Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ ރަސްގެތީމު ދަތުރުފުޅު

ރަސްގެތީމުގެ ތަރައްޤީއަށް ވި ވައުދުތަކުގެ ހަޤީޤީ ކުލަ މިއަހަރުގެ ތެރޭގައި ޖެހިގެން ދާނެ: ރައީސް

21 ޖެނުއަރީ 2025 | އަންގާރަ 12:34
އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 21 ޖެނުއަރީ 2025 | އަންގާރަ 12:34
ރައީސް މުއިއްޒު ރަސްގެތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ރަސްގެތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

މިއަހަރަކީ މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގެ ތަރައްޤީއަށް ވެ ވަޑައިގެން ވައުދުތަކުގެ ހަގީގީ ކުލަ ޖައްސާނެ އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަތޮޅުތެރެއަށް ފަށްޓަވާފައިވާ ދަތުރުފުޅުގެތެރެއިން ރަސްގެތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ އެރަށްރަށުގެ ތަރައްޤީއަށް ހުރި ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވުމަށްކަމަށެވެ.

މިދިޔަ އަހަރަކީ ރާއްޖެއަށް އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެހާލަތުން އަރައިގަތުމަށް ކުރި މަސައްކަތްތަކަށް ކުރިއެރުން ލިބިފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ ކެމްޕޭންގައި ރަސްގެތީމަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައިވާތީ އެކަންކަން ފުރިހަމަކުރެއްވުމުގެ ގިނަ މަސައްކަތްތަކެއް މިއަހަރު ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު ގިނަ މަޝްރޫޢުތައް ނިންމަވާނެކަމުގެ ޔަޤީންކަންވެސް ރައީސްދެއްވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދު ވެވަޑައިގެންވާ ފަދައިން ރަސްގެތީމުގެ ބަނދަރުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެކަމަށާއި، އެރަށު ސްކޫލަށް ކްލާސްރޫމާއި މަލްޓި ޕާރޕަސް ހޯލު އިތުރުކުރުންވެސް ކުރިއަށްދާނެކަމަށެވެ. އަދި ކުޅިވަރުގެ ދާއިރާއިން ފުޓްސަލް ދަނޑާއި އެނޫންވެސް ވަސީލަތްތައް ޤާއިމްކޮށްދެއްވާނެކަމަށާއި، ކުނި މެނޭޖުކުރުމުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތުގެ މައްސަލަތައް ޙައްލުކޮށް ރަސްގެތީމުގެ މައި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ..

މީގެއިތުރުން މުޅި ރާއްޖެއަށް އޮތް ކަރަންޓުގެ މައްސަލަ ޙައްލުކޮށް، ސިއްޙީ މައްސަލަތައް ޙައްލުކުރުމަކީވެސް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދެއްކަން ފާހަގަކުރައްވާ ރައީސް ވަނީ އެކަންކަމަށް އިސްކަންދެއްވައިގެން މަޝްރޫޢުތައް ހިންގަވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މިއަހަރަކީ ރަސްގެތީމުގެ ތަރައްޤީގައި ހަގީގީ ކުލަ ޖައްސަވާނެ އަހަރުކަމަށެވެ. ގިނަ މަޝްރޫޢު މިއަހަރު ނިންމަވައި، އުންމީދަކީ މިއަހަރު އިތުރު ދަތުރުފުޅެއްގައި ރަސްގެތީމަށް ވަޑައިގަތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

27 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގައި ބަހައްޓަންވީ ކަޅު ކުލަ ލާފައި ކަޅު ބޮކި ދިއްލާފައި:ޝާހިދު

27 ޖުލައި 2017
ރައްޔިތުންގެ މަޖިލީހުގައި ބަހައްޓަންވީ ކަޅު ކުލަ ލާފައި ކަޅު ބޮކި ދިއްލާފައި:ޝާހިދު
15 ޖުލައި 2017

ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތާއި ގުޅުންހުރި ހަޤީޤީ މައުލޫމާތުތަކެއް ހާމަކުރަނީ

15 ޖުލައި 2017
ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތާއި ގުޅުންހުރި ހަޤީޤީ މައުލޫމާތުތަކެއް ހާމަކުރަނީ
25 ޖޫން 2017

އަދީބުގެ ލޮލުގެ ކަޅީގެ ވަށައިގެން ހުދު ރޮނގެއް އެބަހުރި، ލޮލުގެ ކުލަ ދަނީ ބަދަލުވަމުން: ސިރާޖު

25 ޖޫން 2017
އަދީބުގެ ލޮލުގެ ކަޅީގެ ވަށައިގެން ހުދު ރޮނގެއް އެބަހުރި، ލޮލުގެ ކުލަ ދަނީ ބަދަލުވަމުން: ސިރާޖު
24 އެޕްރީލު 2017

ޔާމީން ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރަތްކުލައިގެ ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލައިފި

24 އެޕްރީލު 2017
ޔާމީން ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރަތްކުލައިގެ ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލައިފި
02 އެޕްރީލު 2017

ރާއްޖެޓީވީ ޕޯލް:ރައީސް މައުމޫނަކީ ޕީޕީއެމްގެ ހަޤީޤީ ލީޑަރު!

02 އެޕްރީލު 2017
ރާއްޖެޓީވީ ޕޯލް:ރައީސް މައުމޫނަކީ ޕީޕީއެމްގެ ހަޤީޤީ ލީޑަރު!
29 މާރިޗު 2017

ވިލުނޫ ކުލައިގެ ލޮލުން މަޝްހޫރުވި ދިވެހި މޮޑެލް ރައުދާ ބަންގްލަދޭޝްގައި މަރުވެއްޖެ

29 މާރިޗު 2017
ވިލުނޫ ކުލައިގެ ލޮލުން މަޝްހޫރުވި ދިވެހި މޮޑެލް ރައުދާ ބަންގްލަދޭޝްގައި މަރުވެއްޖެ
20 މާރިޗު 2017

ކައުންސިލް އިންތިޚާބު ކަވަރ ކުރުމުގެ އުސޫލެއް އެކުލަވާލައިފި

20 މާރިޗު 2017
ކައުންސިލް އިންތިޚާބު ކަވަރ ކުރުމުގެ އުސޫލެއް އެކުލަވާލައިފި
08 މާރިޗު 2017

ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

08 މާރިޗު 2017
ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
22 ފެބުރުއަރީ 2017

ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް