Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއިއްޒު ހއ. އަތޮޅަށް

ރައީސް މުއިއްޒު ހއ. އަށް ކުރައްވާ ދަތުރުފުޅުގެ ވަފުދުގައި 59 ބޭކަލުން

ރަސްމީ މީޑިއާ އާއި ސޯޝަލް މީޑިއާ އަށް ޚާއްސަ ކޮށް މީހުން ވަފުދު ގައި ހިމެނިފައިވޭ

ރާއްޖެ އެމްވީ | 27 ޖެނުއަރީ 2025 | ހޯމަ 16:56
ދިއްދޫގައި ސަރުކާރުން އެއަރޕޯޓެއް އެޅުމަށް މަޖިލިސް އިންތިޚާބުގައި ކޮންޓްރެކްޓްގައި ސޮއި ކުރުމަށް ފަހު އެއްވެސް ކަމެއް ކޮށްފައި ނުވާތީ ބެނަރ އެއްގައި އެވާހަކަ ބުނެފައި

ދިއްދޫގައި ސަރުކާރުން އެއަރޕޯޓެއް އެޅުމަށް މަޖިލިސް އިންތިޚާބުގައި ކޮންޓްރެކްޓްގައި ސޮއި ކުރުމަށް ފަހު އެއްވެސް ކަމެއް ކޮށްފައި ނުވާތީ ބެނަރ އެއްގައި އެވާހަކަ ބުނެފައި

ރައީސް މުހައްމަދު މުއިއްޒު ތިލަދުއްމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ވަފުދުގައި 59 ބޭކަލުން ހިމެނެއެވެ.

ޖެނުއަރީ މަހުގެ 28 ވާ އަންގާރަ ދުވަހުން 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ހއ. ގެ 10 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މުއިއްޒުގެ ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަ ޖެހިފައިވަނީ މުރައިދޫ، ފިއްލަދޫ، އުތީމު، ދިއްދޫ، ތަކަންދޫ، މާރަންދޫ، އިހަވަންދޫ، ހޯރަފުށި، މޮޅަދޫ އަދި އުލިގަމަށެވެ.

މުއިއްޒުގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލް އާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އާއި ރަށުގެ މުއައްސަސާ ތަކުގެ އިސްވެރިންނާ ބައްދަލު ކުރުމަށް ހަމަ ޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މުއިއްޒުގެ ދަތުރުފުޅުގައި 9 ކެބިނެޓް މިނިސްޓަރުން ހިމެނުމުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރުންނާއި ބައެއް ކުންފުނިތަކުގެ އެމްޑީން ނާއި އެ ދާއިރާތަކުގެ މަޖިލިސް މެމްބަރުން ވެސް ހިމެނެއެވެ.

މުއިއްޒުގެ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން އެޑްވާންސް ޓީމުގެ ގޮތުގައި ސަޕޯޓް ސްޓާފުންގެ ޓީމެއް އެ ސަރަހައްދަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަޕޯޓް ސްޓާފުންގެ ގޮތުގައި 21 މީހުން ގެ ޓީމެއް ގެންދަވާއިރު އޭގެ ތެރޭގައި ސެކިއުރިޓީ އޮފިޝަލުންގެ އިތުން ފޮޓޯ ނަގާ މީހުންނާއި ވީޑިއޯ ނަގާ މީހުންނާއި އިދާރީ މީހުން ހިމެނެއެވެ.

އޭގެ އިތުރުން އެޑްވާންސް ޓީމުގައި ޕަބްލިކް ސާވިސް މީޑީއާގެ 7 މީހުން ދަތުރުފުޅުގެ މަންޒަރުތައް ވަގުތުން ގެނެސްދިނުމަށް ކުރިން އެ ސަރަހައްދަށް ވަނީ ފޮނުވާފައެވެ.

މީގެ އިތުރުން މީޑިއާ ގެ ގޮތުގައި 10 މީހުން މި ދަތުރުފުޅުގައި އަރިހުގައި ގެންދަވައެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ މީހުންގެ ގޮތުގައި 4 މީހުން ހިމެނެއެވެ. ފަރުދުން، ވަގުތު، ސަންގު، ޒުވާން ޖީލު، އަދި މިހާރު ނޫހުގެ މަންދޫބުންވެސް އަރިހުގައި ގެންދަވައެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅާ ގުޅިގެން ސަރުކާރުން ރަށްރަށުގައި ތަރައްގީގެ އެއްވެސް މަސައްކަތެއް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާތީ ސުލްހަވެރި ކަމާއެކު އިހްތިޖާޖު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ފުލުހުން މެދުވެރިކޮށް ހުރަސް އަޅަމުން ގެންދާ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

ސަރުކާރުން ބޮޑެތި ޚަރަދުތައް ކޮށްގެން ބޮޑެތި ވަފުދު ތައް ގޮވައިގެން ރަށްރަށަށް ރައީސް މުއިއްޒު ވަޑައިގަންނަވާ އިރު ސަރުކާރުގެ ފުރަތަމަ އަހަރު ރާއްޖޭގެ ރަށްރަށުގައި ފަށާފައި ހުރި ތަރައްގީގެ މަސައްކަތްތައް ކުރިއަށް ނުގެންދެވުނީ ކުރީ ސަރުކާރުން ބަޖެޓް ހަދާފައި އޮތް ގޮތުން ކަމަށް ރައްޔިތުންގެ ބައްދަލުވުން ތަކުގައި މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުހއ. އަތޮޅު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު