Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫއެސްއެއިޑް

އެމެރިކާ އިން ދޭ ބޭރުގެ އެހީ ހުއްޓާލައިފި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ފޮނުވި ކޭބަލްގައި ބުނެފައިވަނީ މިހާރު ފޯރުކޮށްދެމުންދާ ބޭރުގެ އެހީތެރިކަން ވަގުތުން ހުއްޓާލުމަށާއި އަދި މުޅިން އަލަށް ދިނުމަށް ނިންމާފައިވާ އެހީ މަޑުޖައްސާލުމަށެވެ. ކޭބަލްގައި ބުނެފައިވާ ގޮތުގައި، ކުރިއަށް އޮތް މަހުގައި، އެމެރިކާއިން ފޯރުކޮށްދޭ އެހީ "ރައީސް ޓްރަމްޕްގެ ބޭރު ސިޔާސަތުގެ އެޖެންޑާއާ އެއްގޮތްވޭތޯ" ބެލުމަށް މިންގަނޑުތަކެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ރާއްޖެ އެމްވީ | 25 ޖެނުއަރީ 2025 | ހޮނިހިރު 01:52
ޔޫއެސްއެއިޑްގެ ދަށުން ފޮނުވާފައިވާ އެހީ އެއަރޕޯޓެއްގެ އޮފިޝަލުން ޗެކް ކުރަނީ

ޔޫއެސްއެއިޑްގެ ދަށުން ފޮނުވާފައިވާ އެހީ އެއަރޕޯޓެއްގެ އޮފިޝަލުން ޗެކް ކުރަނީ

ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ނެރުއްވި ފުޅާ ދާއިރާއެއްގެ އެގްޒެކެޓިވް އޯޑަރެއްގެ ދަށުން 90 ދުވަހުގެ މުއްދަތަކަށް އެމެރިކާ އިން ދޭ ބޭރުގެ އެހީ ހުއްޓާލުމަށް އަމުރުކުރެއްވުމާ ގުޅިގެން، މިހާރުން މިހާރަށް ދުނިޔޭގެ ހުރިހާ ތަނަކަށް އެހީ ދިނުން ހުއްޓާލައިފިއެވެ. 

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ހުކުރު ދުވަހު އެމެރިކާގެ ހުރިހާ ޑިޕްލޮމެޓިކް ޕޯސްޓްތަކަށް މި ނިންމުން ތަންފީޒު ކުރުމަށް ކޭބަލް އެއް ފޮނުއްވާފައެވެ.

ސީއެންއެންއިން އިން ބުނެފައިވަނީ ޚާރިޖީ ވަޒީރުގެ މި މެސެޖް ފެނިފައިވާ ކަމަށާއި އޭގައި މި ފިޔަވަޅުގެ ތަފްސީލުތައް ބަޔާންކޮށްފައިވާ ކަމަށެވެ. މި ފިޔަވަޅުގެ ސަބަބުން ސްޓޭޓް ޑިޕާޓްމަންޓާއި ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން ދުނިޔޭގެ އެކި ޕްރޮގްރާމްތަކަށް ދޭ ބިލިއަން ޑޮލަރުގެ ފަންޑިންގ ނުރައްކަލުގެ ތެރެއަށް ވެއްޓޭނެއެވެ. 

އެމެރިކާ އިން ދޭ އެހީތެރިކަމަކީ ކޮންގްރެސްގެ ރިޕަބްލިކަނުންނާއި ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލުންގެ ކަންބޮޑުވުމުގެ ޓާގެޓަކަށް ވެފައިވާ ކަމެކެވެ. ނަމަވެސް މި ފަންޑިންގ އަކީ މުޅި ޔޫއެސް ބަޖެޓުގެ ވަރަށް ކުޑަ މިންވަރެއް ކަމަށް ސީއެންއެން އިން ބުނެފައިވެއެވެ. އެގްޒެކެޓިވް އޯޑަރާއި އޭގެ ފަހުން ސްޓޭޓް ޑިޕާޓްމަންޓުން ފޮނުވި ކޭބަލްގެ ސަބަބުން އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ވަނީ ހައިރާންވެފައެވެ. 

ކޭބަލްގައި ބުނެފައިވަނީ މިހާރު ފޯރުކޮށްދެމުންދާ ބޭރުގެ އެހީތެރިކަން ވަގުތުން ހުއްޓާލުމަށާއި އަދި މުޅިން އަލަށް ދިނުމަށް ނިންމާފައިވާ އެހީ މަޑުޖައްސާލުމަށެވެ. ކޭބަލްގައި ބުނެފައިވާ ގޮތުގައި، ކުރިއަށް އޮތް މަހުގައި، އެމެރިކާއިން ފޯރުކޮށްދޭ އެހީ "ރައީސް ޓްރަމްޕްގެ ބޭރު ސިޔާސަތުގެ އެޖެންޑާއާ އެއްގޮތްވޭތޯ" ބެލުމަށް މިންގަނޑުތަކެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

"ޕްރޮގްރާމްތައް ކުރިއަށް ގެންދާނީތޯ، ބަދަލުކުރާނީތޯ ނުވަތަ ހުއްޓާލާނީތޯ ނިންމާނީ މި މުރާޖަޢާއަށް ފަހުގައެވެ،" ކޭބަލްގައި ބުނެފައިވެއެވެ. އަދި މިފަދަ މުރާޖަޢާއެއް 85 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. 

ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު އެންގުމުގައި ކުއްލި ކާބޯތަކެތީގެ އެހީއާއި އިސްރާއީލާއި މިޞްރަށް ދޭ އަސްކަރީ ފައިނޭންސިންގ އިސްތިސްނާކޮށްފައިވެއެވެ.                   

އެހެން ނަމަވެސް މި އެންގުމުގައި ޔުކްރެއިން ނުވަތަ ތައިއިވާން ފަދަ އެމެރިކާ އިން އަސްކަރީ ގޮތުން މާލީ އެހީދޭ އެހެން އެއްވެސް ޤައުމެއް އިސްތިސްނާ ކޮށްފައެއް ނުވެއެވެ.

އިންސާނީ އެހީ ފޯރުކޮށް ދިނުމުގައި މަސައްކަތް ކުރާ އޮފިޝަލަކު ސީއެންއެންއަށް ބުނި ގޮތުގައި، ވަކި ސަރަޙައްދުތަކަށް ދޭ އެހީތެރިކަން ކުޑަކުރުމަށް ނުވަތަ ބަދަލުކުރުމަށް ވިސްނި ނަމަވެސް، ފުޅާ ދާއިރާއެއްގައި މިފަދަ ގޮތަކަށް އަދި ވަގުތުން އެހީ ދިނުން ހުއްޓާލުމަކީ އެމީހުން އުއްމީދު ކުރި ގޮތެއް ނޫނެވެ. އޭނާ ބުނި ގޮތުގައި ދުނިޔޭ އަށް އިންސާނީ އެހީގެ ބޭނުން ވަރަށް ބޮޑަށް އޮތް ދަނޑިވަޅެއްގައި، ދުނިޔޭގެ އެންމެ ބޮޑު އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތް ކަމުގައިވާ އެމެރިކާ އިން ދޭ އެހީތެރިކަން ހުއްޓާލުމަކީ ވަރަށް ގެއްލުން ބޮޑު ކަމަކަށް ވެދާނެއެވެ. 

ޓްރަމްޕްގެ އެގްޒެކެޓިވް އޯޑަރުގައި ބުނެފައިވާ ގޮތުގައި އެމެރިކާ އިން ފޯރުކޮށްދެމުން އަންނަ ބައެއް އެހީ އަކީ އެމެރިކާގެ މަޞްލަޙަތުތަކާ އެއްގޮތް ނޫން އަދި ގިނަ ފަހަރު އެމެރިކާގެ މަސްލަހަތުތަކާ މުޅިން އިދިކޮޅަށް ދެވޭ އެއްޗެއް ކަމުގައި ބެލޭ ކަމަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

17 ޖެނުއަރީ 2017
އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު