Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ކޮރެއާ

ދެކުނު ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޝަރީޢަތް ފަށައިފި

އޭނާ ރަސްމީކޮށް މަޤާމުން ވަކިކުރެވޭނީ 8 މެންބަރުންގެ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ބެންޗުގެ މަދުވެގެން 6 މެންބަރުން އިމްޕީޗްމަންޓް ދެމެހެއްޓުމަށް ވޯޓުދީފި ނަމައެވެ.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2025 | އަންގާރަ 15:11
2025 ޖެނުއަރީ 14 - ޔޫންގެ ސަޕޯޓަރުން އޭނާގެ ގަނޑުވަރު ކައިރީގައި އޭނާ އަށް ތާއީދުކޮށް ބޭއްވި އެއްވުމެއްގައި

2025 ޖެނުއަރީ 14 - ޔޫންގެ ސަޕޯޓަރުން އޭނާގެ ގަނޑުވަރު ކައިރީގައި އޭނާ އަށް ތާއީދުކޮށް ބޭއްވި އެއްވުމެއްގައި

މަގާމުން އެކަހެރި ކުރެވިފައިވާ ދެކުނު ކޮރެއާ ގެ ރައީސް ޔޫން ސުކް ޔެއޯލް ގެ މައްޗަށް ގާނޫނު ހަދާ މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސްކުރުމާ ގުޅިގެން އޭނާ މަޤާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށްޓަކައި އެ ގައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުގައި ފުރަތަމަ އަޑުއެހުން ބާއްވައިފިއެވެ.

އަންގާރަ ދުވަހުގެ އަޑުއެހުން ކުރިއަށް ދިޔައީ ޔޫންގެ ޣައިރު ހާޒިރުގައެވެ. އަޑުއެހުން ނިމުނީ ހަތަރު މިނެޓުގެ ތެރޭގައެވެ. އޭނާގެ ވަކީލުން ކުރިން ބުނެފައިވަނީ އޭނާގެ ސަލާމަތަށްޓަކައި އޭނާ ހާޒިރުނުވާނެ ކަމަށެވެ. އެއީ ދައުލަތައް ޣައްދާރުވުމުގެ ވަކި ތުހުމަތު ތަކަކާ ގުޅިގެން އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައި އޮތުމާ ގުޅިގެންނެވެ.

ޑިސެމްބަރު މަހު، ޔޫން ސަސްޕެންޑް ކުރެވުނީ އޭނާގެ އަމިއްލަ ޕާޓީގެ މެންބަރުން އިދިކޮޅު ފަރާތްތަކާ އެކު ވޯޓުދީ އޭނާގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމާ ގުޅިގެންނެވެ.

ނަމަވެސް އޭނާ ރަސްމީކޮށް މަޤާމުން ވަކިކުރެވޭނީ 8 މެންބަރުންގެ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ބެންޗުގެ މަދުވެގެން 6 މެންބަރުން އިމްޕީޗްމަންޓް ދެމެހެއްޓުމަށް ވޯޓުދީފި ނަމައެވެ.

ދެން އޮތް އަޑުއެހުން ތާވަލުކުރެވިފައިވަނީ ބުރާސްފަތި ދުވަހަށެވެ.

ޔޫންގެ ވަކީލުން ބުނެފައިވަނީ އޭނާ "އެކަށީގެންވާ ވަގުތެއްގައި" އަޑުއެހުން ބާއްވާ ނަމަ ހާޒިރުވާނެ ކަމަށެވެ. ނަމަވެސް ޝަރީޢަތުގެ ތާރީޚުތައް "އެއްފަރާތުން ނިންމި ނިންމުމަށް" ވަކީލުން ސުވާލު އުފައްދާފައިވެއެވެ.

އަންގާރަ ދުވަހު ކޯޓުގެ 8 ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު މައްސަލައިން ތަނާޒުލުވުމަށް ވަކީލުން ހުށަހެޅި ހުށަހެޅުން ކޯޓުން ބަލައިނުގަތެވެ.

ޑިސެމްބަރު 14 ވަނަ ދުވަހު ޕާލިމަންޓުން އޭނާ އިމްޕީޗް ކުރުމަށް ވޯޓުދިން ފަހުން ޔޫން ޢާންމުކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި މައިގަނޑު ގޮތެއްގައި ވާހަކަދައްކަމުން އަންނަނީ އޭނާގެ ވަކީލުން މެދުވެރިކޮށެވެ.

އަނެއްކޮޅުން ތަޙުޤީޤުކުރާ ފަރާތްތަކުން އަނެއްކާވެސް ތައްޔާރުވަމުން އަންނަނީ ދައުލަތައް ޣައްދާރުވުމުގެ ތުހުމަތުގައި ޔޫން ހައްޔަރު ކުރުމަށެވެ. މީގެ ކުރިން ޖެނުއަރީ 3 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމަށް އެތައް ގަޑިއިރެއް ވަންދެން ތަހުގީގު ޓީމުން ކުރި މަސައްކަތް ނާކާމިޔާބުވީ އޭނާގެ ސެކިއުރިޓީ ޓީމުން ހުރަސް އެޅުމުގެ ސަބަބުންނެވެ.

ޔޫން އަކީ ވެރިކަމުގައި ހުންނަވަނިކޮށް ހައްޔަރުކުރުމާ ކުރިމަތިލައްވަން ޖެހުނު ދެކުނު ކޮރެއާގެ ފުރަތަމަ ރައީސެވެ. ލޯކަލް މީޑިއާގެ ރިޕޯޓުތަކުގައިވާ ގޮތުން، އޭނާ ބަންދަށް ގެންދިއުމަށް ދެވަނަ ފަހަރަށް މި ހަފްތާގެ ތެރޭގައި މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ޑިސެމްބަރު 3 ވަނަ ދުވަހު ޔޫން ކުރު މުއްދަތަކަށް މާޝަލް ލޯ އިޢުލާނު ކުރެއްވުމުގެ ސަބަބުން ދެކުނު ކޮރެއާ ވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. އޭނާ އެކަން ކުރެއްވީ "ދައުލަތާ ދެކޮޅު" ބާރުތަކުން ޤައުމު ސަލާމަތްކުރައްވަން ކަމަށް ވިދާޅުވި ނަމަވެސް، އެކަން ކުރެއްވި ސަބަބަކީ އޭނާގެ އަމިއްލަ ސިޔާސީ މައްސަލަހަތައް ކަން އިސާހިތަކު ސާފުވެގެން ދިޔައެވެ.

ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް އަސަރުކޮށް، ވޮން ގެ އަގު ދަށަށް ގޮސް، އަދި ގްލޯބަލް ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުން ކަސްޓަމަރުންނާއި ވިޔަފާރިތަކުގެ އިތުބާރު ދަށްވަމުންދާ ކަމަށް ބުނެ އިންޒާރުދީފައިވެއެވެ.

ދެކުނު ކޮރެއާގެ ރައީސުން އިމްޕީޗް ކުރުމަކީ އައު ކަމެއް ނޫނެވެ. ކުރީގެ ރައީސުން ކަމަށްވާ ރޯ މޫ-ހިޔުން ވަނީ 2004 ގައި އަދި 2017 ގައި ޕާކް ގޫން-ހޭ ވަނީ އިމްޕީޗްމަންޓާ ކުރިމަތިލައްވާފައެވެ.

އެ ދެބޭފުޅުން ވެސް އިމްޕީޗްމަންޓް ޝަރީޢަތްތަކަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ.

ރޯ ދެ މަސް ދުވަހުގެ ޝަރީއަތަކަށް ފަހު އަނބުރާ މަޤާމަށް ރުޖޫއަ ކުރެވުނު އިރު، ޕާކްގެ އިމްޕީޗްމަންޓް ދެމެހެއްޓުނެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު