Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ

ސައުދީ އަރަބިއްޔާގެ ގައުމީ ސަލާމުގެ މިޔުޒިކް އަލުން ހަދަން މަޝްހޫރު ޔަހޫދީ މިއުޒިކް ކޮމްސޯރ ޒިމަރ އާ ހަވާލު ކުރަނީ

ރިޔާދުގައި "ބޮޑު" ކޮންސަޓެއް ބޭއްވުމަށް ވެސް ޒިމަރ އަށް ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަރޓެއިންމަންޓް އޮތޯރިޓީ އިން ވަނީ ހުށަހަޅާފައި.

ރާއްޖެ އެމްވީ | 24 ޖެނުއަރީ 2025 | ހުކުރު 19:34
ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަރޓެއިންމަންޓް އޮތޯރިޓީގެ ޗެއަރމަން ތުރުކީ އަލް ޝިޚް (ވ) ހަންސް ޒިމަރ އާ އެކު

ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަރޓެއިންމަންޓް އޮތޯރިޓީގެ ޗެއަރމަން ތުރުކީ އަލް ޝިޚް (ވ) ހަންސް ޒިމަރ އާ އެކު

އޮސްކާ އެވޯޑް ކާމިޔާބުކޮށްފައިވާ މަޝްހޫރު މިއުޒިކް ކޮމްޕޯސަރ ހަންސް ޒިމަރ އަށް ސައުދީ އަރަބިއްޔާގެ ޤައުމީ ސަލާމުގެ މިޔުޒިކު އަލުން ތައްޔާރުކޮށްދިނުމަށް އެދި ހުށަހަޅައިފި އެވެ. 

1994 ވަނަ އަހަރުގެ "ދަ ލަޔަން ކިންގް"، "ޑޫން" އަދި "ޑާކް ނައިޓް" ފަދަ މަޝްހޫރު ފިލްމު ތަކުގެ މިޔުޒިކް ތައްޔާރު ކުރި ޒިމަރ ވަނީ މި މަޝްރޫޢުގެ "ލަނޑުދަނޑިތަކަށް" ޖުމްލަ ކޮށް އެއްބަސްވެފައި ކަމަށް ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަރޓެއިންމަންޓް އޮތޯރިޓީގެ ޗެއަރމަން ތުރުކީ އަލް ޝިޚް ވަނީ ހާމަ ކޮށްފައެވެ.

މަޝްވަރާ ތަކަށް ފަހު، ސައޫދީ އޮފިޝަލް ވަނީ އެކްސް (ޓްވިޓަރ) ގައި މަޝްހޫރު ކޮމްޕޯސަރާއެކު ނަގާފައިވާ ފޮޓޯއެއް ޕޯސްޓްކޮށް، "މިހާރުގެ އެންމެ މޮޅު މިއުޒިކް ކުޅޭ މީހުންގެ ތެރެއިން އެކަކު ކަމުގައިވާ ހަންސް ޒިމަރ އާ މިއަދު ބައްދަލުކުރިން؛" ކަމަށް ލިޔެފައެވެ.

އޭނާ ބުނި ގޮތުގައި ދެފަރާތުން ވަނީ އަވަހަށް "އަލިކަން ފެންނާނެ" އެތައް މަޝްރޫޢުތަކަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.

މަޝްވަރާކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ސައޫދީ ޤައުމީ ސަލާމުގެ މިޔުޒިކް ތަފާތު އިންސްޓްރޫމަންޓްތައް ބޭނުންކޮށްގެން އަލުން ހެދުމާއި، "އަރޭބިއާ" ގެ ނަމުގައި މިއުޒިކް ޕީސް އެއް އުފެއްދުން ހިމެނެއެވެ. އަލް ޝިޚް އިތުރަށް ބުނެފައިވަނީ ދެފަރާތުން ވަނީ ރިޔާދުގައި "ބޮޑު" ކޮންސަޓެއް ބޭއްވުމާ ބެހޭގޮތުންނާއި، "ޔަރްމޫކް ހަނގުރާމަ" އިގެ ފިލްމުގެ ސައުންޑްޓްރެކް އުފެއްދުމާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ.

"އަޅުގަނޑުމެން މި ހުރިހާ މަޝްރޫޢު ތަކަކަށް ޖުމްލަކޮށް އެއްބަސްވެފައި ވަނީ، އަދި އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑުމެންނަށް މިކަންކަމާމެދު ފައިނަލް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް،" ޝިޚް ބުނެފައިވެއެވެ. 

ސަޢޫދީ ޤައުމީ ސަލާމް، "ޢާޝް އަލް-މަލިކް" (ރަސްގެފާނު ދިގު ޢުމުރެއްގައި ލަހައްޓަވާށި) ލިޔުނީ، ޢަބްދުލްޢަޒީޒް ރަސްގެފާނު ގެ އެދިވަޑައިގަތުމުގެ މަތިން، 1947 ވަނަ އަހަރު މިޞްރުގެ ކޮމްޕޯސަރ ޢަބްދުއްރަޙްމާން އަލް-ޚަޠީބް އެވެ. 

1999 ވަނަ އަހަރު ބަރލިން ފިލްމު ފެސްޓިވަލްގައި ވާހަކަ ދައްކަމުން ޒިމަރ ހާމަކޮށްފައިވާ ގޮތުގައި އޭނާއަކީ ޔަހޫދީއެއް ކަމަށާއި، އަދި އޭނާގެ މަންމަ ދެވަނަ ބޮޑު ހަނގުރާމައިން ސަލާމަތްވީ 1939 ވަނަ އަހަރު ޖަރުމަނު ވިލާތުން ފިލައިގެން އިނގިރޭސި ވިލާތަށް އައުމުގެ ސަބަބުން ކަމަށެވެ.

ޒިމަރ ވަނީ މެދުއިރުމަތީގައި އެތައް ފަހަރަކު ޕަރފޯމްކޮށްފައެވެ. އެންމެ ފަހުން އޭނާ ޔޫއޭއީ އަށް ޒިޔާރަތްކޮށް ކޮންސަޓެއް ދިނީ މޭ 2024 ގައެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ

02 މެއި 2017
ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު