Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކަރަޕްޝަން ތުހުމަތު

ކަރަޕްޝަންގެ ތުހުމަތުތަކާ އެކު އިނގިރޭސިވިލާތުގެ ޓްރެޜަރީ މިނިސްޓަރ އިސްތިއުފާ ދެއްވައިފި

ސިއްދީޤު ވަނީ އެއްވެސް ކަމެއް ގޯސްކޮށް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2025 | ބުދަ 11:11
ޓިއުލިޕް ސިއްދީގު

ޓިއުލިޕް ސިއްދީގު

ކަރަޕްޝަންގެ ތުހުމަތުތަކާ އެކު އިނގިރޭސިވިލާތުގެ ޓްރެޜަރީ މިނިސްޓަރ ޓިއުލިޕް ސިއްދީގު އިސްތިއުފާ ދެއްވައިފިއެވެ.

އުމުރުން 42 އަހަރުގެ ސިއްދީގު އަންގާރަ ދުވަހު އިސްތިއުފާ ދެއްވީ، ބަންގްލަދޭޝްގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކުން ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގައި އޭނާގެ އާއިލާ ބައިވެރިވެފައިވޭތޯ ބެލުމަށް ކުރަމުން ގެންދާ ތަޙުޤީޤެއްގައި އޭނާގެ ނަން ހިމެނިފައިވާތީއެވެ.

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަށް ބޮޑުދައިތަ ވިދާޅުވާ، ސިއްދީގަށް ސިޔާސީ ފިއްތުންތައް ބޮޑުވެ، އިސްތިއުފާ ދެއްވި އިރު، އޭނާގެ ޢާއިލާއިން ބަންގްލަދޭޝްގެ އިންފްރާސްޓްރަކްޗަރ ފަންޑުތަކުން 3.9 ބިލިއަން ޕައުންޑަށް ވުރެ ގިނަ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ.

ސިއްދީގުގެ ބޮޑުދައިތަ، ހަސީނާ ވަނީ ދިގުމުއްދަތަކަށް ވެރިކަމުގައި ހުންނެވުމަށްފަހު، ފާއިތުވި އަހަރު ބަންގްލަދޭޝްއިން ފިއްލަވާފައެވެ. އަދި އޭނާއާ ދެކޮޅަށް އާ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ފަށާފައިވާ ތަޙުގީގެއްގައި ބޮޑެތި ކޮރަޕްޝަނާއި ޚިޔާނާތުގެ ތުހުމަތުތަކާ ކުރިމަތިލައްވަން ވަނީ ޖެހިފައެވެ. މި ތަހުގީގުގައި ސިއްދީޤުގެ ނަން ސީދާ ހިމެނިފައިވެއެވެ.

ބަންގްލަދޭޝްގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތުހުމަތު ކުރަނީ 12.65 ބިލިއަން ޑޮލަރުގެ ރޫއްޕޫރު ނިއުކްލިއަރ ޕަވަރ ޕްލާންޓްގެ ކޮންޓްރެކްޓް ދިނުމުގައި މާލީ އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށާއި، މީގެން ހަސީނާ އާއި ސިއްދީގަށް ނާޖާއިޒު ފައިދާ ލިބިފައިވެދާނެ ކަމަށެވެ.

މައްސަލަ އިތުރަށް ގޯސްވެފައިވަނީ ސިއްދީގު ލަންޑަންގައި ދިރިއުޅުއްވަމުންދަނީ ޝެއިޚް ހަސީނާގެ ސިޔާސީ ޕާޓީ ކަމުގައިވާ އަވާމީ ލީގާ ގުޅުންހުރި ފަރާތަކުން އޭނާ އަށް ހިލޭ ދިން އެޕާޓްމަންޓެއްގައި ކަމަށް ބުނާ ރިޕޯޓެއް ނުކުތުމުންނެވެ.

ނަމަވެސް، ސިއްދީޤު ވަނީ އެއްވެސް ކަމެއް ގޯސްކޮށް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

ތުހުމަތުތަކާ ގުޅިގެން އެއްވެސް ކަމެއް ގޯހުން ހިނގާފައިވޭތޯ ބަލައިދިނުން އެދި ބޮޑުވަޒީރު ކީއަރ ސްޓާމަރގެ ސްޓޭންޑަޑްސް އެޑްވައިޒަރ ލޯރީ މެގްނަސް އަށް ސިއްދީޤު ވަނީ އަމިއްލަ އަށް ރިފަރ ކުރައްވާފައެވެ. އެއާކު މިނިސްޓީރިއަލް ކޯޑް އާ ޚިލާފުވެފައިވާކަމުގެ އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށް މެގްސަން ވިދާޅުވެފައިވެއެވެ.

އިސްތިއުފާ ދެއްވުމަށް ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ގައި ސިއްދީޤު ވިދާޅުވެފައިވަނީ، އޭނާ އެއްވެސް ކަމެއް ނަހަމަ ގޮތުގައި ކުރައްވާފައިނުވާކަމަށާއި، އަދި މިނިސްޓީރިއަލް ގަވާއިދުތަކާ ޚިލާފުވެފައި ނުވާކަމަށް ނިންމާފައިވީ ނަމަވެސް، އޭނާގެ މަގާމުގައި ދެމިހުރުމަކީ "ސަރުކާރުގެ މަސައްކަތަށް ދަތިވެދާނެ ކަމެއް" ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ސްޓާމަރ ވިދާޅުވެފައިވަނީ އޭނާގެ އިސްތިއުފާ "ހިތާމައާއެކު" ޤަބޫލުކުރައްވާ ކަމަށެވެ.

ސިއްދީގު ސަރުކާރުން އިސްތިއުފާ ދެއްވި އިރު، ސަރުކާރަށް ވަނުމުގެ ކުރިން ހިނގާފައިވާ ޖިނާއީ ކުށެއްގެ މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު ހުސްވި އަހަރުގެ ފަހުކޮޅު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ސިއްދީގު އިސްތިޢުފާ ދެއްވުމުގެ ކުރިން، ބަންގްލަދޭޝަގައި ހިނގަމުންދާ އިތުރު ތަހުގީގެއްގައި ވެސް އޭނާ ގެ ނަން ހިމެނުނުކަން ވަނީ ހާމަވެފައެވެ.

މި ތަހުގީގާ ބެހޭ ގޮތުން ބަންގްލަދޭޝްގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަނީ "ފަސްޓް އިންފޮމޭޝަން ރިޕޯޓް" އެއް ފައިލްކޮށްފައެވެ. މި ރިޕޯޓުގައި ވެސް ޝެއިޚް ހަސީނާ އާއި އޭނާގެ ސަރުކާރާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކުގައި ޓިއުލިޕް ސިއްދީޤްގެ ނަން ހިމެނިފައިވެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތުހުމަތުކުރަނީ ސިއްދީގު އޭނާގެ މަންމަ، ރެއިހާނާ ސިއްދީގަށް އެހީތެރިވެދީ، "އީސްޓް-ޕުރާޗަލް ޓައުންގެ އަގުބޮޑު ޑިޕްލޮމެޓިކް ސަރަޙައްދުން ބިމެއް ހޯދުމަށް ބާރުގެ ނަހަމަ ބޭނުންކުރުމަށް" ހަސީނާ އަށް ނުފޫޒު ފޯރުވިކަމަށެވެ.

މި ލިޔުމުގައި ބުނެފައިވަނީ ސިއްދީގުގެ މަންމަ ރެއިހާނާ ސިއްދީގު "ޑާކާ ސިޓީގެ ރާޖުކް ސަރަޙައްދުގައިވާ އޭނާގެ ބިމުގެ މިލްކުވެރިކަން ވަނީ ސިއްރު ކޮށްފައި" ކަމަށެވެ.

ޓިއުލިޕް ސިއްދީޤްގެ ފަރާތުން ވާހަކަދެއްކި ފަރާތަކުން ބުނެފައިވަނީ: "މި ތުހުމަތުތަކަށް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން އެއްވެސް ފަރާތަކުން ޓިއުލިޕް ސިއްދީގު އާ ގުޅާފައެއް ވެސް ނުވެއެވެ. އަދި އޭނާ މި ތުހުމަތުތައް މުޅިން ދޮގުކުރައްވައެވެ."               

އިނގިރޭސި ބޮޑުވަޒީރު ވަނީ ޕެންޝަން މިނިސްޓަރުގެ ގޮތުގައި މަސައްކަތްކުރެއްވި އެމާ ރޭނޯލްޑްސް، ސިއްދީޤުގެ މަޤާމަށް ޢައްޔަންކުރައްވާފައެވެ.                                      

އިތުރަށް ކިޔާލަން

08 ޖޫން 2017

ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން

08 ޖޫން 2017
ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން
07 ޖޫން 2017

އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!

07 ޖޫން 2017
އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!
31 މެއި 2017

އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

31 މެއި 2017
އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި
15 މެއި 2017

މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

15 މެއި 2017
މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު