Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުރައްސާރަ ކުރުން

ސަރުކާރުގެ އިސްވެރިޔަކު އާންމުންގެ ބަޔަކަށް ފުރައްސާރަ ކޮށްފި

ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2025 | އާދީއްތަ 11:34
2025 ފެބްރުއަރީ 8 - މާފަންނު މަދަރުސާގެ ތެރޭގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަމާނީ މުހައްމަދު އަތްހޫރަމުން ބަޔަކާ ދިމާލަށް ހަޅޭއްލަވަނީ

2025 ފެބްރުއަރީ 8 - މާފަންނު މަދަރުސާގެ ތެރޭގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަމާނީ މުހައްމަދު އަތްހޫރަމުން ބަޔަކާ ދިމާލަށް ހަޅޭއްލަވަނީ

މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީގެ ޑެޕިއުޓީ މިނިސްޓަރު އަމާނީ މުހައްމަދު އާންމުންގެ ބަޔަކަށް ފުރައްސާރަ ކޮށްފިއެވެ.

މިކަން ހިނގީ ހޮނިހިރު ދުވަހު އޮތް ބައި-އިލެކްޝަން ގެ ވޯޓުލުން ހިނގަމުން ދަނިކޮށް މާފަންނު މަދަރުސާގެ ގޯތި ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement - newsAdvertisement

މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި، އަމާނީ ވަނީ ވަރަށް ހުތުރު އެއްޗެހި ގޮވާ އެތަނުގައި އެމީހުންނާ ދިމާލަށް އަޑުގަދަ ކޮށްފައެވެ.

އެ ސަރަހައްދުގައި އެވަގުތު ހުރި މީހަކު ކިޔައިދިން ގޮތުގައި އަމާނީ އައިސް އަޑުގަދަ ކޮށް އެއްޗެހި ގޮވީ އެތަނުގައި އެ ވަގުތު ތިބި އެމްޑީޕީގެ ސަޕޯޓަރުން ތަކެއް، މިނިސްޓަރު ޒަމީރު ފާސް ނެތި އެތަނުގެ ތެރެއަށް ވެންނެވުމުން "ފާސް ނެތި އެގޮތައް ވަދެވޭހޭ؟" ބުނި އަޑު އިވިގެން އެކަމާ ރުޅި އައިސްގެން ކަމަށް ހީވާ ކަމަށެވެ.

އޭގެ އިރުކޮޅެއް ކުރިން، މާފަންނު މަދަރުސާގެ މައި ދޮރުން ކުޑަތަންކޮޅެއް އެތެރޭގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ އިލެކްޝަންސްގެ އޮފިޝަލުން އައިސް ވާހަކަ ދެއްކި ކަމަށް އޭނާ ބުންޏެވެ.

"އިލެކްޝަންސްގެ އޮފިޝަލަކު އައިސް ބުނަނީ ތިތަނުގައި ނުތިބޭނޭ ފާސް ނެތި، އެހެން ބުނުމުން އެމީހުން މި ބުނަނީ މިތިބީ ސްކޫލް ދޮރުކައިރީގައި ނޫންހޭ، ފާސް ނެތް މީހުން ކްލާސްތަކުގެ ދޮރުމަތީގައި ވެސް އެބަތިބި ނޫންހޭ؛" ކަމަށެވެ.

އޭނާ ކިޔައިދިން ގޮތުގައި އެމީހުން އެހެން ބުނުމުން އެ އޮފިޝަލް "އާނ އެންމެ ރަނގަޅޭ" ބުނެފައި އެނބުރި ދިޔަ ކަމަށެވެ.

"އެހެން އެކަން ވެފައި ވަނިކޮށް މިނިސްޓަރަކު ފާސް ނުލާ ވަދެގެން ދާތީ އެމީހުން މި ބުނަނީ ފާސްނުލާ އެގޮތައް ވަދެގެން ދެވޭހޭ؟ އެހެން ބުނި އަޑު އިވިގެން ސަރުކާރުގެ ބޮޑު މީހަކު އައިސް ވަރަށް ހަޅޭއްލަވާ އަޑުގަދަ ކުރަން ފެށީ؛" އޭނާ ކިޔައިދިނެވެ.

މިހާދިސާ ހިނގި ވަގުތު ނަގާފައިވާ އެތައް ވީޑިއޯ އެއް ވެސް ސޯޝަލް މީޑިއާ ގައި ވަނީ ވައިރަލް ވެފައެވެ. އެތަނުން އެއް ވީޑީއޯ އިން ފެންނަ ގޮތުގައި ހުއްޓިގެން މަޑުމަޑުން ތިބި އަންހެނުންތަކަކާ ދިމާލަށް އަތް އުކަމުން, ފުލުހުންނަށް އިޝާރާތްކޮށް "މިތަނުން ނެރޭށޭ" ގޮވާ، "ބޮޑެތި ވަގުން" ނޭ ގޮވާ ހަޅޭއްލަވާ މަންޒަރު ފެނެއެވެ.

އޭނާ އަތްއުކާ އަޑުގަދަ ކޮށް ހަޅޭއްލަވަމުން ދިޔައިރު، ފުލުހުންވެސް ހަމަ ޖެހިލައިގެން އޭނާ ކުރާނެ ކަމެއް ކުރަން ދޫކޮށްލައިގެން ތިބޭ މަންޒަރު ފެނެއެވެ.

އެތަނުގައި ގިނަ އަދަދެއްގެ އާންމުންވެސް އުޅެމުންދާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

އަމާނީ ރުޅިއައިސްގެ ހަޅޭއްލެވެމަށް ފަހު އެ ސަރަހައްދުން ދުރަށް ދިއުމުން އެތަނުގައި ހުރި މީހަކު "އަހަރެމެން ތިފެންވަރަކަށް ނުވެއްޓޭނެ" އޭ ބުނާ އަޑުވެސް އިވެއެވެ.

މީގެ ކުރިންވެސް ސަރުކާރުގެ މަތީ ފެންވަރުގެ ވެރިންތަކެއްގެ މިފަދަ މައްސަލަ އެއް ފެންމަތިވެފައިވެއެވެ. އޭރު އެމީހުން ފުރައްސާރަ ކޮށްފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށެވެ. އެކަމާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ބުރޫ އަރާ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރިއެވެ. އެ ހާދިސާ އަށް ފަހު ރާއްޖެ އަށް އިންޑިއާ އިން އަންނަމުން ދިޔަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސް އޭގެ ފަހުން އަދިވެސް އިންޑިއާ އިން ރާއްޖެ އަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ކުރީގެ އަދަދު ތަކާ އެއްވަރު ނުވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ފާހަގަ ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ފެބުރުއަރީ
"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"
20251 އަހަރު ކުރިން
ރިޕޯޓު

"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި
20233 އަހަރު ކުރިން
ރާއްޖެ

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި
20224 އަހަރު ކުރިން
ރާއްޖެ

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!
20215 އަހަރު ކުރިން
ރާއްޖެ

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު