Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ ކުޑަދިންގެ ހާލަތާ ބެހޭ ގޮތުން ސަލާމަތީ މަޖިލިސް ބައްދަލު ކޮށްފި

ހަނގުރާމަ ފެށުނީއްސުރެ ޣައްޒާގައި 14،500 އަށްވުރެ ގިނަ ކުޑަކުދިން މަރުވެފައިވާއިރު، ޣައްޒާގެ އެއް މިލިއަން ކުދިންނަށް ނަފްސާނީ އެހީތެރިކަން ބޭނުންވެފައިވެއެވެ.

ރާއްޖެ އެމްވީ | 24 ޖެނުއަރީ 2025 | ހުކުރު 09:58
2025 ޖެނުއަރީ 20 - އަލްޖީރިއާގެ ރިޔާސަތުގެ ދަށުން ޣައްޒާގެ ކުޑަކުދިންގެ ހާލަތާ ބެހޭ ގޮތުން ސެކިއުރިޓީ ކައުންސިލް ބައްދަލުވަނީ

2025 ޖެނުއަރީ 20 - އަލްޖީރިއާގެ ރިޔާސަތުގެ ދަށުން ޣައްޒާގެ ކުޑަކުދިންގެ ހާލަތާ ބެހޭ ގޮތުން ސެކިއުރިޓީ ކައުންސިލް ބައްދަލުވަނީ

އަލްޖީރިއާގެ ރިޔާސަތުގެ ދަށުން، އދ. ގެ ސަލާމަތީ މަޖިލިސް އިއްޔެ ރޭ ބައްދަލުވެ، 15 މަސް ދުވަހަށް އިސްރާއީލުން ދެމުންދިޔަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކޮށްފިއެވެ. 

އދ. ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ފޮރ ހިއުމެނިޓޭރިއަން އެފެއާޒް އެންޑް އެމަރޖެންސީ ރިލީފް ކޯޑިނޭޓަރ، ޓޮމް ފްލެޗަރ، ވަނީ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާފައެވެ. އޭނާގެ ބްރީފިންގގައި ޣައްޒާގެ ކުޑަކުދިން ކުރިމަތިލާން ޖެހިފައިވާ ނުރައްކާތެރި ހާލަތު ފާހަގަ ކުރެއްވިއެވެ. 

އޭނާ ތަފްޞީލުކޮށްދެއްވީ، ގިނަ އަދަދެއްގެ ކުދިން މަރުވެފައިވާކަމާއި، އާއިލާތަކުން ވަކިވެފައިވާކަމާއި، އަދި ބޮޑެތި އަނިޔާތަކާއި ނަފްސާނީ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާކަމެވެ. އަންދާޒާކުރެވޭ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން 17،000 ކުދިން ވަނީ އެކުދިންގެ އާއިލާތަކުން ވަކިވެފައެވެ. އަދި ބައެއް ކުދިން ވަނީ އެކުދިންގެ މައިންނާއެކު ވިހެއުމުގެ ތެރޭގައި މަރުވެފައެވެ. 

ފްލެޗަރ އިތުރަށް ފާހަގަކުރެއްވީ، ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތެވެ. އެގޮތުން ގިނަ ކުދިންނަށް ސްކޫލަށް ދިއުމުގެ ފުރުޞަތު ގެއްލިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ރިޕޯޓުކުރެއްވި ގޮތުގައި، ޣައްޒާގެ އެއް މިލިއަން ކުދިންނަށް ނަފްސާނީ އެހީތެރިކަން ބޭނުންވެފައިވެއެވެ. އެކުދިން ވަނީ ކަންބޮޑުވުމާއި ހިތްދަތިކަމުގެ ތެރެއަށް ވެއްޓިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން މުޅި ޖީލަށް ދާއިމީ ނަފްސާނީ ގެއްލުންތަކެއް ވަނީ ލިބިފައެވެ. 

މި ބޮޑެތި ގޮންޖެހުންތަކާ އެކުވެސް، ފްލެޗަރ ފާހަގަކުރެއްވި ގޮތުގައި، އދ. އާއި އެ ޖަމްޢިއްޔާގެ ބައިވެރިން ވަނީ ހަނގުރާމަ ހުއްޓުމަކަށް އައިސްފައިވާ ކޮންމެ ވަގުތެއްގެ ބޭނުން ހިފައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް އިތުރުކޮށްފައެވެ. ޣައްޒާއަށް ވަދެވޭ މިންވަރު އިތުރުވުމާއެކު، އެހީ ފޯރުކޮށްދޭ އޭޖެންސީތަކަށް ވަނީ އިތުރު ތަކެތި ފޯރުކޮށްދީ، އަދި ދިރިއުޅުން ސަލާމަތް ކުރުމަށް ބޭނުންވާ ޚިދުމަތްތައް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދީފައި ކަމަށް އޭނާ ވިދާޅުވިއެވެ. 

ހުޅަނގު އައްސޭރީގެ ހާލަތާ ބެހޭގޮތުންވެސް އޭނާ ވާހަކަފުޅު ދެއްކެވިއެވެ. ފްލެޗަރ ރިޕޯޓުކުރެއްވި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން، އެހާތަނަށް ދުވަހަކުވެސް ނުފެންނަ މިންވަރަށް މީހުން މަރުވުމާއި، ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވުމާއި، އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްތައް ކުރިމަތި ވެފައިވެއެވެ. އޭނާ އަލިއަޅުވާލެއްވީ ފަލަސްޠީނު ރަށްތަކުގައި އިސްރާއީލުގެ ވަޒަންވެރިންގެ އަނިޔާވެރިކަން އިތުރުވެފައިވާ ކަމަށާއި، އަދި އަސާސީ ޚިދުމަތްތައް ލިބިގަތުމަށް ހުރަސް އެޅޭ ގޮތަށް ދަތުރުފަތުރު ކުރުމުގެ މިނިވަން ކަމަށް ހުރަސްތައް އިތުރު ވަމުންދާ ކަމަށެވެ. 

ފްލެޗަރގެ ވަނީ ސަލާމަތީ މަޖިލީހަށްމުހިންމު ތިން ކަމެއް ހުށަހަޅުއްވާފައެވެ. އެއީ ހަނގުރާމަ ހުއްޓުން ދެމެހެއްޓުމާއި، ޣައްޒާ އަދި ހުޅަނގު އައްސޭރީގައި ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒުކުރުމާއި، އަދި އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކަށް އެކަށީގެންވާ ފަންޑިންގ ލިބޭކަން ޔަޤީންކުރުމެވެ.

އޭނާ ފާހަގަކުރެއްވީ 2025 ވަނަ އަހަރުގެ އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި، ޣައްޒާ އަދި ހުޅަނގު އައްސޭރި ގައި ދިރިއުޅޭ 3 މިލިއަން މީހުންނަށް އެހީތެރި ވުމަށް ގާތްގަނޑަކަށް 4 ބިލިއަން ޑޮލަރު ހޯދުމަށް އެދިފައިވާނެކަމެވެ. 

ފްރާންސް އިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު، އެމްބެސެޑަރ ނިކޮލަސް ޑި ރިވިއޭރ، ޔުނިސެފްގެ ތަފާސްހިސާބު ތަކަށް ހަވާލާދެއްވައި ވިދާޅުވި ގޮތުގައި، މި ހަނގުރާމަ ފެށުނީއްސުރެ ޣައްޒާގައި 14،500 އަށްވުރެ ގިނަ ކުޑަކުދިން މަރުވެފައިވެއެވެ. މިއީ ވޭތުވެދިޔަ ހަތަރު އަހަރު ދުނިޔޭގެ އެކި ހަނގުރާމަތަކުގައި މަރުވެފައިވާ ކުޑަކުދިންގެ އަދަދަށްވުރެ ގިނަ އަދަދެކެވެ. 

އޭނާ ގޮވާލެއްވީ ފަލަސްޠީނު ކުޑަކުދިންނަށް ކުރިމަތިވެފައިވާ ޤަބޫލުކުރަން ވެސް އުނދަގޫ މިންވަރުގެ  އަނިޔާތައް ނިމުމަކަށް ގެނައުމަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށެވެ. ޣައްޒާ އިން ބަލިމީހުން އިތުރު ފަރުވާ އަށް ބޭރަށް ގެންދިއުން ފަދަ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތައް ފްރާންސުން ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އެމެރިކާ އިން އދ އަށް ޑައަޅާފައިވާ ޑެޕިއުޓީ އެމްބެސެޑަރ، ޑޮރޮތީ ޝީއާ، ވެސް މަޖިލީހާ މުޚާޠަބުކުރެއްވިއެވެ. އޭނާ ކަންބޮޑުވުން ފާޅު ކުރެއްވީ ހަނގުރާމަ ހުއްޓާލުމާ ގުޅިގެން ހަމާސްގެ ބަންދުގައި ތިބި އިސްރާއީލުގެ ރަހީނުން ދޫކޮށްލުމުގެ ކަންކަން ލަސްވަމުންދާތީއެވެ. 

އޭގެ އިތުރުން ފަލަސްޠީނު އާންމު ރައްޔިތުންނަށް، ޚާއްޞަކޮށް ކުޑަކުދިންނަށް ބޮޑެތި އަނިޔާތައް ކުރިމަތިވެފައިވާ ކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން، ހަނގުރާމައިގެ ސަބަބުން އެކުދިންގެ އާއިލާގެ މެންބަރުން ގެއްލި، ތަޢުލީމު ގެއްލި، އަދި ގެދޮރު ގެއްލިފައި ވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

24 ޖޫން 2017

ފަޔަރ ސޭފްޓީ ހުރި ގޮތުން ލަންޑަންގެ ހަތަރު އިމާރާތަކުން މީހުން ހުސްކޮށްފި

24 ޖޫން 2017
ފަޔަރ ސޭފްޓީ ހުރި ގޮތުން ލަންޑަންގެ ހަތަރު އިމާރާތަކުން މީހުން ހުސްކޮށްފި
07 ޖޫން 2017

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
31 މެއި 2017

މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް

31 މެއި 2017
މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް
29 މެއި 2017

އަބޭދީއާ ގުޅޭ ގޮތުން ލިބުނު އިންޒާރުތަކާ މެދު އެމްއައި5 އިން އަމަލު ކުރި ގޮތް މުރާޖައާ ކުރަނީ

29 މެއި 2017
 އަބޭދީއާ ގުޅޭ ގޮތުން ލިބުނު އިންޒާރުތަކާ މެދު އެމްއައި5 އިން އަމަލު ކުރި ގޮތް މުރާޖައާ ކުރަނީ
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު