Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުގެ ޖަލު ބަންދުން ފަލަސްތީނުގެ 90 މީހުން ދޫކޮށްލައިފި

އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި، އިސްރާއީލުން ގާތްގަނޑަކަށް 1,900 ފަލަސްތީނު މީހުން ޖަލު ބަންދުން ދޫކޮށްލާނެކަމަށް ލަފާކުރެވޭއިރު، ހަމާސްއިން 33 އިސްރާއީލު ރަހީނުން ދޫކޮށްލާނެކަމަށް ބެލެވެއެވެ.

ރާއްޖެ އެމްވީ | 20 ޖެނުއަރީ 2025 | ހޯމަ 01:16
2025 ޖެނުއަރީ 19 - އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިތިބި ފަަލަސްތީނުގެ ބައެއް މީހުން އިސްރޭލުގެ ޖަލުތަކުން ދޫކޮށްލުމުން ރެޑް ކްރޮސްގެ އެހީގައި ގެންނަނީ

2025 ޖެނުއަރީ 19 - އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިތިބި ފަަލަސްތީނުގެ ބައެއް މީހުން އިސްރޭލުގެ ޖަލުތަކުން ދޫކޮށްލުމުން ރެޑް ކްރޮސްގެ އެހީގައި ގެންނަނީ

އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން 90 ފަލަސްތީނު މީހުން ޖަލު ބަންދުން ދޫކޮށްލައިފި ކަމަށް އިސްރާއީލުން ބުނެފިއެވެ.

މީގެ ކުރިން، އާދީއްތަ ދުވަހު، މި އެއްބަސްވުމަށް އަމަލު ކުރަން ފެށިތާ ގަޑިއިރުތަކެއް ފަހުން، ހަމާސްއިން ވަނީ އިސްރާއީލުގެ ތިން އަންހެން ރަހީނުން ޣައްޒާ ސިޓީގައި ރެޑް ކްރޮސްއާ ހަވާލުކޮށްފައެވެ. އެއަށްފަހު އެ މީހުން އިސްރާއީލުގެ ސިފައިންނާ ވަނީ ހަވާލު ކޮށްފައެވެ. އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި އެ ތިން މީހުން މިހާރު ވަނީ އިސްރާއީލުގެ ސަރަހައްދަށް ގެނެވިފައެވެ.

ހަމާސްއިން ބުނާ ގޮތުގައި އެމީހުން ދޫކޮށްލާ ކޮންމެ ރަހީނަކަށް، އިސްރާއީލުގެ ޖަލުތަކުން 30 ފަލަސްތީނު މީހުން ދޫކޮށްލާނެއެވެ.

އިސްރާއީލުގެ ޖަލުތަކުން ފުރަތަމަ ބުރުގައި ދޫކޮށްލެވުނު ފަލަސްތީނު މީހުންގެ ތެރޭގައި ހިމެނެނީ ހުޅަނގު އައްސޭރި އާ ޖެރޫސަލަމްގެ 69 އަންހެނުންނާއި 21 ޒުވާން ފިރިހެން ކުދިންކަމަށް ހަމާސް އިން ބުނެފައިވެއެވެ.

ރޮއިޓަރސް ނިއުސް އޭޖެންސީން ބުނާ ގޮތުގައި އާދިއްތަ ދުވަހު ދޫކޮށްލެވުނު މީހުންގެ ތެރެއިން ގިނަ މީހުންނަކީ ދާދި ފަހުން ހައްޔަރު ކޮށްފައިވާ މީހުން ކަމަށާއި، އެއީ އެމީހުންގެ މައްޗަށް ޝަރީއަތެއް ނުވަތަ ހުކުމެއް ނުކޮށް ތިބި މީހުން ކަމުގައެވެ.

އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި، އިސްރާއީލުން ގާތްގަނޑަކަށް 1,900 ފަލަސްތީނު މީހުން ޖަލު ބަންދުން ދޫކޮށްލާނެކަމަށް ލަފާކުރެވޭއިރު، ހަމާސްއިން 33 އިސްރާއީލު ރަހީނުން ދޫކޮށްލާނެކަމަށް ބެލެވެއެވެ.

ފަލަސްތީނުގެ މީހުން ދޫކޮށްލި އިރު އެ މީހުން ބަންދުކޮށްފައި ތިބި ޖަލުގެ ސަރަހައްދަކީ އަސްކަރީ ސަރަޙައްދެއްގެ ގޮތުގައި އިޢުލާން ކޮށް، އާއިލާތަކަށް އެތަނާ ކައިރިއަށް ދިއުމަށް އިސްރާއީލުގެ ސިފައިން ވަނީ ހުރަސްއަޅާފަވެ. ދޫކޮށްލާ މީހުންނަށް މަރުހަބާ ކިޔުމަށް ޖަލު ކައިރިއަށް ދިޔަ ފަލަސްތީނު މީހުންނާ ދިމާލަށް ރަބަރު އުރަލާފައިވާ ވަޒަން ޖަހާ މީހުން ތައް ރޫޅާލި ކަމަށާއި ތިން މީހަކަށް އަނިޔާވި ކަމަށް ވަފާ ނިއުސް އިން ވަނީ ބުނެފައެވެ.

ޖެރޫސަލަމް ގައި، އިސްރާއީލީ ބާރުތަކުން ދޫކޮށްލުމަށް ހަމަޖެހިފައިވާ މީހުންގެ ގެތަކަށް ވަދެ، އެމީހުން އަނބުރާ އައުމުން މަރުޙަބާ ކިޔާ، އެކަން ފާހަގަ ކުރުމަށް އެއްވެސް ކަމެއް ނުކުރުމަށާއި އާންމު އެއްވުމެއް ނުބޭއްވުމަށް އާއިލާތަކަށް އަންގާ އިންޒާރުދީފައިވެއެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ރަސްމީކޮށް އަމަލު ކުރަން ފެށުނީ އާދީއްތަ ދުވަހު ހެނދުނު 11:15 ގައެވެ.

7 އޮކްޓޯބަރ 2023 އިން ފެށިގެން، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން 25,000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ހައްޔަރުކޮށްފައިވެއެވެ. މީގެ ތެރޭގައި ގާތްގަނޑަކަށް 14,300 މީހުން ނިސްބަތްވަނީ ޖެރޫސަލަމް ހިމެނޭގޮތައް ހުޅަނގު އައްސޭރިންނެވެ. އަދި އެހެން މީހުންނަކީ ޣައްޒާ އަށް ނިސްބަތްވާ މީހުންނެވެ.

މި މުއްދަތުގެ ތެރޭގައި އިސްރާއީލުގެ ޖަލުތަކުގައި 55 ފަލަސްތީނު މީހުން މަރުވެފައިވެއެވެ. އިސްރާއީލުން މިހާތަނަށް ވަނީ އެމީހުންގެ ހަށިތައް ދޫނުކޮށް ހިފަހައްޓާފައެވެ.

އޮކްޓޯބަރ 2023 ގައި ފެށި ހަނގުރާމައިގައި ޣައްޒާގައި މަދުވެގެން 46,913 ފަލަސްތީނު މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި 17,581 ކުޑަކުދިންނާއި 12,048 އަންހެނުން ހިމެނެއެވެ. އަދި 110,750 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އޭގެ އިތުރުން ގާތްގަނޑަކަށް 11,000 މީހުން އަދިވެސް ވަނީ ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ތެރޭގައި ނުވަތަ މަގުމަތީގައި ގެއްލިފައެވެ. އެމީހުން ދިރިތިބި ކަމަށް ނުބެލޭ ކަމަށް ވެސް ޣައްޒާގެ އޮފިޝަލުން ބުނެފައިވެއެވެ.               

އަނެއްކޮޅުން ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ހިނގައިގަނެފައެވެ. އާދީއްތަ ދުވަހު 630 އަށްވުރެ ގިނަ ޓްރަކުގައި އިންސާނީ އެހީ ޣައްޒާއަށް ވަދެފައިވާއިރު، އޭގެ ތެރެއިން މަދުވެގެން 300 ޓްރަކު ދަތުރުކޮށްފައިވަނީ އުތުރު ސަރަހައްދަށް ކަމަށް އދ.ގެ އިންސާނިއްޔަތުގެ އެހީތެރިކަމުގެ ކަންކަމާބެހޭ އަންޑަރ ސެކްރެޓަރީ ޖެނެރަލް ޓޮމް ފްލެޗަރ ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
26 އެޕްރީލު 2017

ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!

26 އެޕްރީލު 2017
ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު