Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމުސްލިމުން މަނާ ކުރުން

މުސްލިމުން އެމެރިކާ އަށް އެތެރެވުން މަނާ ކުރަނީ

އެމެރިކަން-އަރަބް އެންޓި-ޑިސްކްރިމިނޭޝަން ކޮމިޓީ (އޭޑީސީ) އިން ބުނެފައިވަނީ މި އަމުރު 2017 ގެ "މުސްލިމް ބޭން" އަށްވުރެ ފުޅާވެގެންދާ ކަމަށެވެ. އެއީ ދީނީ ފިކުރަށް ބަލައިގެން ވިސާ ދިނުން މަނާ ކުރުމަށާއި އެމެރިކާ އިން މީހުން ބޭރު ކުރުމަށް ސަރުކާރަށް "ފުޅާ ދާއިރާއެއް" ގައި ބާރު ތައް ލިބިދޭތީ ކަމުގައެވެ.

ރާއްޖެ އެމްވީ | 25 ޖެނުއަރީ 2025 | ހޮނިހިރު 03:50
2018 ޖޫން 26 - ރައީސް ޓްރަމްޕް ގެ ފުރަތަމަ ދައުރުގައި މުސްލިމް 5 ގައުމެއްގެ ރައްޔިތުން އެމެރިކާ އަށް އެރުން މަނާ ކުރުމުގެ އަމުރަށް ސްޕުރީމް ކޯޓުން ތާއީދު ކުރުމުން މުޒާހަރާ ކުރަނީ

2018 ޖޫން 26 - ރައީސް ޓްރަމްޕް ގެ ފުރަތަމަ ދައުރުގައި މުސްލިމް 5 ގައުމެއްގެ ރައްޔިތުން އެމެރިކާ އަށް އެރުން މަނާ ކުރުމުގެ އަމުރަށް ސްޕުރީމް ކޯޓުން ތާއީދު ކުރުމުން މުޒާހަރާ ކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ސޮއި ކުރެއްވި އެގްޒެކެޓިވް އަމުރާ އެކު މުސްލިމުން އެމެރިކާ އަށް ދަތުރުފަތުރު ކުރުން މަނާ ކޮށްފާނެ ކަމަށް ބެލެން ފަށައިފިއެވެ.

އެމެރިކާގެ މަދަނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން، ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވި މި އަމުރާ ގުޅިގެން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެފަރާތްތަކުން ބުނާގޮތުގައި މިއީ މުސްލިމުން ގިނަ ޤައުމުތަކަށް އަމާޒުކޮށް މުސްލިމުން އެމެރިކާ އަށް ދަތުރުފަތުރު ކުރުން މަނާކުރުމަށް މަގުފަހިކޮށްދޭ އަމުރެކެވެ.

ހޯމަ ދުވަހު ނެރެނު މި ރިޔާސީ އަމުރުގެ ސަބަބުން، މިހާރުވެސް އެމެރިކާގައި ޤާނޫނީ ގޮތުން ދިރިއުޅެމުންދާ ބިދޭސީންނަށް އަމާޒު ކުރެވިދާނެ ކަމަށާއި، އަދި ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތުކުރާ ބޭރު ގައުމުތަކުގެ ދަރިވަރުންނާ ދެކޮޅަށް ފިޔަވަޅު އެޅިދާނެ ކަމަށް މާހިރުން ބުނެއެވެ.

އިންޓަރނޭޝަނަލް ރެފިއުޖީ އެސިސްޓަންސް ޕްރޮޖެކްޓް (އައިރެޕް) ގެ ޤާނޫނީ ވަކީލެއް ކަމުގައިވާ ދީޕާ އެލަގްސަން ބުނި ގޮތުގައި މި އައު އަމުރަކީ، 2017 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ދައުރުގައި މުސްލިމުންނަށް އަމާޒުކޮށް އެމެރިކާ އަށް ދަތުރުފަތުރު ކުރުން މަނާކުރުމަށް އެޅުއްވި ފިޔަވަޅަށް ވުރެ "މާ ބޮޑު އަދި މާ ނުބައި" އަމުރެކެވެ.

"މިހާރު މީގެ އެންމެ ނުބައި ކަމަކީ، ހަމައެކަނި އެމެރިކާ އަށް ވަންނަ މީހުން މަނާކުރުމެއް ނޫން، އޭގެ އިތުރުން މި އަމުރުގެ ދަށުން އެމެރިކާގައި ދިރިއުޅޭ މީހުން ގައުމުން ބޭރުކުރުމަށް ވެސް މި އަމުރު ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ،" އަލް ޖަޒީރާ އާ ވާހަކަ ދައްކަމުން އެލަގްސަން ބުންޏެވެ.

މި އައު އަމުރުގައި، ސަރުކާރުގެ އިސް ވެރިންނަށް އަންގަވާފައިވަނީ "ވެޓިންގ އަދި ސްކްރީނިންގ މަޢުލޫމާތު އެއްކުރުމުގައި ހަރުދަނާކަން ކުޑަވުމުގެ ސަބަބުން އެ ޤައުމުތަކުގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މުޅިން ނުވަތަ ކޮންމެވެސް މިންވަރަކަށް ހުއްޓުވަން ޖެހޭވަރުގެ ޤައުމުތަކުގެ ލިސްޓެއް އެކުލަވާމުމަށެވެ."

މި އަމުރުގައި އިތުރަށް ބުނެފައިވަނީ 2021 އިން ފެށިގެން - ޖޯ ބައިޑަންގެ ވެރިކަމުގައި – އެ ޤައުމުތަކުން އެމެރިކާ އަށް އެތެރެވެފައިވާ ރައްޔިތުންގެ އަދަދު ދެނެގަތުމަށާއި، އެމީހުންގެ "ޢަމަލުތަކާއި ހަރަކާތްތަކާ" ގުޅޭ "ކަމާބެހޭ" މަޢުލޫމާތު އެއްކުރުމަށެވެ.

ވައިޓް ހައުސްއިން އަންގާ ފައިވަނީ އެމެރިކާ އިން "އެފަދަ މީހުން ފޮނުވާލަން ބާރު ލިބޭ ފަދަ މަޢުލޫމާތެއް ފާހަގަ ކުރެވިއްޖެ ނަމަ" އެ އެފަދަ މީހުން ފޮނުވާލުމަށް "ވަގުތުން ފިޔަވަޅު" އެޅުމަށެވެ.

ޓްރަމްޕްގެ ރިޔާސީ އަމުރުގައި އިތުރަށް ބުނެފައިވަނީ، އެމެރިކާގައި ތިބި ބޭރު ގައުމުތަކުގެ މީހުންވެސް ހިމެނޭގޮތަށް، ބިދޭސީންނަކީ "އެމެރިކާގެ ރައްޔިތުންނާއި، ސަގާފަތާއި، ސަރުކާރާ ދެކޮޅަށް ޢަދާވާތްތެރި ވިސްނުމެއް" ގެންގުޅޭ މީހުންނަށް ނުވުމާއި، އަދި "ކަނޑައެޅިފައިވާ ބޭރުގެ ޓެރަރިސްޓުންނަށް ވަކާލާތުކުރުމާއި، އެހީތެރިވުމާއި، ތާއީދު" ނުކުރާކަން ޔަގީންކުރުމަށް ސަރުކާރުން މަސައްކަތްކުރަންވާނެ ކަމަށެވެ.

"ބޭރުގެ ޓެރަރިސްޓުންނާއި އެހެނިހެން ޤައުމީ ސަލާމަތާއި ޢާންމު ރައްކާތެރިކަމުގެ ނުރައްކާތަކުން އެމެރިކާ ރައްކާތެރިކުރުން" މި ނަމުގައި ނެރެފައިވާ މި އަމުރުގެ ސަބަބުން، 2017 ގެ ދަތުރުފަތުރުގެ ހަނިކުރުން ތަކަށްވުރެ (އާންމުކޮށް "މުސްލިމް ބޭން" ގެ ގޮތުގައި މަޝްހޫރުވެފައިވާ) ބޮޑަށް އެމެރިކާގައި ދިރިއުޅެމުންދާ ބޭރު ގައުމުތަކުގެ ޢާއިލާތަކަށް ގެއްލުން ލިބިދާނެ ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މި އަމުރުގެ ސަބަބުން ސަރުކާރުން އަމާޒުކުރަން ބޭނުންވާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާގެ އޭޖެންސީތަކަށް ފުޅާ ދާއިރާ އެއްގައި ބާރުތައް ލިބިދެއެވެ.

މި އަމުރު ޝާއިޢުކުރުމާއެކު އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާޢަތްތަކުން މި އަމުރު ކުށްވެރިކޮށްފައިވެއެވެ.

އެމެރިކަން-އަރަބް އެންޓި-ޑިސްކްރިމިނޭޝަން ކޮމިޓީ (އޭޑީސީ) އިން ބުނެފައިވަނީ މި އަމުރު 2017 ގެ "މުސްލިމް ބޭން" އަށްވުރެ ފުޅާވެގެންދާ ކަމަށެވެ. އެއީ ދީނީ ފިކުރަށް ބަލައިގެން ވިސާ ދިނުން މަނާކުރުމަށާއި އެމެރިކާއިން މީހުން ބޭރު ކުރުމަށް ސަރުކާރަށް "ފުޅާ ދާއިރާއެއް" ގައި ބާރު ތައް ލިބިދޭތީ ކަމުގައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު