Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ މުޒާހަރާ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުޒާހަރާ ކުރާ މީހުން ވަނީ ޓްރަމްޕްގެ ބައެއް ސިޔާސަތުތަކަށް ދެކޮޅު ހަދާ ޝުއޫރު ފާޅުކޮށްފައި.

ރާއްޖެ އެމްވީ | 19 ޖެނުއަރީ 2025 | އާދީއްތަ 12:49
ޖެނުއަރީ 18: ޖެނުއަރީ 20 ވާ ހޯމަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެކޮޅަށް މުޒާހަރާ ކުރުމަށް އެތައް ހާސް ބަޔަކު ވޮޝިންޓަންއަށް އެއްވެއްޖެ

ޖެނުއަރީ 18: ޖެނުއަރީ 20 ވާ ހޯމަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެކޮޅަށް މުޒާހަރާ ކުރުމަށް އެތައް ހާސް ބަޔަކު ވޮޝިންޓަންއަށް އެއްވެއްޖެ

ރައީސްކަމަށް އިންތިޚާބުވެފައިވާ ޑޮނަލް ޑޮނަލްޑް ޓްރަމްޕްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމުގެ ދެދުވަސް ކުރިން، ހޮނިހިރު ދުވަހު ވޮޝިންގްޓަން ޑީސީގެ މަގުތަކަށް އެތައް ހާސް މީހުން އޭނާ އާ ދެކޮޅަށް މުޒާހަރާ ކުރަން ނުކުމެއްޖެއެވެ.

މުޒާހަރާ ކުރަން ނުކުތް މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ހިމެނޭކަން ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވެއެވެ. 

ޕީޕަލްސް މާރޗް ގެ ނަމުގައި ބާއްވާ މި އިހުތިޖާޖަކީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިހުތިޖާޖެކެވެ. 

މި ހަރަކާތުގެ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މުޒާހަރާ ކުރާ މީހުން ނުކުމެފައިވާނީ "ޓްރަމްޕިޒަމް" އާ ދެކޮޅަށެވެ. އެގޮތުން އޭނާ ގެންގުޅުއްވާ ބައެއް ސިޔާސަތުތަކާ ފާޅުގައި ދެކޮޅު ހަދާ މުޒާހަރާ ކުރާ މީހުން ގެންދަނީ ޝުއޫރު ފާޅު ކުރަމުންނެވެ. ޓްރަމްޕާ ދެކޮޅަށް އިހުތިޖާޖުތައް ނިއު ޔޯކް ސިޓީ އާއި ސިއާޓަލްގައިވެސް ބޭއްވުނެވެ. 

މި އިހުތިޖާޖުތައް ބޭއްވުނު އިރު ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޓްރަމްޕްގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ހަރަކާތްތައްވެސް ދަނީ ކުރިއަށެވެ. ޓްރަމްޕް އާއި އޭނާގެ އާއިލާ ވަނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތައް ހޮނިހިރު ދުވަހު ވެރިރަށަށް ވަޑައިގެންފައެވެ. 

އިހުތިޖާޖުކުރި މީހުން މާރޗްކޮށް ޖަމާވީ ލިންކަން މެމޯރިއަލް ކައިރިއަށެވެ. އެތަނުގައި އެމީހުން ވަނީ ޓްރަމްޕް ގެންގުޅުއްވާ 

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅު ސިޔާސަތު ތަކާއި، އިމިގްރޭޝަން އަދި އަންހެނުންގެ ޙައްޤުތައް ފަދަ އެކި ސިޔާސަތުތަކަށް ފާޑު ކިޔާ ޝުއޫރު ފާޅުކޮށްފައެވެ. 

ފިނީގެ ސަބަބުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭރުގައި ބޭއްވުމުގެ ބަދަލުގައި ޔޫއެސް ކެޕިޓަލް ރޮޓަންޑާ އިމާރާތުގައި ބޭއްވުމަށް މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ މާނައަކީ ރަސްމިއްޔާތު ބެލުމަށް ޓިކެޓް ގަތް ގާތްގަނޑަކަށް 250،000 މީހުންނަށް އެ މަންޒަރުތައް ބަލާލުމުގެ ފުރުސަތު ނުލިބޭނެ ކަމެވެ.                   

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު