Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ރަހީނުން ދޫނުކޮށްފި ނަމަ ޣައްޒާ ގައި ހަނގުރާމަ އަލުން ފަށާނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދެއްވައިފި

ހުއްޓުމަކަށް އައިސްފައިވާ ހަނގުރާމަ އަލުން ފެށުމުގެ ބިރު އުފެދިފައި ވަނީ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ މުހިންމު ބައިތަކާ އިސްރާއީލުން ޚިލާފު ވެފައިވާ ކަމަށް ހަމާސް އިން ތުހުމަތު ކުރުމާ ގުޅިގެންނެވެ.

ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2025 | އަންގާރަ 20:51
އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާގެ އަންހެނަކު އޭނާގެ ފުނޑުވެފައިވާ ގޭގެ ކައިރީގައި މާޔޫސްވެފައި

އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާގެ އަންހެނަކު އޭނާގެ ފުނޑުވެފައިވާ ގޭގެ ކައިރީގައި މާޔޫސްވެފައި

ހޮނިހިރު ދުވަހުގެ ނިޔަލަށް ޣައްޒާގައި ހައްޔަރު ކޮށްފައިވާ އިސްރާއީލުގެ މީހުން ހަމާސް އިން ދޫނުކޮށްފި ނަމަ، ޣައްޒާ ގައި ހަނގުރާމަ އަލުން ފަށާނެ ކަމަށް ވިދާޅުވެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދެއްވައިފިއެވެ. 

ޖެނުއަރީ 19 ވަނަ ދުވަހު އަމަލު ކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ކުރިއަށް ގެންދިއުމާ މެދު ސުވާލު އުފެދުނީ، އެއްބަސްވުމުގެ މުހިންމު ބައިތަކަށް އިސްރާއީލުން ޚިލާފުވެފައިވާ ކަމަށް ހަމާސްގެ އިސް ފަރާތްތަކުން ބުނުމާ ގުޅިގެންނެވެ.

އަދި މިކަމާ ގުޅިގެން ހޮނިހިރު ދުވަހު ދޫކޮށްލަން އޮތް އިތުރު ތިން މީހަކު ދޫކުރުން ހަމާސް އިން ވަނީ ކުރިއަށް ނުގެންދާނެ ކަމަށް ބުނެފައެވެ.

"ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހަމާސް އިން ހައްޔަރު ކޮށްފައިވާ އަހަރެމެންގެ މީހުން ދޫނުކޮށްފި ނަމަ، ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން ނިމުމަކަށް އަންނާނެ އެވެ. އަދި ހަމާސް ފުރިހަމަ އަށް ބަލި ކުރެވެންދެން [އިސްރާއީލުގެ ސިފައިން] އަނެއްކާ ވެސް ގަދަފަދަ ހަނގުރާމަ އަކަށް އެނބުރި ދާނެއެވެ،" ނަތަންޔާހޫ ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި މިހެން ވިދާޅުވެ ޕޯސްޓެއް ކުރައްވާފައެވެ. 

އެއްބަސްވުމާ އިސްރާއީލުން ޚިލާފުވެފައި ވާއިރު ހަމާސް އިން ވަނީ އެއްބަސްވުމާ އެއްގޮތައް އަމަލު ކޮށްފައި ކަމަށާއި، އެހެން ކަމުން ކުރިއަށް އޮތް ދުވަސް ތަކުގައި އިސްރާއީލުގެ ހައްޔަރުކުރެވިފައިވާ މީހުން ދޫކުރުން މުއްދަތެއް ނެތް ގޮތަށް ލަސްކުރާނެ ކަމަށް ހަމާސް އިން ބުނެފައިވެއެވެ. 

"ދުޝްމަނުން އެއްބަސްވުމުގެ ޝަރުތުތަކަށް ޢަމަލު ނުކުރާކަން އެތައް ގޮތަކުން ފާހަގަ ކުރެވިފައި ވެއެވެ. އެހެން ނަމަވެސް، އެއްބަސްވުމުގައި ވާ ގޮތައް އަޅުގަނޑުމެންގެ ހުރިހާ ޒިންމާތަކެއް ފުރިހަމަ އަށް އަދާކޮށްފައި ވާނެއެވެ،" ހަމާސްގެ ހަތިޔާރު އެޅި ގޮފި، ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު، އަބޫ އުބައިދާ ހޯމަ ދުވަހު ވިދާޅުވިއެވެ.

އަންގާރަ ދުވަހު ސިލްސިލާ ކޮށް ކުރެއްވި ޓްވީޓް ތަކެއްގައި ނެތަންޔާހޫ ވަނީ އެއްބަސްވުމާ ހަމާސް އިން ޚިލާފު ވެފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި "ޣައްޒާ ސްޓްރިޕްގެ ތެރެއަށާއި ވަށައިގެންވާ ސަރަހައްދު ތަކަށް ސިފައިން ޖަމާވުމަށް" އިސްރާއީލުގެ ސިފައިންނަށް އަމުރު ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

މިހާތަނަށް، އެއްބަސްވުމުގެ ދަށުން، ހަމާސްއިން ވަނީ 21 ރަހީނުން ދޫކޮށްފައެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ގާތްގަނޑަކަށް 70 އެއްހާ ރަހީނުން ހޮނިހިރު ދުވަހުގެ ނިޔަލަށް އެކީގައި ދޫނުކޮށްފި ނަމަ އިސްރާއީލުން ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން މުޅިން ކެންސަލް ކުރަންވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހަމާސް އިން މިކަމަށް އިޖާބަ ނުދީފި ނަމަ، "ހުރިހާ ކަމެއް ހަލަބޮލި ވެގެން ދާނެ" ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ. 

ރޮއިޓަރސް ނިއުސް އޭޖެންސީ އިން ހަމާސްގެ އިސް ފަރާތަކާ ހަވާލާދީ ބުނެފައި ވަނީ ހައްޔަރު ކުރެވިފައިވާ މީހުން ދޫކުރެވޭނީ އެއްބަސްވުމަށް ޙުރުމަތްތެރިކޮށް ހިތައިގެން އެކަނި ކަމަށެވެ. އަދި ޓްރަމްޕްގެ "އިންޒާރުގެ ބަސްތައް" ބަލައި ނުގަންނަ ކަމަށް ވެސް ބުނެފައިވެއެވެ. 

"ޓްރަމްޕް ވިސްނަވަންވީ މިއީ ދެފަރާތުން ޙުރުމަތްތެރިކޮށް ހިތަންޖެހޭ އެއްބަސްވުމެއްކަމާއި، މިއީ ރަހީނުން އަނބުރާ ގެންދެވޭނެ ހަމައެކަނި ގޮތްކަމެވެ. އިންޒާރުގެ ބަސްތަކުގެ އެއްވެސް އަގެއް ނެތެވެ. އަދި މިކަމުން ކަންކަން އިތުރަށް އުނދަގޫވެގެން ދާނެއެވެ،" ހަމާސްގެ އިސް ފަރާތެއް ކަމުގައިވާ ސާމީ އަބޫ ޒުހްރީ ވިދާޅުވިއެވެ. 

އަނެއްކޮޅުން އުރުދުންގެ ވެރިރަށް އަންމާނުން ރިޕޯޓުކުރަމުން، އަލްޖަޒީރާގެ ޙަމްދާ ސަލޫޠް ބުނެފައި ވަނީ އިސްރާއީލުގެ އިސް ފަރާތްތަކުން ފުރިހަމަ ހަނގުރާމަ އަކަށް އަނބުރާ ދިއުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.                  

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު