Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯރަފުށީ ހާފްވޭ ހައުސް

ރައީސް ޞާލިހުގެ ސަރުކާރުގައި ހޯރަފުށީގައި ގާއިމްކުރި ހާފްވޭ ހައުސް ރައީސް މުއިއްޒު ހުޅުވައިދެއްވައިފި

ހާފްވޭ ހައުސް އިމާރާތް ކުރުމުގެ މަޝްރޫޢުއަކީ 15.6 މިލިއަން ރުފިޔާއަށް ރައީސް ޞާލިހުގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢުއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2025 | ބުރާސްފަތި 07:16
މިދިޔަ ސަރުކާރުން ހޯރަފުށީގައި ގާއިމްކުރި ހާފްވޭ ހައުސް ރައީސް މުއިއްޒު ހުޅުވައިދެއްވަނީ

މިދިޔަ ސަރުކާރުން ހޯރަފުށީގައި ގާއިމްކުރި ހާފްވޭ ހައުސް ރައީސް މުއިއްޒު ހުޅުވައިދެއްވަނީ

ކުރީހެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ހޯރަފުށީގައި ގާއިމުކޮށް ފުރިހަމަ ކޮށްފައިވާ ހާފްވޭ ހައުސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބުރާސްފަތި ދުވަހު ހެނދުނު ހުޅުވައިދެއްވައިފިއެވެ.

ހއ. ހޯރަފުށީ ހާފްވޭ ހައުސް އިމާރާތް ކުރުމުގެ މަޝްރޫޢުއަކީ 15.6 މިލިއަން ރުފިޔާއަށް ރައީސް ޞާލިހުގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ދަށުން، ގްރައުންޑް މަސައްކަތްތަކާއި، ކޮންކްރީޓް މަސައްކަތްތަކާއި، މޭޝަނަރީ އަދި ޕްލާސްޓަރިންގ މަސައްކަތްތަކާއި، ފުރާޅު އަދި ސީލިންގ މަސައްކަތްތަކާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ފިނިޝިންގ މަސައްކަތްތަކާއި، މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަމްބިންގް މަސައްކަތްތަކާއި، އަލިފާން ނިއްވާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ނިންމާލާފައިވަނީ 25 ޖެނުއަރީ 2024 ގައެވެ.

ސަރުކާރުން މި މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ކުރީ ސަރުކާރުން އިމާރާތް ފުރިހަމަ ކޮށް އެތަން ހުޅުވަން ތައްޔާރުކޮށް މުވައްޒަފުންލާފައި ވަނިކޮށް 6 ޖޫން 2024 ގައި ހާފްވޭ ހައުސް އުވާލުމަށްފަހު އެތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން މި ސަރުކާރުން ވަޒީފާއިން ވަކިކުރިއެވެ. މުވައްޒަފުން ވަޒިފާއިން ވަކިކޮށް ފޮނުވި ސިޓީގައި އެއިރު ބުނެފައިވަނީ ހޯރަފުށީގެ ހާފްވޭ ހައުސް އުވާލީ އެ ހިދުމަތް ދޭނެ ކުދިން ނެތުމުން ކަމަށެވެ. މީގެއިތުރުން، ހާފްވޭހައުސް އިމާރާތް ޖުވެނައިލް ރެޒިޑެންޝިއަލް ސެންޓަރަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހާފްވޭ ހައުސް ރަސްމީކޮށް ވަނީ ހުޅުވާފައެވެ. މިއީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ބައިތިއްބުމަށް ހަދާ ތަނެކެވެ. ހާފްވޭ ހައުސްގައި އެކި ކުށްތަކުގައި ގެންނަ ކުދިންނަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިން އަނބުރާ މުޖުތަމަޢުއަށް ނެރުމުގައި ބޭނުންވާ އެހީތެރިކަމާ ރިހެބިލިޓޭޝަން ފަރުވާ ފޯރުކޮށްދޭނެއެވެ.

މި ފެސިލިޓީ ތަރައްގީކޮށްފައިވަނީ ހޯރަފުށީގައި 10،000 އަކަފޫޓުގެ ބިމެއްގައެވެ. އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އޭރުގެ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ 29 ޖުލައި 2022 ގައި ބޭއްވުނު ބިންގާ އެޅުމުގެ ރަސްމިއްޔާތުގައެވެ.

ހޯރަފުށީ ހާފްވޭ ހައުސްޖުވެއިނަލް ޖަސްޓިސް ޔުނިޓްދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު