ.

"މަނިކުފާނުގެ ސަރުކާރުން ޣައްޒާ އިން މީހުން ބޭރުކުރުމާއި ހިސޯރު ކުރުމުގެ ހުށަހެޅުން ދޫކޮށްލުމަށް އަޅުގަނޑުމެން ގޮވާލަމެވެ. އޭގެ ބަދަލުގައި މަނިކުފާނަށް ކުރެއްވޭނެ ކަމަކީ އަރަބި އަދި މުސްލިމު ދުނިޔެ އާއެކު މަސައްކަތްކޮށް ފަލަސްޠީނު ރައްޔިތުން އެމީހުންގެ ކާބަފައިންގެ ބިމުން ބޭރު ނުކޮށް ޣައްޒާ އަލުން ބިނާކުރުމަށް ޙަޤީޤަތާ އެއްގޮތް ހުށަހެޅުމެއް އެކުލަވާލެއްވުމެވެ،" ސިޓީގައި ވެއެވެ.

މި ސިޓީގައި ހިމެނެނީ ދާއިމީ ހަނގުރާމަ ހުއްޓުވުމަކަށް ގޮވާލުމާއި، އިންސާނީ އެހީގެ ދަށުން ޣައްޒާ އަލުން ބިނާކުރުމާއި، ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް ތަރައްޤީކުރުމުގެ ބައިނަލްއަޤްވާމީ ފަންޑެއް އުފެއްދުމާއި، އެމެރިކާއިން ފަލަސްޠީނު ދައުލަތެއް ފުރިހަމަ އަށް ބަލައިގަތުމާއި، އަދި އިސްރާއީލުން ހިސޯރުކުރުމާއި ނަސްލީ ތަފާތުކުރުމުގެ ސިޔާސަތުތަކަށް ނިމުމެއް ގެނައުމެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު